ފަރިވާގައި ރޯވީ ސްޓެލްކޯގެ އިހުމާލުކަން ސުޕްރީމް ކޯޓުގައި ވެސް ސާބިތެއް ނުވި

އަލިފާނުގެ ހާދިސާއެއް ހިނގި ސަރަހައްދެއްގައި ސިފައިން ހަރަކާތްތެރިވަނީ: ސުޕްރީމް ކޯޓުގައި ވެސް ފާރިވާއަށް ކާމިޔާބެއް ނުލިބުން

އަލިފާނުގެ ހާދިސާއެއް ހިނގި ސަރަހައްދެއްގައި ސިފައިން ހަރަކާތްތެރިވަނީ: ސުޕްރީމް ކޯޓުގައި ވެސް ފާރިވާއަށް ކާމިޔާބެއް ނުލިބުން

ފަރިވާ ފިހާރާހައި ރޯވެ އެނދީ ސްޓެލްކޯގެ އިހުމާލެއް އޮވެގެންކަން ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅައިފި އެވެ.

ފާމުދޭރިމަގުގައި ހުރި ފަރިވާ އިލެކްޓްރޯނިކްސްގައި އަލިފާން ރޯވެ މުޅި ތަން ބޭނުން ނުކުރެވޭ މިންވަރަށް އަނދައި ބޮޑު ގެއްލުމެއްވި އެވެ. އެ ހާދިސާ ހިނގީ އެ ފިހާރައިގެ ވެރިފަރާތުން ބުނާ ގޮތުގައި ސްޓެލްކޯއިން ބަހައްޓާފައި ހުރި ކަރަންޓު ފޮއްޓެއްގައި ރޯވެގެންނެވެ.

އެހެންވެ, ފިހާރައިގެ ވެރިޔާ ހުސެއިން ރަޝީދު ސްޓެލްކޯއާ ދެކޮޅަށް އިހުމާލުގެ ދައުވާކުރީ އެވެ. އޭނާ ކޯޓަށް ދިޔައީ ސްޓެލްކޯގެ އަތުން ބަދަލުގެ ގޮތުގައި 33 މިލިއަން ރުފިޔާ ހޯދުމަށެވެ.

Advertisement

އެކަމަކު, ސިވިލް ކޯޓުން ކަނޑައެޅީ އެކަމުގައި ސްޓެލްކޯގެ އިހުމާލެއް އޮތް ކަމަށް ސާބިތު ނުވާ ކަމަށެވެ. އެ ހުކުމް ހައިކޯޓުގައި ހުސެއިން ރަޝީދު އިސްތިއުނާފުކުރުމުން ވެސް ނިންމީ ހަމަ އެގޮތަށެވެ.

ސިވިލް ކޯޓާއި ހައިކޯޓުން ނާކާމިޔާބުވުމުން ސުޕްރީމް ކޯޓަށް މައްސަލަ ގެންދިޔުމުން މިއަދު އިއްވި ހުކުމްގައި އެންމެ މަތީ ކޯޓުން ވެސް ތާއިދުކުރީ ދަށު ކޯޓުތަކުން ނެރެފައި އޮތް ހުކުމަށެވެ.

އެގޮތުން ހުކުމްގައި ބުނި ގޮތުގައި ފަރިވާ އަނދައި އަޅިއަށްވި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސްޓެލްކޯއިން ބަހައްޓާފައި ހުރި ކަރަންޓު ފޮށީގައި ރޯވެގެންކަން ސާބިތުކުރާނެ ހެއްކެއް ނެތް ކަމަށެވެ. ހާދިސާއާ ގުޅިގެން ފުލުހުން ހެދި ރިޕޯޓްގައިވާ ގޮތުން ކަރަންޓު ފޮށީގައި ހުރި ކޭބަލްތަކުގައި އަލިފާން ރޯވެފައިވެސް ނުވެ އެވެ.

ހުސެއިން ރަޝީދު ވަނީ ހެއްކެއްގެ ގޮތުގައި މަންޒަރު ލޮލަށް ފެނުނު މީހެއް ހުށަހަޅާފަ އެވެ. ނަމަވެސް, އޭނާގެ ހެކިބަހުން އަލިފާން ރޯވެގެން ދިޔައީ ދުވާރު މަތީގައި ބަހައްޓާފައިހުރި ކަރަންޓު ފޮށިންކަން ސާބިތު ނުކުރެވޭނެ ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

"...އެހެންވީއިރު ފޮރެންސިކް ފިޒިކަލް އެގްޒެމިނޭޝަންގެ ނަތީޖާ ނަފީ ކުރެވޭވަރުގެ ހެއްކެއް ހުސެއިން ރަޝީދުގެ ފަރާތުން ހުށަހަޅާފައެއް ނުވޭ," ހުކުމްގައި ފާހަގަކުރި އެވެ.

އަލިފާން ރޯވީ ކަރަންޓު ފޮށީގައިކަން ސާބިތުކުރުމަށް ދަށު ކޯޓާއި ހައިކޯޓަށް ހުސެއިން ރަޝީދުގެ ފަރާތުން ހެއްކެއް ހުށަހަޅާފައި ނެތް ނަމަވެސް, ސުޕްރީމް ކޯޜަށް ދެ ރިޕޯޓެއް ހުށަހެޅި އެވެ. އެއީ, އެމްއެންޑީއެފްގެ ރިޕޯޓަކާއި ކަމާބެހޭ ދެ މާހިރަކު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ނަމަވެސް, އެ ދެ ރިޕޯޓަށް ސުޕްރީމް ކޯޓުން ރިއާޔަތް ކުރި އެވެ.

ސަބަބެއް ކަމަށް ހުކުމްގައި ފާހަގަކޮށްފައިވަނީ އެ ދެ ރިޕޯޓް ދަށު ކޯޓާއި ހައިކޯޓަށް ހުށަހަޅާފައި ނެތުމުން މި މަރުހަލާގައި އެއަށް ރިއާޔަތް ކުރުމަކީ ގާނޫނީ ހަމައަކަށް ނުވާތީ ކަމަށެވެ. އެހެންވެ, އަލިފާނުގެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުކަން ނުވަތަ އެ ކުންފުނީގެ ގާނޫނީ ޒިންމާއަކަށް ފަރުވާ ކުޑަވުމުންކަން ސާބިތު ނުވާ ކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެވެ.

އެހެންވެ, މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ނަގައިދޭން ނުޖެހޭ ކަމަށް ކަނޑައަޅައި, މައްސަލަ ނިންމި އެވެ.

މި މައްސަލާގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox