މުތައިރީ އަށް އަލުން ނޭޕާލް ކޯޗުކަން ދެނީ

Oct 27, 2021, 2:29 PM
ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން މުތައިރީ: ނޭޕާލްގެ ކޯޗުކަމަށް އަލުން އަންނަން އޭނާ ވަނީ އެއްބަސްވެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން މުތައިރީ: ނޭޕާލްގެ ކޯޗުކަމަށް އަލުން އަންނަން އޭނާ ވަނީ އެއްބަސްވެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ފަހު ނޭޕާލްގެ ކޯޗުކަން ދޫކޮށްލި ކުވޭތުގެ އަބްދުﷲ އަލް މުތައިރީ އަށް އަލުން އެ މަގާމު ދޭން ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން (އަންފާ) އިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް އެވެ.

މިދިޔަ އޭޕްރީލް މަހު ނޭޕާލްގެ ކޯޗުކަމާ ހަވާލުވި މުތައިރީ އާއި ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގެ ނައިބު ރައީސް ޕަންކަޖް ނެމްބަންގާ މައްސަލަ ޖެހި އޭނާ ވަނީ ސާފް ފެށުމުގެ ތިން މަސް ކުރިން މަގާމުން އިސްތިއުފާދީފަ އެވެ. އެކަމަކު، ފަހުން އޭނާ އަލުން މަގާމާ ހަވާލުވީ ވަކި ޝަރުތުތަކަކަށް އެއްބަސްވެގެންނެވެ. އޭގެ ތެރެއިން އެއް ކަމަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ނިޔަލަށް އޭނާ މަގާމުގައި ދެމިހުރުމެވެ.

ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ބަންގްލަދޭޝާ އެއްވަރުވި މެޗަށް ފަހު މުތައިރީ ވަނީ އެއް މަސް ކުރިން މަގާމުން އިސްތިއުފާ ދިން ކަމަށް ބުނެފަ އެވެ.

އެކަމަކު، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ނޭޕާލުގެ ފުޓްބޯޅަ ތާރީހުގައި މުޅިން އަލަށް (28 އަހަރުތެރޭ ފުރަަތަމަ ފަހަރަށް) ވާދަކޮށް ފައިނަލުގައި އިންޑިއާ އަތުން 3-0 އިން ބަލިވި މެޗަށް ފަހު މުތައިރީ ބުނީ ނޭޕާލް ޓީމާ އެކު ކުރިއަށްދާން "އޮފާ" އެއް ލިބިއްޖެނަމަ ވިސްނާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި މިއަދު މުތައިރީ ލިޔެފައިވަނީ އޭނާ އާއި އަންފާ އިން އެއްބަސްވުން އާ ކުރަން ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނާ އެކު ދެ އަހަރުގެ ޕްލޭނެއްގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

މުތައިރީ ހަވާލުވި ފަހުން ކުޅުނު 13 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވި ނަމަވެސް ހަތަރު މެޗުން މޮޅުވެ ދެ މެޗު ވަނީ އެއްވަރުކޮށްފަ އެވެ.

ނޭޕާލް މޮޅުވީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނީސް ޓައިޕޭ އަތުންނާއި ގަތަރުގެ ޓްރެއިނިން ކޭމްޕްގައި އެ ގައުމުގެ ކްލަބް, އަލް ބިދާ ސްޕޯޓްސް އަތުންނާއި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީ ލަންކާ އަތުންނެވެ.

މުތައިރީގެ ކޯޗުކަމުގައި ނޭޕާލުން ވަނީ އޭޝިއާ ފުޓްބޯޅައިގެ ވަރުގަދަ ޓީމުތަކާ ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި އިރާގާއި އޮސްޓްރޭލިއާ ޖޯޑަން އަދި އޮމާން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox