ހަމަލާގެ މޭސްތިރި ކަމަށް ބެލެވޭ ތަސްލީމް ބަންދުން ދުލެއް ނުކުރި

ތަސްލީމުގެ ފޮޓޯއެއް: އޭނާއަކީ ބޮމެއް ގޮއްވާލަން އުޅުނު މައްސަލައެއްގައި 2017 ގައި ވެސް ހައްޔަރު ކުރި މީހެއް -- ފޮޓޯ: އަދަދު ފައިލް

ތަސްލީމުގެ ފޮޓޯއެއް: އޭނާއަކީ ބޮމެއް ގޮއްވާލަން އުޅުނު މައްސަލައެއްގައި 2017 ގައި ވެސް ހައްޔަރު ކުރި މީހެއް -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި މެއި 6، ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ މޭސްތިރި ކަމަށް ފުލުހުން ބުނާ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމް ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން އަނެއްކާ ވެސް ކަނޑައަޅައިފި އެވެ.

ނަޝީދާއި އިތުރު ފަސް މީހަކު ޒަހަމްކޮށްލި ބާރުގަދަ ބޮމުގެ އެ ހަމަލާއަށްފަހު ތަސްލީމް ހައްޔަރުކޮށްފައި ވަނީ އައްޑޫގައި ހަރުކަށި ފިކުރު ފަތުރާ ކަމަށް ބެލެވޭ ގްރޫޕެއްގެ އިސް ލީޑަރެއްގެ ގޮތުން ހަރަކާތްތެރިވިކަމުގެ ތުހުމަތުގަ އެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ބާރުއަޅައި، ބޮމުގެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނާ ތަސްލީމް މިއަދުގެ ބަންދު މުރާޖައު ކުރުމުގެ މަޖިލީހަށް ހާޒިރުވިއިރު ވަކީލެއް ނެތުމުން ފަނޑިޔާރު ވަނީ ގާނޫނީ ހިދުމަތް ދޭނެ ފަރާތެއް އައްޔަން ކުރުމަށް އޭނާއަށް ފަސް ދުވަސް ދީފަ އެވެ.

ވަކީލު އައްޔަން ކުރަންދޭ ފަސް ދުވަހުގެ މުއްދަތުގައި ރިމާންޑު ޖަލެއްގައި ތަސްލީމު ބަންދު ކުރުމަށް ވެސް ފަނޑިޔާރު އަމުރު ކުރި އެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން އެދިފައިވާ އެދުމަށް ގޮތެއް ނިންމާނީ އެ މުއްދަތު ހަމަވުމުން ކަމަށް ވެސް ކޯޓުން ބުންޏެވެ.

މީގެ ކުރިން މާލޭގައި ބޮމެއް ހަދައި އެ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ވެސް އޭޕްރީލް 24، 2017 ގައި އިތުރު ފަސް މީހަކާއެކު ތަސްލީމު ހައްޔަރު ކުރި އެވެ. އެކަމަކު އެ މައްސަލައިގައި ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.

ތަސްލީމުގެ މައްޗަށް މި މައްސަލައިގައި ދައުލަތުން މިހާތަނަށް އުފުލި ދައުވާއަކީ ހަރުކަށި ފިކުރުގެ ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ. ބޮމުގެ ހަމަލާއަށްފަހު ހައްޔަރު ކުރި، ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކު ވެސް މިއަދު ތަސްލީމާއެކު ކޯޓަށް ހާޒިރު ކުރި އެވެ. އޭނާއަށް ވެސް ކުރަނީ ހަރުކަށި ފިކުރުގެ ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބެލެވޭ އަލިމަނިކުގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތަކީ ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ގޮއްވާލި ބޮމަށްފަހު މައްސަލައާ ގުޅޭ ހެކިތައް ނައްތާލުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ރިމޯޓު ބޭނުންކޮށްގެން އެ ބޮން ޑެޓޮނޭޓުކޮށްލި އަހުމަދު އަދުހަމް ލައިގެން ހުރި އަންނައުނު ފޮރުވީ އަލިމަނިކު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަލިމަނިކަކީ އއ. ހިމަންދޫގައި ސަލަމާތީ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރި ޓެރަރިސްޓުންގެ ތެރޭގައި ހިމެނިގެން ދިގު މުއްދަތަކަށް ޖަލަށްލާފައި ހުރި މީހެކެވެ. ޖަލުގައި ހުއްޓާ ދެ ފަހަރެއްގެ މަތިން އޭނާ ފިލި އެވެ. ނަޝީދަށް ބޮމުގެ ހަމަލާ ދިންއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައާފާއެކު އަލިމަނިކު ހުރީ ދޫވެފަ އެވެ.

ނަޝީދަށް ދިން ހަމަލާއަށްފަހު ފުލުހުން ވަނީ ޖުމްލަ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.

ނަޝީދުގެ ގެކޮޅު ކެނެރީގެ އާއި މަޖީދީމަގާ ދިމާވާ ކަންމަތީގައި ހުރި ސައިކަލެއްގެ ހަރުކޮށްފައި އޮތް ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ ފާރަލައިގެން ބަލަން ހުރެ އެމަނިކުފާނާ ބޮމާ އެންމެ ކައިރިވި ވަގުތު ބެލުމަށްފަހު އެވެ.

ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒަރު ފުއް ޑޮކްޓަރުން ނެގި އެވެ. އަދި ހަށިކޮޅުގައި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕުލާސްޓިކު ކޮޅެއް ވެސް ތާށިވެފައި އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox