ހުނަރުވެރި ފެތުންތެރިޔާ އިމްއާން ގައުމީ ރެކޯޑެއް އާ ކޮށްފި

Oct 29, 2021, 11:28 PM
ހުނަރުވެރި ފެތުންތެރިޔާ އިމްއާން ގައުމީ ރެކޯޑެއް އާ ކޮށްފި

ގައުމީ ފަތާ ޓީމުގައި ހިމެނޭ ހުނަރުވެރި ފެތުންތެރިޔާ އަލީ އިމްއާން ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.

އިމްއާން އާ ކުރި ގައުމީ ރެކޯޑަކީ ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ.

ފަހަކަށް އައިސް ފެތުމުގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިމްއާން މި ރެކޯޑް އާ ކުރީ ރަޝިއާގެ ކަޒާންގައި މިހާރު ކުރިއަށްދާ ފީނާ ސްވިމިންގް ވޯލްޑް ކަޕް 2021 (ލެގް 4) ގައި ވާދަކޮށެވެ. އިމްއާން، ރެކޯޑް އާ ކުރިއިރު، އިވެންޓްގެ ޓައިމިން އަކީ 01.04.93 އެވެ.

މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އޮތީ ގައުމީ ފަތާ ޓީމުގެ އެހެން ފެތުންތެރިއެއް ކަމަށްވާ މުބާލް އައްޒާމް އިބްރާހިމް އަތުގަ އެވެ. މުބާލް ރެކޯޑް ހެދީ 2017 ވަނަ އަހަރު ބޭއްވި 5 ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި 01.10.13 އިން އިވެންޓް ނިންމައިގެންނެވެ.

މި ވަގުތު ފީނާ ސްކޮލަޝިޕެއްގެ ދަށުން ރަޝިއާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އިމްއާން އަކީ ފަހަކަށް އައިސް ގައުމީ އަދި އިންޓަނޭޝަނަލް ލެވަލްގައި އެންމެ ރަނގަޅު ކުރިއެރުން ހޯދަމުން އަންނަ ފެތުންތެރިއެކެވެ.

އިމްއާން ވަނީ އަންނަ ޑިސެމްބަރު މަހު ޔޫއޭއީގައި ކުރިއަށްދާ ވޯލްޑް ކަޕް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ހަތަރު ފެތުންތެރިންގެ ތެރެއިން ފުރުސަތު ހޯދައިފަ އެވެ.

ދުނިޔޭގެ މުބާރާތުގައި އިމްއާންގެ އިތުރުން ދެން ވާދަކުރާނީ އައިޝަތު ސައުސަން، ހަމްނާ އަޙުމަދު އަދި މުހައްމަދު އާން ހުސައިން އެވެ.

މީގެ ތެރެއިން ހަމްނާ އާއި އާން ވަނީ ދާދި ފަހުން ބޭއްވި ސްވިމިންގެ ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. މިއީ ސްވިމިން އެސޯސިއޭޝަނުން އެންމެ މޮޅު ފެތުންތެރިންނަށް ހާއްސަކޮށް ފެށި މުބާރާތެކެވެ. އެ މުބާރާތުގައި ސައުޝަން އަށްް ވާދަނުކުރެވުނީ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox