ދީނީ ހުކުމްތައް ކިޔައިދިނުމުގައި ސަމާލުވާން މައުމޫން އިލްތިމާސްކުރައްވައިފި

ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް. އިސްލާމްދީނުގެ ހުކުމްތައް އޮޅުންފިލުވައިދޭއިރު ކީރިތި ގުރުއާނާއި ސުންނަތަށް ސަމާލުވުމަށް މައުމޫން ވަނީ ގޮވާލައްވާފަ-- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް. އިސްލާމްދީނުގެ ހުކުމްތައް އޮޅުންފިލުވައިދޭއިރު ކީރިތި ގުރުއާނާއި ސުންނަތަށް ސަމާލުވުމަށް މައުމޫން ވަނީ ގޮވާލައްވާފަ-- ފޮޓޯ: އަދަދު

އިސްލާމްދީނުގެ ހުކުމްތައް އާންމުންނަށް އޮޅުންފިލުވައިދޭއިރު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަމަށް ސަމާލުކަން ބެހެއްޓުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

މައުމޫން މިގޮތަށް އިލްތިމާސްކުރެއްވި މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި މައުމޫން ވަނީ ދީނުގެ ހުކުމްތައް އާންމުންނަށް އޮޅުންފިލުވައި ދިނުމުގައި ގުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަމުގައި ހިފެހެއްޓުމަށް ގޮވާލައްވާފަ އެވެ.

"މާތްވެގެންވާ އިސްލާމްދީނުގެ ހުކުމްތައް އާންމުންނަށް އޮޅުންފިލުއްވާ ދެއްވާ ބޭފުޅުން ކީރިތި ގުރްއާނާއި ސައްޙަ ސުންނަތުން އޮޅުމެއް ނެތި ސާބިތުވާ ކަންތައްތައް ބަޔާން ކޮށްދެއްވުމަށް ސަމާލުކަން ދެއްވުން އެދެން،" މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ މިގޮތަށް ވިދާޅުވެފައިވަނީ ދާދި ފަހުން ރާއްޖޭގެ ސުޕްރީމް ކޯޓުން ޒިނޭ ސަބިތުކުރުމުގައި ޑީއެންއޭ ހެކީގެ ގޮތުގައި ބަލައިގަތުމަށް ކަނޑައެޅި ނިންމުމާ ގުޅޭ ގޮތުން ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ. ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް މައުމޫން ޒައީމްކަން ކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ހުކުމްތައް ބެއްލެވުމަށްފަހު މެނުވީ ދީން ނުކިޔަވައިދޭން މައުމޫން އިލްތިމާސް ކުރައްވާފައި މި ވަނީ ޖަމިއްޔަތުއް ސަލަފުން މިރޭ ދަރުހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮއްވަ އެވެ.

އިސްލާމީ ޝަރީއަތުގައި ޒިނޭ ސާބިތުކުރަނީ ހަތަރު ފިރިހެނުންގެ ހެކި ބަހުންނެވެ. އިތުރު އެއްވެސް ގޮތަކުން ހައްދު ކަނޑައެޅިފައިވާ ޒިނޭގެ މައްސަލަތައް ސާބިތުކުރެވެން ނޯވެ އެވެ. ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމްކުރި މައްސަލައެއްގައި ނިންމީ، އިތުރު ގަރީނާއާއެކު ޑީއެންއޭއަކީ ތައުޒީރީ މިންގަނޑުން ކުށް ސާބިތު ކުރުމަށް ބޭނުން ކުރެވިދާނެ ހެއްކެއް ކަމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ މުހައްމަދު ތައުފީގު ކިޔާ މީހެއްގެ މައްޗަށް ދައުލަތުން ކުރި ޒިނޭ ކުރުމުގެ ދައުވާގެ މައްސަލައިގައި ހުކުމް ކުރަމުންނެވެ. އެ މައްސަލައިގައި ދައުވާ ކުރި ފާތިމަތު ޝަމީމާ ކިޔާ މީހަކު ވަނީ އޭނާ ވިހެއީ ތައުފީގުގެ ދަރިއެއް ކަމަށް ބުނެފަ އެވެ. ކުއްޖާގެ ޑީއެންއޭ ތައުފީގުގެ ޑީއެންއޭއާ ދިމާވެ އެވެ. ނަމަވެސް ޝަމީމާއާއެކު ޒިނޭ ކުރި ކަމަށް ތައުފީގު އިންކާރު ކުރެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމި އިރު، ރިޔާސަތުގައި އިންނަވައި، ފަނޑިޔާރު ހުސްނުއްސުއޫދު ވަނި ޑީއެންއޭއަކީ އިތުރު ބާރުދޭ ހެކިތަކާއެކު، ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތުކުރުމަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ޒިނޭގެ މައްސަލަ ހައްދުގެ މިންގަނޑުން ސާބިތުނުކޮށް، ތައުޒީރީ މިންގަނޑުން ސާބިތުކުރުމަށް ޑީއެންއޭ ބޭނުންކުރެވިދާނެ ކަމަށެވެ.

"އަހުރެންގެ ރައުޔަކީ ޑީއެންއޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ އެ ގަރީނާ އަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެ ނަމަ ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތުކުރުމަށް ފުދޭނޭ ވަސީލަތްތަކެއް ކަމަށް،" ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވެ އެވެ.

titledesc

ފަނޑިޔާރު ހުސްނުއްސުއޫދުގެ ވަނީ އެ މައްސަަލައިފައި ހައްދުގެ ހުކުމް ކަނޑައަޅާފައިވާ މައްސަލަތަކުގައި ގަރީނާ ބޭނުންކޮށްގެން ކުށް ސާބިތު ކުރުމާމެދު އިލްމުވެރިންގެ މެދުގައި ސުވާލު އުފެދެނީ ޝައްކުތަކުން ދުރުވުމަށް ރަސޫލާ އަންގަވާފައިވާތީ ކަމަށް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އެކަށީގެންވާ ގަރީނާ ހުރި ހާލަތްތަކުގައި ﷲގެ ރަސޫލާ ވެސް އަދި އިސްލާމީ ހިލާފަތުގެ ހަލީފާއިން ކަމުގައިވާ އުމަރުގެފާނާއި އުސްމާނުގެފާނު ވެސް ކުށް ސާބިތު ކުރައްވާފައި އެބަ ހުރި ކަމަށް ސުއޫދު ވިދާޅުވި އެވެ.

އެއަށް ބާރު ލިބޭ ހެއްގެއްގެ ގޮތުގައި ފަނޑިޔާރު ސުއޫދު ފާހަގަ ކުރެއްވީ އިބްނު އައްބާސް ރިވާ ކުރައްވާފައިވާ "ހެއްކެއް ނެތީސް ރަޖަމް ކުރުމަށް ހުކުމް ކުރެވޭނަމަ އޭނާގެ އުޅުމާއި ވާހަކަދެއްކުމާއި ވަށައިގެންވާ ކަންކަމަށް ބެލުމުން އޭނާގެ އިއްފަތްތެރިކަމުގެ މައްޗަށް ޝައްކު އުފެދޭ ހިނދު، އެކަނބުލޭގެ ރަޖަމްކުރަން ތިމަންކަލޭގެފާނު އެންގެވީމުހެވެ" ރަސޫލާގެ މި ހަދީސެވެ.

އަދި ހުކުމުގައި ބުނެފައި ވަނީ "ވިހެއުމުން ނުވަތަ އިއުތިރާފުން ކުށް ސާބިތުވެއްޖެ ނަމަ ޒިނޭކުރި މުހުސަން މީހާގެ އުގޫބާތަކީ ރަޖަމްކުރުން" ކަމަށް އުމަރުގެފާނު ހުތުބާއެއް ދެއްވަމުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އަލްވަލީދު ބިން އުތުބާ ކިޔާ މީހަކު ރާ ބޮއެގެން ހޮޑުލުމުން، ހޮޑުގެ ގޮތުގައި ރާ ބޭރު ކުރެވޭނީ އެ ބޮއެގެން ކަމަށް ބަލައި އުސްމާންގެފާނު އެމީހާއަށް ހައްދުގެ އަދަބު ދެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.

މައުމޫން ގުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަމުގައި ހިފެހެއްޓުމަށް އިލްތިމާސްކުރެއްވިއިރު، ދީނީ ޖަމިއްޔާއެއްކަމުގައިވާ ޖަމިއްޔަތުއްސަލަފް އިން ދަނީ މިރޭ އެ ޑީއެންއޭގެ މައްސަލައާ ގުޅުންހުރި ދަރުހެއް ދޭން ތައްޔަރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox