އިރާނުގެ ޑްރޯން ޕްރޮގްރާމަށް އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުގައި ޑްރޯން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނެއް. -- ފޮޓޯ: އޭއެފްޕީ

އިރާނުގައި ޑްރޯން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނެއް. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 30) - އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތައް އަލުން ފަށަން ތައްޔާރުވަމުން ދަނިކޮށް އެމެރިކާ އިން އިރާނުގެ ޑްރޯން ޕްރޮގްރާމާ ދެކޮޅަށް ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާ އިން ބުނީ އިރާނުގެ ޑްރޯންތައް ބޭނުންކޮށްގެން ގަލްފު ސަރަހައްދުގައި އުޅޭ އެމެރިކާގެ ފައުޖުތަކާއި ބައިނަލްއަގްވާމީ މަނަވަރުތަކަށް ހަމަލާދެމުންދާ ކަމަށެވެ.

އޭގެ އިތުރުން އިރާނުން ވަނީ ހިޒްބުﷲ އާއި ހަމާސް، ޔަމަނުގެ ހޫތީން އަދި އިތިއޮޕިއާ އަށް ޑްރޯން ސަޕްލައިކޮށްފައި ކަމަށް ވެސް އެމެރިކާ އިން ތުހުމަތު ކުރެ އެވެ.

އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ އިރާނުގެ ޑްރޯން ޕްރޮގްރާމުގެ އިސްވެރިޔާ ބްރިގޭޑިއާ ޖެނެރަލް ސައީދް އަގްހަޖާނީއާ ދެކޮޅަށެވެ.

އެމެރިކާ އިން ތުހުމަތު ކުރާ ގޮތުގައި 2019 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ތެޔޮ ފެކްޓްރީއަކަށް ދިން ހަމަލާގެ ފަހަތުގައި ހުރީ އަގްހަޖާނީ އެވެ. އޭގެ އިތުރުން މި އަހަރުގެ ޖުލައި މަހު އޮމާން ކައިރިން މަނަވަރަކަށް ހަމަލާދީ ދެ މީހުން މަރުވި ހާދިސާ އަށް ވެސް ޒިންމާ ވާން ޖެހެނީ އޭނާ ކަމަށް އެމެރިކާ އިން ބުނެ އެވެ.

ދަތިކުރުމުގެ ފިޔަވަޅު އެޅި ފަރާތްތަކުގެ ލިސްޓުގައި ދެ ކުންފުނި ހިމެނެ އެވެ. އެއީ ކިމިއާ ޕާޓް ސިވާން އާއި އޮޖޭ ޕަރްވާޒް މަޑޯ ނަފަރް އެވެ. އެ ދެ ކުންފުންޏަކީ ޑްރޯން އުފައްދަން ބޭނުންވާ ސާމާނު ސަޕްލައިކުރާ ދެ ކުންފުންޏެވެ.

"އިރާނުން ޑްރޯން އުފައްދައިގެން ކުރާ މަސައްކަތާ ހެދި ބައިނަލްއަގްވާމީ ސުލްހަ އާއި ހަމަޖެހުމަށް ހުރަސް އެޅޭ،" އެމެރިކާގެ ޑެޕިއުޓީ ޓްރެޝަރީ ސެކެޓްރީ ވެލީ އަޑެޔެމޯ ވިދާޅުވި އެވެ.

"އިރާނުން ހިންގާ ޒިންމާދާރުކަން ކުޑަ އަނިޔާވެރި އަމަލުތަކަށް އެ ގައުމު ޖަވާބުދާރީ ކުރުވަމުން ދާނަން."

އިރާނާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވާއިރު، މީގެ ނުވަ ދުވަސް ކުރިން ސީރިއާގެ އަލް ތަންފުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާއެއް ދީފައި ވެ އެވެ.

އެ ހަމަލާ ދިނީ ކޮން ބައެއްކަން ޕެންޓަގަން އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މެދުއިރުމަތީގައި އެފަދަ ހަމަލާ ދިނުމަށް އިރާނުން ޑްރޯން ފޯރުކޮށްދޭ ކަމަށް ބުންޏެވެ.

"މީގެ ކުރިން ވެސް މިކަހަލަ ހަމަލާތައް ފެނިފައިވޭ. އެއީ އިރާނުގެ އެހީއާ އެކު ޝިއައީ އަސްކަރީ ގްރޫޕުތަކުން ދޭ ހަމަލާތައް،" މިދިޔަ ހޯމަ ދުވަހު ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވި އެވެ.

އިރާނާ ދެކޮޅަށް ފިޔަވަޅުކަން އިއުލާނު ކުރީ ނިޔުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތައް ނޮވެމްބަރު މަހު ފަށަން ތައްޔާރު ކަމަށް އިރާނުން ބުނިތާ ދެ ދުވަސް ފަހުންނެވެ.

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތައް މެދުކެނޑިފައި އޮންނަތާ މިހާރު ފަސް މަސްވެއްޖެ އެވެ. އެހެންވެ، މަޝްވަރާތައް އަލުން ފެށުމަށް އެ ގައުމަށް ދިޔެއީ ޕްރެޝަރު ބޮޑުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox