ސަލާހާ ބެހޭ މައުލޫމާތު ފޮތްތަކުގައި ހިމަނައިގެން މިސްރުގެ ސްކޫލްތަކުގައި ކިޔަވައިދެނީ

Oct 28, 2021, 3:22 AM
ސަލާހާ ބެހޭ މައުލޫމާތު ފޮތްތަކުގައި ހިމަނައިގެން މިސްރުގެ ސްކޫލްތަކުގައި ކިޔަވައިދެނީ

ގާހިރާ، މިސްރު (އޮކްޓޫބަރު 28) - ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހާ ބެހޭ މައުލޫމާތު ހިމަނައިގެން މިސްރުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައިވާ ކަމަށް އިނގިރޭސި ނޫހެއް ކަމަށްވާ ދި ޓައިމްސް އިން ރިޕޯޓްކޮށްފި އެވެ.

ސަލާހުގެ ދިރިއުޅުމާއި ކުޅިވަރުގައި އޭނާ ކުރިއެރުން ހޯދައި ދުނިޔޭގެ ލެވަލްގެ މަޝްހޫރު މީހަކަށް ވުމަށް ކުރި ދަތުރު މިސްރުގެ ސްކޫލްތަކުގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގެ ކަރިކިއުލަމްގައި ހިމަނައިފައިވާއިރު، އެކި އުމުރުފުރާތަކަށް މައުލޫމާތު ހިމަނާފައިވަނީ އެކި މިންވަރަށެވެ.

ޔޫތު ލެވަލްގައި ފުޓްބޯޅަ ކުޅުނުއިރު، ސަލާހު ވަނީ ކޮންމެ ދުވަހަކު ޕްރެކްޓިސް ކުރަން ބަހުގައި ދިގު ދަތުރުތަކެއް ކޮށްފަ އެވެ. އަދި އޭނާގެ އާއިލާ އަކީ އެހާ ތަނަވަސް ބަޔަކަށް ނުވާއިރު، ސަލާހު ކެރިއަރުގައި ކާމިޔާބު އެތުލީޓަކަށް ވުމުގެ އެންމެ ބޮޑު ސަބަބަކީ ރަނގަޅު އަހުލާގެއްގެ މަތީ ސާބިތުވެ ހުރުން ކަމަށް ބުނެ، މިސްރު ސްކޫލްގެ ފޮތްތަކުގައި ސަލާހުގެ މައުލޫމާތު ހިމަނާފައިވެ އެވެ.

ސަލާހު އަންނަނީ އޭނާގެ ފައުންޑޭޝަނެއް މެދުވެރިކޮށް މިސްރަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެ ގޮތުން ސަލާހުގެ އުފަން ސަރަހައްދު ނާގްރިގްގައި ކޮންމެ އަހަރަކު ގިނަ ކަންކަން ކުރެ އެވެ.

މުޅި މިސްރަށް ބަލާއިރު، ސަލާހު ފައުންޑޭޝަނުގެ އެހީގައި ކޮށްފައި ހުރި ބޮޑު ކަންތައްތަކަށް ވަނީ މީޑިއާގެ ސަމާލުކަން ލިބިފަ އެވެ. އާންމުކޮށް ސަލާހު ފައުންޑޭޝަނުން ކަންކަން ކުރަނީ މީޑިއާގައި ޕްރޮމޯޓްކުރުމެއް ނެތި އެވެ.

މީޑިއާ އަށް ތިލަވެފައިވާ ކަންކަމަށް ބަލާއިރު ސަލާހު ފައުންޑޭޝަނުން ވަނީ އަންހެން ކުދިންނަށް ހާއްސަ ސްކޫލަކާއި ސާފު ބޯފެން ފޯރުކޮށްދިނުމާއި ބޯފެނާ ގުޅޭ އެކި ހިދުމަތްތައް ދޭ ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން މިސްރުގެ ހޮސްޕިޓަލްތަކަށް އެމްބިއުލަންސްގެ ހިދުމަތް ވީ އެންމެ އަވަހަށް ފޯރުކޮށްދޭން ހާއްސަ ޔުނިޓެއް ގާއިމްކޮށްފަ އެވެ.

މިސްރުގެ އަލް މޮކަލޫނުން 2010 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ސަލާހު ދެން ބަދަލުވީ 2012 ވަނަ އަހަރު ސްވިޒަލެންޑްގެ ބަސެލް އަށެވެ. ޗެލްސީން 2012 ވަނަ އަހަރު 14 މިލިއަން ޑޮލަރަށް ސަލާހު ގަތް ނަމަވެސް އޭނާގެ ބޭނުން މާ ބޮޑަށް ނުހިފުނެވެ. ޗެލްސީގައި ފުރުސަތު ނުލިބޭތީ ސަލާހު ދެން ބަދަލުވީ އިޓަލީގެ ފިއޮރެންޓީނާ އާއި ރޯމާ އަށް ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ފަހުން ދާއިމީ ކޮންޓްރެކްޓެއްގައި ރޯމާ އަށް ސޮއިކުރުމަށް ފަހު އެ ޓީމުގައި ތަފާތު ދެއްކި އެވެ. ނަތީޖާ އަކަށްވީ 2017 ވަނަ އަހަރު ލިވަޕޫލުން 40 މިލިއަން ޑޮލަރަށް ސަލާހު ގަތުމެވެ. ލިވަޕޫލަށް މިހާތަނަށް ކުޅެދިން މެޗުތަކަށް ބަލާއިރު، ސަލާހު ވަނީ 214 މެޗުން 137 ގޯލު ޖަހައި 51 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މި ވަގުތު މިސްރުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ސަލާހަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަަޕަށް މިސްރު ގެންގޮސްދިން ގޯލު ޖެހި ކުޅުންތެރިޔާ އެވެ. މިސްރުން 1990 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް އެ ފަހަރު ކޮލިފައި ކޮށްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ ކުޅުންތެރިއަކީ މުޅި ކޮލިފައިންގައި ވެސް މުހިއްމު ގޯލުތަކެއް ޖެހި ސަލާހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox