ބަޖެޓު 22: ފާއިތުވި ތިން އަހަރު ގެއްލުމުގެ ބަދަލަށް 1.9 ބިލިއަން ރުފިޔާ؛ ބަޖެޓަށް ހިރާސް ބޮޑު

ބަޖެޓު 22: ފާއިތުވި ތިން އަހަރު ގެއްލުމުގެ ބަދަލަށް 1.9 ބިލިއަން ރުފިޔާ؛ ބަޖެޓަށް ހިރާސް ބޮޑު

މި ހިނގާ 2021 ވަނަ އަހަރު ހިމެނޭ ގޮތަށް، ފާއިތުވި ތިން އަހަރުގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އަމިއްލަ އެކި ފަރާތްތަކަށް ދައްކަން ޖެހުނު އަދަދު 1.9 ބިލިއަން ރުފިޔާއާ ގާތްކުރާއިރު، އެކަމުގެ ސަބަބުން ބަޖެޓުން ކުރަންޖެހޭ ހަރަދަށް ހިރާސް ބޮޑުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ދައުލަތުން ހަރަދު ކުރުމުގައި ކުރިމަތިވާ ހިރާސްތަކުގެ މައްސަލަ ފާހަގަކޮށްފައި ވެ އެވެ.

އަހަރުގެ ތެރޭގައި ކުރިމަތިވެދާނެ ހުރިހާ ކަމަކަށް ބަޖެޓު ތައްޔާރުކުރުމުގެ މަރުހަލާގައި ޕްލޭންކުރުމަކީ ނާދިރުކަމެއް ނަމަވެސް، ފާއިތުވި އަހަރުތަކުގައި އެފަދަ ހަރަދުތަކަށް ބަޖެޓު ކޮންޓިންޖަންސީއަށް ކަނޑައަޅާ އަދަދަށްވުރެ އިތުރަށްވެސް އަހަރުގެ ތެރޭގައި ބަޖެޓަށް ހަރަދު އިތުރުކުރަންޖެހުނު ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕްލޭން ނުކުރާ ހަރަދު އިތުރުވާ ސަބަބުތައް

  • ޕްރޮގްރާމްތަކާއި މަޝްރޫއުތަކަށް އެކަށީގެންވާ މިންވަރަށް ބަޖެޓު ނުކުރެވުން.
  • އަހަރުގެ ތެރޭގައި ގާނޫނުތަކަށް ނުވަތަ ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކުން.
  • ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ އިތުރުވުން.
  • ޕެންޑިންގ ބިލުތައް ހިނގަމުންދާ އަހަރު އަދާކުރުން.
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުން.

ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކަށް ބަލާއިރު، ރަނގަޅަށް ޕްލޭން ނުކުރެވުމުގެ ސަބަބުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ އަށެވެ.

އެގޮތުން ބަލާއިރު، 2019 ވަނަ އަހަރު ރެކޯޑް މިންވަރަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ފައިސާ ދައްކާފައި ވެ އެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ އަހަރު 50.4 މިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް، 1.49 ބިލިއަން ރުފިޔާ ދައްކަން ޖެހުނެވެ.

ޖެހިގެން އައި 2020 ވަނަ އަހަރު 103.1 މިލިއަން ރުފިޔާ ބަޖެޓު ކުރިއިރު، ދައްކަންޖެހުނު ފައިސާގެ އަދަދު 186.2 މިލިއަން ރުފިޔާއަށް އެރި އެވެ.

އަދި މިއަހަރު އެކަމަށް ސަތޭކަ މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމޭއިރު 217.7 މިލިއަން ރުފިޔާ ދައްކަންޖެހޭނެކަމަށް ފިނޭންސުން ވަނީ އަންދާޒާކޮށްފަ އެވެ.

ފިނޭންސުން ބުނާ ގޮތުގައި ދައުލަތާ ދެކޮޅަށް ހުށަހަޅާ ގިނަ މައްސަލަތައް ހުށަހަޅައިފައި ހުރީ މަޝްރޫއުތަކަށް ނުވަތަ ހިދުމަތް ދިނުމަށް ވާ އެއްބަސްވުންތަކާ ގުޅިގެންނެވެ.

އަދި މިހެން މެދުވެރިވަނީ ޕްރޮޖެކްޓް ޕްލޭނިންގައި ހުރި މައްސަލަތަކުންކަން މިހާތަނަށް ހެދިފައިހުރި ދިރާސާތަކުން ފާހަގަކުރެވޭކަމަށް ވެސް ބުނެފައި ވެ އެވެ.

މެދުރާސްތާގައި މި ހިރާސް ކުޑަކުރެވޭނީ މަޝްރޫއުތަކަށާއި ހިދުމަތް ހޯދުމަށް ވެވޭ ކޮންޓްރެކްޓްތަކާ ގުޅޭ މައްސަލަތައް އިސްލާހުކޮށްގެން ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިގޮތުން މަޝްރޫއުތައް ހިނގާ މިންވަރު ބަލައި މޮނިޓާ ކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް މިހާރުވެސް މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ރަނގަޅަށް މޮނިޓާ ކުރެވޭނަމަ ކޮންޓްރެކްޓްއާ ގުޅޭ މައްސަލަތަކުގައި ދައުލަތުން ހުށަހަޅާ ކަންކަން ސާބިތުކޮށްދޭން ހެކި ލިބިގެންދާނެ އެވެ،" ފިނޭންސުން ބުނެ އެވެ.

ގާނޫނު އަދި ސިޔާސަތަށް ގެންނަ ބަދަލުތަކުން ހަރަދު އިތުރުވުން

ގެއްލުމުގެ ބަދަލުގެ އިތުރުން ބަޖެޓު ހަރަދަށް ދެން އެންމެ ހިރާސް ބޮޑުވަނީ ގާނޫނުތަކަށް ގެނެވޭ ބަދަލުތަކުންނާއި ފާސްކުރެވޭ އާ ގާނޫނުތަކުގެ ސަބަބުން އަހަރުގެ ތެރޭގައި ބަޖެޓަށް ހަރަދު އިތުރުކުރަންޖެހުމުން ކަމަށް ބުނެފައި ވެ އެވެ.

މިގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުން ދައުލަތުގެ އާ އިދާރާތައް އުފައްދައި، ބައެއް އިދާރާތަކުގެ މެންޑޭޓު ފުޅާކޮށް، އިދާރާތަކުގެ ވަޒީފާގެ އޮނިގަނޑަށް ބަދަލުގެނެސް، އިތުރު މަގާމުތައް އުފައްދަން ޖެހެ އެވެ.

އަދި ބައެއް ގާނޫނުތަކުގައި އަލަށް ގާއިމުކުރާ އިދާރާތަކުގެ މަސައްކަތްތައް ވަކި މުއްދަތެއްގެ ތެރޭގައި ފަށަން ލާޒިމުކޮށްފައިވުމާއެކު ހިނގަމުންދާ އަހަރުގެ ބަޖެޓަށް މިހަރަދުތައް އިތުރުކުރުން ލާޒިމުވާކަމަށް ފިނޭންސުން ބުންޏެވެ.

އެގޮތުން ބަލާއިރު، މިއަހަރުގެ ބަޖެޓު ފާސްކުރި ފަހުން ޖުމްލަ ހަތަރު ގާނޫނަކަށް އައި ބަދަލުގެ ސަބަބުން ޖުމްލަ 52.7 މިލިއަން ރުފިޔާ އަހަރުގެ ތެރޭގައި ބަޖެޓަށް އިތުރުކުރަންޖެހުނެވެ.

"އާ ގާނޫނުތަކުންނާއި ގާނޫނަށް ގެނެވޭ ބަދަލުތަކުން އިތުރުވާ ހަރަދު ގާނޫނު ޑްރާފްޓުކުރުމުގެ މަރުހަލާގައި ދެނެގަންނަންޖެހެ އެވެ،" ފިނޭންސުން ބުންޏެވެ.

މިގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ރައްޔިތުން މަޖިލީހާއެކު ކޯޑިނޭޝަން ހަރުދަނާކޮށްގެން ބިލަށް ހުށަހެޅޭ ބަދަލުތަކުން ހަރަދަށް ކުރިމަތިވެދާނެ ހިރާސްތައް ދެނެގަތުމަށް މަސައްކަތް ކުރެވެމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ބަޖެޓު 2022 ގެ ހުލާސާ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އޭގެ ތެރޭގައި 24.8 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި ހަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 12.1 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ އެވެ.

2022 ގެ ދައުލަތުގެ ބަޖެޓުގެ ހުލާސާ
2022 ގެ ދައުލަތުގެ ބަޖެޓުގެ ހުލާސާ

2022 ގެ ދައުލަތުގެ ބަޖެޓުގެ ހުލާސާ

އެހެންކަމުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ނަމަވެސް، އޭގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ ބައި ނުހިމެނޭތީ، ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް އިތުރު 805 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާއެކު އަންނަ އަހަރުގެ ބަޖެޓު ފިނޭންސް ކުރުމަށްޓަކައި ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ.

އެގޮތުން ބޭނުންވާ އަދަދުގެ 7.5 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައިވާއިރު، ބާކީ ހަމަޖައްސަނީ އެތެރޭގެ ފަރާތްތަކަށް ބޮންޑާއި ޓީ ބިލު ފަދަ ސެކިއުރިޓީޒް ވިއްކައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox