ޒެނީޝާގެ ދިފާއުގައި ނަޝީދު ވާހަކަދައްކަވައިފި

Oct 29, 2021, 4:35 AM
ޒެނީޝާގެ ދިފާއުގައި ނަޝީދު ވާހަކަދައްކަވައިފި

މިދިޔަ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަށް ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނުސީދާކޮށް އެދިވަޑައިގެންފި އެވެ.

މި މައްސަލައިގައި ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެކަމަކު އެ އޮފީހުން ދައުވާކުރުމާމެދު ވަކި ގޮތެއް އަދި ނުނިންމަ އެވެ. މިއީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ނަމުގައި މި ސަރުކާރުގައި އުފެއްދި އިދާރާއިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.

ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައު އަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންނަ" ކަމަށެވެ.

Advertisement

"ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތްކަމުގައި އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި އ.ދ. ގެ ހާއްސަ ރެޕެޗުއާ ޑރ. އަހުމަދު ޝަހީދު ވެސް ވަނީ ޒެނީޝާގެ ދިފާއުގައި ވާހަކަދައްކަވައިފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ނުވެ، ކުޑަކުދިންގެ ހައްގުގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ އެކެއްގެ ނަން ކިލަނބުކުރުމަކީ މި ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ކުރާ ކަމެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއީ ކުޑަކުދިންގެ ހިޔާގައި ކުދިންތަކެއް ހިންގި ހަމަނުޖެހުމަކާ ގުޅިގެން ފުލުހުން އެ ކުދިންނާ މެދު އަމަލުކުރި ގޮތާ ގުޅޭ މައްސަލައެކެވެ. އެގޮތުން އެކުދިން އެތަނުން ނެރެގެން ގެންދިޔައިރު ބިޑި އަޅުވާފައި ތިބުމާއި ކުދިކުދި ހާނިއްކަތަކެއް ވުމާއި ޖެންޑާގެ އޮފިޝަލެއް ނެތި ސުވާލުކުރުމާއި ކުޑަކުދިންގެ މަރުކަޒެއް ނޫން ތަނެއްގައި ހައްޔަރުކޮށްފައި ބޭތިއްބި މައްސަލަ ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ. އެނގިފައިވާ ގޮތުގައި ޒެނީޝާގެ މައްޗަށް ދައުވާކުރަނީ އެ ކުދިން ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށްވެފައި އޭނާ އަކީ ދައުލަތުގެ ފަރާތުން އެ ކުދިންނަށް ޒިންމާވާ އެންމެ އިސް މީހާ އަށް ވާތީ އެވެ.

"އަދަދު" އަށް ވަނީ ކަށަވަރުވެފައިވާ ގޮތުގައި ދައުވާ ކުރާ 30 މީހުންގެ ތެރޭގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވެސް ހިމެނެ އެވެ.

ކުޑަކުދިންގެ ހައްގުގެ ޗެމްޕިއަނެއް

ޒެނީޝާ އަކީ ޖެންޑާ މިނިސްޓަރުކަން ރައީސް އަބްދުﷲ ޔާމީން ދެއްވުމުގެ މާކުރިން ފެށިގެން ކުޑަކުދިންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތުކުރަމުން އައި ބޭފުޅެކެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން އަމިއްލަ ގޮތުން ކުޑަކުދިންގެ ހިޔާ އަށް ގޮސް އެކުދިންނަށް ކިޔަވައިދީ ކުޅިވަރުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނެވެ.

އޭގެ ފަހުން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށް އެ ޖަމިއްޔާ މެދުވެރިކޮށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކޮށް، ވަކާލާތުކޮށް އަދި ހޭލުންތެރިކުރުވުމުގެ ނަމޫނާ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި ސަރުކާރުގެ ބެލުމުގެ ދަށުން ދިރިއުޅޭ ކުޑަކުދިންނަށާއި އެކުދިންނާ ހަވާލުވެ ތިބޭ މުވައްޒަފުން ތަމްރީނު ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގި އެވެ.

އާކް އިން ވަނީ ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އެގެއިންސްޓް ޗިލްޑްރަން (ސައިވާކް) ގެ ނޭޝަނަލް އެކްޝަން ކޯޑިނޭޝަން ގްރޫޕްގައި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޯ ޗެއާގެ މަގާމު އަދާކޮށްފަ އެވެ.

މި ދާއިރާގައި ޒެނީޝާ ކުރެއްވި މަސައްކަތް ބަލައިގަނެ ސަރުކާރުން ވަނީ 2015 ވަނަ އަހަރު އިންސާނީ ހައްގުތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން، އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުވުމުގެ ރޮނގުން ގައުމީ އިނާމު ދީފަ އެވެ.

މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން ވެސް، އެ މަގާމުގައި ހުންނަވައިގެން ވެސް ޒެނީޝާ ސިޔާސީ ހަރަކާތްތަކުން ނުފެނެ އެވެ. އެހެންވެ ސިޔާސީ މަގާމަށް އޭނާ އޭރު ވަޑައިގަތުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox