ރެއާލް މޮޅުވެ އެއް ވަނައިގައި، ބާސެލޯނާ ޕޮއިންޓަކާ އެކު 9 ވަނައިގައި

Oct 31, 2021, 4:04 AM
ބާސެލޯނާގެ މެމްފިސް (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާގެ މެމްފިސް (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (31 އޮކްޓޯބަރު) - ސްޕެނިޝް ލީގުގައި ރޭ އެލްޗޭ އަތުން 2-1 އިން މޮޅުވެ، ރެއާލް މެޑްރިޑް ތާވަލްގެ އެއް ވަނަ އަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުން އަލްވޭސްއާ 1-1 އިން އެއްވަރުވެ ލީގުގެ ނުވަ ވަނަ އަށް ވެއްޓިއްޖެ އެވެ.

ރަށުން ބޭރުގައި އެލްޗޭއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ޖަހައިދިނީ ރަނގަޅު ފޯމެއްގައި ހުރި ބްރެޒިލްގެ ވިންގާ ވިނީޝިއަސް ޖޫނިއާ އެވެ.

މެޗުގެ ފަހުކޮޅު އެލްޗޭގެ ޕެރޭ މިލާ ލަނޑެއް ޖެހި ނަމަވެސް، ރެއާލް ވަނީ އެ ޓީމުގެ ލީޑު ހިފަހައްޓައިފަ އެވެ. މެޗުގެ 63 ވަނަ މިނިޓުގައި އެލްޗޭގެ ގުޓިއޭރޭޒް ޕަރޭހޯ އަށް ރަތްކާޑު ދެއްކުމުން، އެ ޓީމު މެޗު ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

ގޯލު ޖެހުމަށް ފަހު ރެއާލްގެ ވިނީޝިއުސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި މެޗުން މޮޅުވެ، ރެއާލް އަލުން ތާވަލްގެ އެއް ވަނަ އަަށް ޖެހިލީ ގޯލުގެ ތަފާތުންނެވެ. ރެއާލް އާއި ތާވަލްގެ ދެވަނައިގައި އޮތް ސެވިއްޔާ އާއި ތިން ވަނައިގައި އޮތް ރެއާލް ސޮސިއޭޑާޑަށް ވެސް ލިބިފައިވަނީ 24 ޕޮއިންޓެވެ. ލީގުގައި މިރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުން ސޮސިއެޑާޑް މޮޅުވެއްޖެ ނަމަ، އެ ޓީމު އެއްވަނަ އަށް ޖެހިލާނެ އެވެ.

ބާސާގެ ކޯޗުކަމުން ރޮނާލްޑް ކޫމަން ވަކިކުރުމަށް ފަހު، ބާސާ އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ ނެދަލޭންޑްސްގެ ފޯވަޑް މެމްފިސް ޑިޕާއީ އެވެ. އެކަމަކު، ބާސެލޯނާގެ ޑިފެންސް ތެރެއިން ހެދުނު ގޯހެއްގެ ފައިދާނަގައި އަލަވޭސްގެ ލުއިސް ރިއޯހާ ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ބާސާގެ ފޯވަޑް ސާޖިއޯ އަގުއޭރޯގެ މެޔަށް އުނދަގުލެއް ވެގެން، އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ބާސާ އިން ފަހުން ބުނީ "ކާޑިއަކް" ޓެސްޓްތަކެއް ކުރުމަށް އަގުއޭރޯ ،33، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

މެޗުގެ ތެރެއިން އަގުއޭރޯ: އޭނާ މެއަށް ތަދުވާތީ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.

މިއީ މެންޗެސްޓާ ސިޓީން މި ސީޒަންގައި ބާސާ އަށް ބަދަލުވި އަގުއޭރޯ އެ ޓީމުގެ ފުރަތަމަ 11 ގައި ކުޅުނު ފުރަތަމަ މެޗެވެ.

"މި ވަގުތު އަހަންނަށް މާ ބޮޑު ތަފްސީލެއް ނޭނގޭ. އަގުއޭރޯ ހޮސްޕިޓަލަށް ގެންގޮސް، ޓެސްޓްތަކެއް ހަދާކަން އަހަންނަށް އެނގެނީ،" ބާސާގެ ވަގުތީ ކޯޗު ސެރްޖީ ބަރްޖުއާން ބުންޏެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު، ބާސާ އޮތީ ތާވަލްގެ ނުވަ ވަނައިގަ އެވެ.

ލަ ލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، އޮސަސޫނާ އަތުން ސެވިއްޔާ މޮޅުވީ 2-0 އިންނެވެ. އަދި ވިޔަރެއާލް އަތުން ވެލެންސިއާ ވަނީ 2-0 އިން މޮޅުވެފަ އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox