ބަޖެޓު 22: ބޯޑަރު ބަންދުކުރި 2020ގައި ކާޑު ސަބްސިޑީ 40 ޕަސަންޓު ދަށް، ޓޫރިޒަމަށްދާ އިސްރާފު ސާފު!

ބަޖެޓު 22: ބޯޑަރު ބަންދުކުރި 2020ގައި ކާޑު ސަބްސިޑީ 40 ޕަސަންޓު ދަށް، ޓޫރިޒަމަށްދާ އިސްރާފު ސާފު!

ކާބޯތަކެތީގެ ސަބްސިޑީއަކީ ޓާގެޓެޑް ސަބްސިޑީއަކަށް ހަދަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން މިގޮތަށް ބުނީ މިހާރު ކާބޯތަކެތީގެ ސަބްސިޑީ ދޭ އުސޫލު އޮތްގޮތުން ތަނަވަސް ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކާއި ފަތުރުވެރިން ހިމެނޭހެން، ރާއްޖޭގައި ކާޑުގެ ބާވަތްތައް ގަންނަ ހުރިހާ ފަރާތްތަކަށްވެސް ކާޑުގެ ސަބްސިޑީ އެއް ހަމައެއްގައި ލިބޭތީ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކާބޯތަކެތީގެ ސަބްސިޑީ ދިނުމުގައި މިހާރު ގެންގުޅޭ އުސޫލުގައި ހުރި މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.

ކާބޯތަކެތީގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން ސަބްސިޑީ ދެވެނީ ހަނޑޫ، ހަކުރު އަދި ފުށް ފަދަ ކާޑުގެ ބާވަތްތަކަށެވެ. މިއީ އެސްޓީއޯއިން ވިއްކާ ހަނޑޫ، ހަކުރު އަދި ފުށް ދައުލަތުން އަންގާ ކޮންޓްރޯލްޑް އަގެއްގައި ވިއްކާތީ އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް ދައުލަތުން ދޭ ސަބްސިޑީ އެކެވެ.

މި އުސޫލުން ކާބޯތަކެތީގެ ސަބްސިޑީ ދިނުމަށްޓަކައި ސަރުކާރުން 350 މިލިއަން ރުފިޔާއަށްވުރެ ގިނައިން ކޮންމެ އަހަރަކު ހަރަދުކުރަންޖެހޭއިރު، މި ސަބްސިޑީގެ 99.9 ޕަސަންޓަކީ އެސްޓީއޯއަށް ދޭ ބަދަލެވެ.

ފިނޭންސުން ބުނާ ގޮތުގައި މިހާރު ކާބޯތަކެތީގެ ސަބްސިޑީ ދޭ އުސޫލުގެ މަތިން ރާއްޖޭން ކާޑުގެ ބާވަތްތައް ގަންނަ ހުރިހާ ފަރާތްތަކަށްވެސް ކާޑުގެ ސަބްސިޑީ ލިބެ އެވެ.

titledesc

ތަނަވަސް ގޭބިސީތަކާއި ވިޔަފާރިތަކާއި ފަތުރުވެރިންނަށްވެސް ކާބޯތަކެތީގެ ސަބްސިޑީ އެއް ހަމައެއްގައި މި ލިބެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު މި ސަބްސިޑީއަށް ދައުލަތުން 311.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ޖެހިގެން އައި އަހަރު 352.6 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

ނަމަވެސް، މިދިޔަ އަހަރު ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓޫރިސްޓުން އައުން އެކީގައިހެން ހުއްޓިގެން ދިޔުމާ ގުޅިގެން އެ އަދަދު ވަނީ 210.6 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 40.3 ޕަސަންޓުގެ ވެއްޓުމެކެވެ.

ކާބޯތަކެތީގެ ސަބްސިޑީ އިން ޓޫރިޒަމް ސެކްޓަރއަށް ހޭދަކުރެވޭ މިންވަރު ފާހަގަކުރަމުން ފިނޭންސުން ބުނީ 2019 ވަނަ އަހަރުގެ ހައުސްހޯލްޑް އިންކަމް އެކްސްޕެންޑިޗާ ސާވޭ (ހަޔަސް)ގައި ގޭބިސީތަކުން ކާޑުގެ ބާވަތްތަކަށް ކުރި ހަރަދަށް ބަލާ އަންދާޒާކުރެވެނީ، ގޭބިސީތަކުން ބޭނުންކުރަނީ އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ މަދުބައެއް ކަމަށެވެ.

އެގޮތުން، އެސްޓީއޯއިން 2019 ވަނަ އަހަރު ވިއްކި ހަނޑުލުގެ 57.2 ޕަސަންޓު އަދި ފުށުގެ 49.6 ޕަސަންޓު އިންސައްތަ ގޭބިސީތަކުން ބޭނުންކުރާއިރު، ގޭބިސީތަކުން ބޭނުންކޮށްފައިވަނީ އެސްޓީއޯއިން ވިއްކި ހަކުރުގެ އެންމެ 31.7 ޕަސަންޓެވެ.

ފިނޭންސުން ހުށަހަޅާ ހައްލު

ފިނޭންސުން ބުނި ގޮތުގައި އެހެން ގައުމުތަކުން ވެސް މީގެ ކުރިން ކާބޯތަކެތީގެ ސަބްސިޑީ ދެމުންގެންދިޔައީ އިންޑައިރެކްޓް ސަބްސިޑީއެއް ގޮތުގައި ނަމަވެސް، ގިނަ ގައުމުތަކުން މިހާރު ވަނީ ސަބްސިޑީ ދޭ އުސޫލު ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކޮށްފަ އެވެ.

މިގޮތުން ސަބްސިޑީ ދިނުމުގައި ފުޑް ޓްރާންސްފާ، ވައުޗާ އަދި ކޭޝް ޓްރާންސްފާ ދިނުން ފަދަ އުސޫލުތައް ބޭނުންކުރާ ކަމަށް ބުންޏެވެ.

މީގެ އިތުރުން، ގިނަ ގައުމުތަކުން ރާއްޖެއާ އެއްގޮތަށް ހަނޑޫ ނުވަތަ އެ ގައުމެއްގައި ކެއުމަށް ގިނައިން ބޭނުންކުރާ އެހެން ބާވަތްތަކަށް ސަބްސިޑީ ނުވަތަ އެހީ ދިން ނަމަވެސް، އެއްވެސް ގައުމަކުން މި ސަބްސިޑީގެ ތެރޭގައި ހަކުރު ނުހިމަނާކަން ފާހަގަކުރެވޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

2022 ބަޖެޓުގެ ހުލާސާ
2022 ބަޖެޓުގެ ހުލާސާ

2022 ބަޖެޓުގެ ހުލާސާ

މި ކަންބޮޑުވުމުގެ އިތުރުންވެސް، އަންނަ އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ދޭ އިންޑައިރެކްޓް ސަބްސިޑީތައް ދިނުމުގައި ހުރި އިސްރާފުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރާވައިފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.

"މި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ނުވަތަ ފޯރުކޮށްދޭ ތަކެތީގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ،" ފިނޭންސުން ޔަގީންކަން ދިނެވެ.

މިނިސްޓްރީން އިތުރަށް ބުނީ މި މަސައްކަތުގެ އަމާޒަކީ މިވަގުތު ހުރި އިންއެފިޝަންސީތަކުގެ ސަބަބުން ކުރިމަތިވާ ''ޑެޑް ވެއިޓް ލޮސް'' ނުވަތަ އިންއެފިޝަންސީގެ ސަބަބުން މުޅި މުޖުތަމައަށް ގެއްލިގެންދާ ބައި ކުޑަކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox