ޑަބްލިއުއެޗްއޯ އިން ޑެލްޓާގެ ސަބްވޭރިއެންޓެއް މޮނީޓާކުރަނީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިދާރާ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިދާރާ.

ޖެނީވާ، ސްވިޓްޒަލޭންޑް (އޮކްޓޯބަރު 28) - ކޮވިޑް ފަތުރާ ވައިރަހުގެ ޑެލްޓާ ވޭރިއެންޓުން އުފެދިގެން އުޅޭ ސަބްވޭރިއެންޓެއް މޮނީޓާކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އެ ސަބްވޭރިއެންޓް މޮނީޓާކުރަނީ އޭގެ އޮރިނިޖަލް ވޭރިއެންޓަށް ވުރެ ހަލުވިކޮށް ބަލި ފެތުރޭތޯ އާއި ސަބްވޭރިއެންޓު ޖެހުމުން އިންސާނުންގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ގޮތް ދެނެގަތުމަށެވެ.

އޭވައި 2.4 ގެ ނަން ދީފައިވާ ސަބްވޭރިއެންޓު މިހާތަނަށް 42 ގައުމަކުން ފެނިފައި ވެ އެވެ. ޑަބްލިއުއެޗްއޯ އިން ބުނީ އެ ސަބްވޭރިއެންޓު ފެތުރެން ފެށީ މިދިޔަ ޖުލައި މަހުން ފެށިގެން ކަމަށެވެ.

ސަބްވޭރިއެންޓު އުފެދިފައި ވަނީ ކޮވިޑް ބަލި ފަތުރާ އޮރިޖިނަލް ވައިރަހަށް ތަފާތު ތިން ބަދަލެއް ނުވަތަ މިއުޓޭޝަނެއް އައިސްގެންނެވެ. އެއާ ގުޅޭ 93 ޕަސެންޓު ކޭސް ފެނިފައި ވަނީ އިނގިރޭސިވި ލާތުންނެވެ.

އިނގިރޭސި ވިލާތުގައި އޮކްޓޯބަރު ތިން ވަނަ ދުވަހުން ފެށިގެން ހަތް ދުވަސް ވަންދެން ފެނުނު ހުރި ކޮވިޑްގެ ކޭސްތަކުގެ ތެރެއިން 5.9 ޕަސެންޓު ހިއްސާކުރަނީ އެ ސަބްވޭރިއެންޓާ ގުޅިފައިވާ ކޭސްތަކެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މިދިޔަ ޖުލައި މަހުން ފެށިގެން ޔޫރަޕާއި ހުޅަނގު ޕެސިފިކް ސަރަހައްދުގައި އުމުރުން 25 އަހަރުން ދަށުގެ މީހުންގެ މެދުގައި ބަލި ފެތުރުން އިތުރުކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތަށް މެދުވެރިވަނީ އުމުރުން ދުވަސްވީ މީހުން ވެކްސިން ފުރިހަމަކޮށްފައިވުމާއި ޒުވާން އުމުރުގެ މީހުން ގިނައިން ބޭރަށް ނުކުމެ އުޅޭތީކަމަށް ލަފާކޮށްފައި ވެ އެވެ.

އޭގެ އިތުރުން އަލުން ސްކޫލުތައް ހުޅުވައި، ޒުވާނުންނާއި ކުދިން އެއް ތަނަކުން ބައްދަލުވާން ފެށުމަކީ ވެސް އެ އުމުރުގެ މީހުންގެ މެދުގައި ކޭސްތައް އިތުރުވާން ދިމާވާ ސަބަބެކެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މިހާތަނަށް ރިކޯޑުކޮށްފައިވާ ކޮވިޑްގެ 123 މިލިއަން ކޭސްގެ ތެރެއިން 51 ޕަސެންޓުގައި ހިމެނެނީ އަންހެނުން ކަމަށެވެ. ނަމަވެސް މަރުވާ ކޭސްތަކުގެ 58 ޕަސެންޓަކީ ފިރިހެނުންނެވެ.

ސެޕްޓެމްބަރު 2020 ވަނަ އަހަރުން ފެށިގެން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ޖެހި މަރުވާ ނިސްބަތް ދަށްވާން ފަށާފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

އޭގެ ސަބަބެއް ކަމަށް ބެލެވެނީ އު އުމުރުގެ މީހުން ވެކްސިން ފުރިހަމަ ކުރުމާއި ބަލިވުމުން ހާއްސަ ފަރުވާ ލިބިގަތުމަށް އަވަސްވެގަންނާތީ އެވެ.

ޑަބްލިއުއެޗްއޯ އިން އިތުރަށް ބުނީ ދުނިޔޭގެ އާބާދީގެ 47 ޕަސެންޓަށް މިހާރު ކޮވިޑް ވެކްސިން އެއް ޑޯޒް ދެވިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox