ޔުވެންޓަސް ފަހު ވަގުތު ބަލިވިއިރު، ޗެމްޕިއަން އިންޓަ އަށް މުހިއްމު މޮޅެއް

Oct 27, 2021, 9:45 PM
ޔުވެންޓަސް ފަހު ވަގުތު ބަލިވިއިރު، ޗެމްޕިއަން އިންޓަ އަށް މުހިއްމު މޮޅެއް

ޓިއުރިން (އޮކްޓޫބަރު 28) - އިޓާލިއަން ލީގުގައި މިރޭ ސަސުއޯލޯ އިން ފަހު ވަގުތު ގޯލު ޖަހައި 2-1 އިން ޔުވެންޓަސް ބަލިކުރިއިރު، އެމްޕޮލީ ދަނޑުގައި 2-0 އިން މޮޅުވެ, އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ލީގުގެ ރޭހުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޭސީ މިލާން އޮތީ 10 މެޗުން 28 ޕޮޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ނުވަ މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ބޮލޯނިއާ ބަލިކޮށްގެން ނަޕޯލީ އަށް އެއް ވަނަ އަށް އެރޭނެ އެވެ. ތިން ވަނައިގައި އޮތް އިންޓަ އަށް ވަނީ 10 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް ހަތް ވަނައިގައި އޮތީ 10 މެޗުން 15 ޕޮއިންޓާ އެކު އެވެ.

ޔުވެންޓަސް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ސަސުއޯލޯގެ ޑޮމެނިކޯ ބެރާޑީ ޖެހި ބޯޅައެއް ދިޔައީ ގޯލު ދަނޑި ކައިރިންނެވެ. ޔުވެންޓަސް އަށް ލީޑުނަގައިދޭން އެ ޓީމުގެ ކެޕްޓަން ޕައޮލޯ ޑިބާލާ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ސަސުއޯލޯ އިން ލީޑުނެގީ އޭރިއާތެރެއިން ގްރެގޯ ޑީފްރެލް ދިން ބޯޅައަކުން އެ ޓީމުގެ ޑަވީޑޭ ފްރަޓޭސީ ޖެހި ގޯލުންނެވެ.

ދެ ވަނަ ހާފްގައި ނަތީޖާ ހަމަހަމަ ކުރަން ޔުވެންޓަސް އިން ފުލުފުލުގައި ފޮނުވާލި ހަމަލާތައް ސަސުއޯލޯގެ ކީޕަރު އަންދްރެއާ ކޮންސީލީ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 76 ވަނަ މިނިޓްގައި ޔުވެންޓަސްގެ އެމެރިކާ މިޑްފީލްޑަރު ވެސްޓަން މެކެނީ ޖެހި ބޯޅަ ހުއްޓުވޭ ގޮތެއް ނުވި އެވެ. ޑިބާލާ ނެގި ހިލޭ ޖެހުމަކުން މެކެނީ ބޮލުން ޖެހި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.

ޔުވެންޓަސް އިން މޮޅުވާން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް އިތުރު ވަގުތުގެ ފަަސް ވަނަ މިނިޓްގައި ސަސުއޯލޯ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ބެރާޑީ ދިން މޮޅު ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ މެކްސިމް ލޮޕޭޒް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި ސަސުއޯލޯ މޮޅުކޮށްދީފަ އެވެ.

އެމްޕޮލީގެ ދެ ކުޅުންތެރިން ކައިރިން އިންޓަގެ ސަންޗޭޒް ބޯޅަ ހިފައިގެންދަނީ.--

މި ފަހަރުގެ ސީޒަން ފުރަތަމަ 10 މެޗުގެ ތެރެއިން ޔުވެންޓަސް މި ވަނީ ތިން މެޗުން ބަލިވެފަ އެވެ. ޔުވެންޓަސް ވަނީ 2015-2016 ސީޒަނުގައި ލީގުގެ ފުރަތަމަ 10 މެޗުގެ ތެރެއިން ހަަތަރު މެޗުން ބަލިވި ނަމަވެސް އެ ފަހަރު ތަށި ހޯދައިފަ އެވެ.

އެމްޕޮލީ ދަނޑުގައި މެޗުގެ 34 ވަނަ މިނިޓްގައި އަލެކްސިސް ސަންޗޭޒް ދިން ބޯޅައަކުން އިންޓަ އަށް ލީޑުނަގައިދިނީ ޑަނީލޯ ޑި އަމްބްރޯސިއޯ އެވެ. އޭގެ ފަހުން އެމްޕޮލީގެ ސަމުއެލް ރިޗީ އަށް ރަތް ކާޑެއް ދެއްކި އެވެ. އެމްޕޮލީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އިންޓަގެ ދެ ވަނަ ގޯލު ޖެހީ ލަޓާރޯ މާޓީނޭޒް ދިން ބޯޅައަކުން ފެޑެރީކޯ ޑިމާކޯ އެވެ.

ހޯސޭ މޮރީނިއޯގެ ރޯމާ ވަނީ ފަހަތުން އަރައި ކަލިއަރީ 2-1 އިން ބަލިކޮށްފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލެއޮނާޑޯ ޕަވެލޮޓީގެ ގޯލުން ކަލިއަރީ ލީޑުނަގާފައި ވަނިކޮށް ރޯމާ އިން ނަތީޖާ އަނބުރާލީ ރޮޖާ އިބަނިއޭޒާއި ލޮރެންޒޯ ޕެެލެގްރީނީ ޖެހި ގޯލުންނެވެ.

ރޯމާ އޮތީ 10 މެޗުން 19 ޕޮއިންޓާ އެކު ހަތަރެއްގަ އެވެ. ފަސް ވަަނައިގައި އޮތީ 10 މެޗުން 18 ޕޮއިންޓް ހޯދައިގެން އެޓަލަންޓާ އެވެ. ސަމްޑޯރިއާ ދަނޑުގައި އެޓަލަންޓާ މިރޭ ވަނީ 3-1 އިން މޮޅުވެފަ އެވެ. ހަ ވަނައިގައި އޮތް ލާޒިއޯ ވަނީ މިރޭ 1-0 އިން ފިއޮރެންޓީނާ ބަލިކޮށްފަ އެވެ. ލާޒިއޯ އަށް ވަނީ 10 މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox