ކަރަންޓީނާ ނުލާ މިހާރު ރާއްޖޭން ތައިލެންޑަށް ދަތުރުކުރެވޭނެ

ތައިލެންޑުގެ ފުކެޓް އެއާޕޯޓު. ތައިލެންޑަކީ ގިނަ ދިވެހިން ޗުއްޓީ އަދި ވިޔަފާރިއަށް ދަތުރުކުރާ ގައުމެއް. ފޮޓޯ: ނިއުސްސީޖީޓީއެން

ތައިލެންޑުގެ ފުކެޓް އެއާޕޯޓު. ތައިލެންޑަކީ ގިނަ ދިވެހިން ޗުއްޓީ އަދި ވިޔަފާރިއަށް ދަތުރުކުރާ ގައުމެއް. ފޮޓޯ: ނިއުސްސީޖީޓީއެން

ކަރަންޓީނާ ނުލާ ތައިލެންޑަށް ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް ދިވެހިރާއްޖޭގެ ނަން އިތުރުކޮށްފި އެވެ.

މިހާރު ދުނިޔޭގެ ކޮވިޑުގެ ހާލަތަށް ބަލައި، ދަތުރުވެރިން ކަރަންޓީނުވާން ޖެހޭ ގައުމުތަކުގެ ލިސްޓަށް ގެނައި ބަދަލުތަކާ އެކު އެ ލިސްޓުގައި 63 ގައުމެއް ވަނީ ހިމަނައިފަ އެވެ.

ރާއްޖޭގެ އިތުރުން ދެން އެ ލިސްޓުގައި ހިމެނޭ މި ސަރަހައްދުގެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ނޭޕާލް، ސްރީ ލަންކާ، އަދި ބޫޓާން ހިމެނެ އެވެ.

Advertisement

ތައިލެންޑަކީ ވިޔަފާރި އާއި ސިއްހީ ކަންކަމަށް ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު މިދިޔަ އޭޕްރިލް މަހާ ހިސާބުން އިންތިހާއަށް ގޯސްވުމާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ ރާއްޖެއިން އެގައުމުތަކަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ވާން ޖެހޭނެ ގޮތަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެ ފަހުން ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔުމާއެކު ގިނަ ގައުމުތަކަކުން ވަނީ އެ ފިޔަވަޅުތައް އުވާލާފަ އެވެ.

މިދިޔަ ދެ ދުވަހު ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑު ޖެހޭ މީހުން އަދަދުތައް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ. އެހެންނަމަވެސް ރާއްޖެއިން މިފަހުން ފެންނަ ކޭސްތަކުގެ އަދަދު ގިނަ ދުވަސްދުވަހު ހުންނަނީ 100-200 އާ ދެމެދުގަ އެވެ. ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދު ވެސް ވަނީ 355،250 އަށް މިހާރު އަރައިފަ އެވެ. މިއީ އާބާދީގެ ވަރަށް ބޮޑު އިންސައްތަ އެކެވެ.

ތައިލެންޑަށް ކަރަންޓީނާ ނުލާ ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކުރި ނަމަވެސް، ކޮވިޑުގެ އަދަދުތައް ދިރާސާކުރާ ވޯލްޑޮމީޓާޒް ވެބްސައިޓުގައިވާ ގޮތުންނަމަ، ތައިލެންޑުގެ ކޮވިޑުގެ ހާލަތު ދަނީ ގޯސްވަމުންނެވެ.

އެގޮތުން އޭޕްރިލް މަހުން ފެށިގެން އެގައުމުގެ ކޭސްތައް އިތުރުވަމުންދާއިރު، އިއްޔެ އެކަނިވެސް އެގައުމުން 9،000 އަށްވުރެ ގިނަ ކޭސް ފެނުނުކަމަށް އެ ވެބްސައިޓުގައި ވެ އެވެ. ބަލީގައި ތައިލެންޑުން މަރުވާ މީހުންގެ އަދަދު ވެސް ވަނީ މިފަހުން އިތުރުވާން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox