ވަޒީފާއިން ލިބޭ އާމްދަނީ ހޭދަކުރެވެނީ ވަޒީފާއަށް ދިއުމަށް!

ވެލާނާގޭ އޮފީސް އިމާރާތް ކައިރިން ސިވިލް ސާވަންޓަކު ހިނގާފައި ދަނީ: އޮފީސް ގަޑީގައި ހިނގާ ހަރަދުތަކަށް ސަމާލުވާންޖެހޭ -- ފޮޓޯ: އަދަދު ފައިލް

ވެލާނާގޭ އޮފީސް އިމާރާތް ކައިރިން ސިވިލް ސާވަންޓަކު ހިނގާފައި ދަނީ: އޮފީސް ގަޑީގައި ހިނގާ ހަރަދުތަކަށް ސަމާލުވާންޖެހޭ -- ފޮޓޯ: އަދަދު ފައިލް

ތައުލީމީ ހަޔާތުގެ ބުރަ 12 އަހަރެއް ނިންމައި މަސައްކަތުގެ މައިދާނަށް ނުކުތީ ދިރިއުޅުމުގައި "މީހަކަށް ވުމުގެ" ހުވަފެންތަކާއެކު އެވެ. އަމިއްލަ ބޭނުންތަކާއި އާއިލާގެ ހަރަދު ބަރަދަށް އެހީތެރިވެވޭނޭ މީހަކަށް ވުމުގެ ހުވަފެނެވެ. "ތިމަންނާއަކީ ތިމަންނާގެ ހަލާލު މަސައްކަތުން ތިމަންނާގެ އާއިލާ ބަލަހައްޓާ މީހާއޭ ފަހުރުވެރިކަމާއެކު ބުނުމުގެ" ހުވަފެނުގަ އެވެ.

އެހުރިހާ ހުވަފެންތަކެއް ތިލަފަތުގެ އެއްކޮޅަށް ލާފައި އޮތް އިރު، ތިލަފަތް ހަމަކުރަން އަނެއް ފަރާތަށް ލާން އޮތީ ވަޒީފާއިން ލިބޭ އަށެއްކަހާސް ނުވަތަ ދިހަ ވަރަކަށް ހާސް ރުފިޔާގެ މުސާރަ އެވެ. އެއީ ސަލާމެއް، ގަޑި ލާރިއެއް ނުކަނޑައި، އިތުރު ގަޑި ފުރިހަމައަށް ޖެއްސީމާ ލިބުނު ދިހަ ހާސް ރުފިޔާ އެވެ. އެ ނޫން ނަމަ ގިނަވެގެން ނުވަ ހާހެވެ.

މަހުގެ ފުރަތަމަ ދުވަހު ލިބޭ މި ނުވަހާސް ނުވަތަ ދިހަހާސް ރުފިޔާ ހިފައިގެން ކުރިއަށް ހިނގެނީ ގިނަވެގެން ފަނަރަ ނުވަތަ 20 ދުވަހު އެވެ. ހަރަދުތައް ކިޔާ ނަމަ އެއީ އާންމުކޮށް ވެސް މި ހިނގާ ހަރަދުތަކެވެ. ދިރިއުޅޭ ގޭގެ ކުލިން ބަޔަކާއި ކަރަންޓާއި ފެން ބިލާއި އިންޓަނެޓު ބިލުން ބަޔަކެވެ. ފިކްސްޑް އެކްސްޕެންޑިޗާ އަކީ އެއީ އެވެ. އެ ވަރުން މުސާރަ އަދި ހުސްވެގެން ނުވާނެ އެވެ. ރަނގަޅަށް، އެއަށްވުރެ ފުންކޮށް ވިސްނާލީމާ އިތުރަށް ކުރެވޭ ބައެއް ހަރަދުތައް ހަނދާނަށް އަތުވެއްޖެ އެވެ.

އޮފީހަށް ދިއުމާއި ގެއަށް އައުމަށް ޓެކްސީ ދަތުރަށް ހަރަދުކުރާ ފައިސާ އެވެ. އެއީ ކޮޅަކަށް 25ރ. މަގުން ބެލީމާ ދުވާލަކަށް 50ރ. އެވެ. މަހެއްގެ 25 ދުވަހު އެ ދަތުރުތައް ކުރާނަމަ މަހަކަށް 1250ރ. އެވެ. ދެން އޮތީ ސައި ބަޖެޓެވެ. އެއީ ދުވާލެއްގެ ދެ އިރަށް ކުރެވޭ ހަރަދެކެވެ. ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުމެވެ. އޮފީހުގެ ބައެއް ރައްޓެހިންނާއެކު ދާތީ އެ ހަރަދުތަކަށް ހިނގަނީ އިރަކަށް ފަންސާހަކަށް ރުފިޔާ އެވެ. ދުވާހެއްގެ ދެއިރު ވީމާ 100 އެވެ. އެއީ މުޅި މަހުގެ މަސައްކަތު 25 ދުވަހަށް ބެލީމާ 2500ރ. އެވެ. އެހެންވީމާ، އޮފީހަށް އައިސް ގޮސްވުމާއި ސައިގެ ހަރަދުގެ ޖުމުލައަކީ އެވްރެޖްކޮށް 3250ރ. އެވެ.

މަތީގައި މި ޖެހި ހިސާބަށް ބަލާއިރު، މުސާރައިގެ ގޮތުގައި ލިބޭ ނުވަ ވަރަކަށް ހާސް ރުފިޔާގެ ތެރެއިން 3000 އަށް ވުރެ ގިނަ ރުފިޔާއަކީ އޮފީހަށް ނުކުންނަ ކަމަށްޓަކައި އަތުން ދާ ހަރަދެވެ. އޮފީހަށް ނުކުންނަކީ އާމްދަނީ ހޯދާށެވެ. އެ އާމްދާނީގެ ތިންބައިކުޅައެއްބައި ވެގެން މި ދިޔައީ އެ އާމްދަނީ ހޯދުމަށްޓަކައި ހޭދަކުރަންޖެހުނު ފައިސާއަކަށެވެ. އެ ނޫން ގޮތެއް މިކަމުގައި އޮންނަންވާނެ އެވެ. އެ ފައިސާގެ ތެރެއިން ބައެއް ފަހަށް ރައްކާކުރެވިދާނޭ ފޯމިއުލާއެއް އެބައޮތެވެ.

އޮފީހަށް އައުމަށްފަހު ފުރަތަމަ ކުރަންޖެހޭ ކަމަކީ ކާޑު ޖަހާލާފައި ސަޔަށް ދިއުން ކަމަށް ވެފައި އޮތް ސަގާފަތު ބަދަލުކުރަންވީ އެވެ. އޮފީހަށް އަންނާނީ ގޭގައި ހެނދުނުގެ ނާސްތާ ނިންމާފަ އެވެ. އެއީ ދުވަހުގެ އެންމެ މުހިންމު ކެއުން ކަމަށް ސިއްހީ މާހިރުން ވިދާޅުވާއިރު އެކަމަށް ސަމާލުކަން ނުދޭންވީ ސަބަބެއް ނެތެވެ. އެކަމާ ގުޅޭ އެތައް ލިޔުންތަކަކާއި އިރުޝާދުތައް އެ ހުރީ އެވެ. ދެން އޮތީ މެންދުރުގެ ކެއުމެވެ. އޮފީހަށް އައުމަށް ދަތުރު ހަދަންވީ މެންދުރުގެ ކެއުން ހިފައިގެންނެވެ. ގޭގައި ތައްޔާރުކުރާ ކެއުން ހޫނުކަމާއެކު ހިފަހައްޓާނޭފަދަ ރީތި ލުއި ތަށިބަރިތައް ވިއްކަން އެހުރީ އެވެ. އޮފީހުގެ ސައި ކޮޓަރީގައި މެންދުރުގެ ކެއުން ނިންމާލާނީ އެވެ.

ދެން އޮތީ އޮފީހަށް އައިސް، ގޮސް ވުމެވެ. އެ ދަތުރަކީ ޓެކްސީގައި ކުރަންޖެހޭ ދަތުރަކަށް ހަދަންޖެހޭ ހެއްޔެވެ. މި މާލޭގެ ބޮޑުމިނާއި ހިނގާފައި ކަޑައްތުކުރަންޖެހޭ ރާސްތާއަށް ބަލާއިރު، ހިނގާފައި އޮފީހަށް އައުމަކީ ނުކުރެވޭނޭ ކަމެއް ނޫނެވެ. ސިއްހީ ގޮތުން ބެލިކަމުގައި ވީ ނަމަވެސް ހަށިގަނޑަށް ލިބޭ ކަސްރަތެކެވެ. ވަގުތު އޮއްވައި ދަތުރަށް ނުކުތީމާ މަޑުމަޑުން ހިނގާލާފައި އޮފީހަށް އާދެވޭނެ އެވެ. މާލޭގައި ހުރެފައި ހުޅުމާލޭ އޮފީހަކަށް ނުވަތަ ހުޅުމާލޭގައި ހުރެފައި މާލޭގެ އޮފީހަކަށް އަންނަނަމަ، އަމިއްލަ ވެހިކަލެއް ނެތްނަމަ ޕަބްލިކް ޓްރާންސްޕޯޓު ހިޔާރު ކުރެވިދާނެ އެވެ. ހަރަދު ކުޑަ ވާނޭ ގޮތެކެވެ.

އޮފީހަށް ނުކުމެ ހޯދާ އާމްދަނީ ޖެހިގެން އަންނަ މަހު އޮފީހަށް ނުކުތުމަށްޓަކައި ހަރަދު ކުރަންޖެހުމަކީ ހަމަ ޔަގީނުން ވެސް ހަމަޖެހޭ ކަމެއް ނޫނެވެ. އެ ގޮތަށް އެކަން ހިނގާނަމަ އެކަމަށް އެ ނޫން ހައްލެއް ހޯދަންވާނެ އެވެ. މުސާރައިގެ ތިންބައިކުޅަ އެއްބައި ތިޔަ ހޭދަކުރެވެނީ މުޅީން ބޭކާރު ނޫންނަމަވެސް، ނުކޮށް ފަރުޖެއްސޭނޭ ހަރަދުތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox