އުތީމު ގިރާ ސަރަހައްދުން ފަސް ގަރުނުވީ ވަޅެއް ފެނިއްޖެ

އުތީމުން ފެނުނު އާސާރީ ވަޅު. އުތީމު ހުޅަނގު ފަރާތު ތުނޑިން ފެނުނު އެ ވަޅަށް 500 އަހަރު ވަރު ވެދާނެ ކަމަށް ބެލެވޭ-- ފޮޓޯ: އުތީމު ކައުންްސިލް

އުތީމުން ފެނުނު އާސާރީ ވަޅު. އުތީމު ހުޅަނގު ފަރާތު ތުނޑިން ފެނުނު އެ ވަޅަށް 500 އަހަރު ވަރު ވެދާނެ ކަމަށް ބެލެވޭ-- ފޮޓޯ: އުތީމު ކައުންްސިލް

ހއ. އުތީމު ގޮނޑުދޮށުގެ ގިރަމުންދާ ސަރަހައްދުން މިއަދު އާސާރީ ވެލިގަލު ފެން ވަޅެއް ފެނިއްޖެ އެވެ.

އުތީމުގެ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ވަޅަކީ، އެ ރަށުގެ ބަނދަރު ހެދުމަށްފަހު، އާދަޔާހިލާފަށް ރަށް ގިރަން ފެށުމުން، ނެތިގެން ހިނގައިދާނެ ކަމަށް ހީވެފަ އޮތް ހުޅަނގު ފަރާތުގައި އޮންނަ މަޝްހޫރު ދޫނި ތުނޑިން ފެނުނު ވަޅެއް ކަމަށެވެ.

"މިފަހުން ވަރަށް ގަދަޔަށް ރަށް ގިރަމުން ގޮސް އެ ފެނުނީ. ހަމަ މިއަދު އެ ފެނުނީ. އެ ސަރަހައްދަކީ އުތީމުގައި ބޮޑުތަކުރުފާނު ތުއްޕުޅުއިރު، ދޫނި ހިއްޕަވަން އުޅުއްވި ތުނޑި،" ރަޝީދު ވިދާޅުވި އެވެ.

ހަތަރެސްކަނަށް ވެލިގަލުން ހަދާފައި ހުރި އެ ވަޅަށް ގާތްގަނޑަކަށް 500 އެއްހާ އަހަރު ވެދާނެ ކަމަށް ރަޝީދު ލަފާ ކުރައްވަ އެވެ.

ހއ. އުތީމުން ފެނުނު އާސާރީ ވަޅު. ހަތަރެސްކަން އެ ވަޅު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް.-- ފޮޓޯ: އުތީމު ކައުންސިލް
ހއ. އުތީމުން ފެނުނު އާސާރީ ވަޅު. ހަތަރެސްކަން އެ ވަޅު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް.-- ފޮޓޯ: އުތީމު ކައުންސިލް

ހއ. އުތީމުން ފެނުނު އާސާރީ ވަޅު. ހަތަރެސްކަން އެ ވަޅު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް.-- ފޮޓޯ: އުތީމު ކައުންސިލް

"ރަށުގަ ހުރޭ އަދިވެސް އެކަހަލަ ބައެއް ވަޅުތައް ހަދާފަ. އުތީމު ގަނޑުވަރު ތެރޭގައި ވެސް ހުރޭ އެކަހަލަ ވަޅެއް. ހަމަ ގަނޑުވަރާ އެއްވަރަކަށް ދުވަސް ވެދާނެ ކަމަށް ބެލެވެނީ އެ ވަޅަށް ވެސް. ވަޅު ފެނުނީ ހަމަ ރަށުގެ ރައްޔިތުންތަކަކަށް. އެހާ މީހުން ގޮސް އުޅޭ ސަރަހައްދެއް ނޫން އެއީ އެހެންވީމަ މިއަދު ފެނުނަސް މީގެ ދެ ތިން ދުވަހެއް ކުރިން އެ ސަރަހައްދުން ގިރައިގެން މައްޗަށް އަރާފަ ހުރެދާނެ،" ރަޝީދު ވިދާޅުވި އެވެ.

އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު އަލީ ސިފާމް ވެސް ވިދާޅުވީ އެ ވަޅަށް 500 ވަރަކަށް އަހަރު ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއީ އުތީމުގައި އެންމެ ފުރަތަމަ މީހުން ދިރިއުޅުނު ސަރަހައްދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ހަތަރެސްކަނަށް ހަދާފަ ހުރި ވަޅެއް އެއީ. އެކިއުރޭޓްކޮށް 700 މިލިމީޓަރު ހުރޭ ކޮންމެ ސައިޑަކުން ވެސް. ދެން ބައެއް ބައިތައް ނެއްޓިފަ ހުރީ ރާޅު ޖަހައިގެން، އެހެންވެ އެ ބައިތައް ވެސް ހިމާޔަތްކޮށްފަ ވަނީ،" ސިފާމް ވިދާޅުވި އެވެ.

ކައުންސިލް ރައީސް ރަޝީދު ވިދާޅުވި ގޮތުގައި އެ ވަޅު ފެނުނު ސަރަހައްދުން މީގެ ކުރިން ވެސް އާސާރީ ގިނަ ތަކެތި ފެނިފައި އެބަހުއްޓެވެ. މިފަހަރު ފެނުނު ވަޅު، ގިރާ ސަރަހައްދާއެކު ނެތިގެން ހިގައިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ރަޝީދު ވިދާޅުވި އެވެ.

"އެ ސަރަހައްދުން މީގެ ކުރިން ވެސް ހުންނާނެ ދެން އަޅުގަނޑުމެން ކިޔަނީ ދެން ސީނު ތަށި، އެއީ ސީނު ކަރައިން ގެނައިކަމަށް ބެލެވޭ ބައެއް ތަށި އަދި ރުނބާ އެކަހަލަ އެއްޗިހި ވެސް ފެނިފަ. ދެން ރަށް ގިރާތީވެ އަޅުގަނޑުމެން އިންނާނެ މިހާރު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ވެސް ސިޓީއެއް ފޮނުވާފަ އެކަމުގަ،" ރަޝީދު ވިދާޅުވި އެވެ.

ހއ. އުތީމުން ރަށް ގިރުމުގެ ސަބަބުން ފެނުނު އާސާރީ ވަޅެއް.-- ފޮޓޯ: އުތީމު ކައުންސިލް
ހއ. އުތީމުން ރަށް ގިރުމުގެ ސަބަބުން ފެނުނު އާސާރީ ވަޅެއް.-- ފޮޓޯ: އުތީމު ކައުންސިލް

ހއ. އުތީމުން ރަށް ގިރުމުގެ ސަބަބުން ފެނުނު އާސާރީ ވަޅެއް.-- ފޮޓޯ: އުތީމު ކައުންސިލް

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ގުޅިގެން އެ ވަޅު ހިމާޔަތްކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ސިފާމް ވެސް ވިދާޅުވީ، އެ ވަޅަށް މިހާރު ވެސް ރާޅު ޖަހަމުންދާކަމަށާއި އަދި ވަޅާއި މޫދާއި ދޭތެރޭ ގާތްގަނޑަކަށް 10 ނޫނީ 15 ވަރަކަށް ފޫޓުކަމަށް އޭނާ ލަފާ ކުރި އެވެ.

"އެއީ މިހާރު ވެސް ރާޅު ޖަހާ ވަޅު ތެރެޔަށް. އެހެންވެ. ދެން ރަށް ގިރަމުންދާ ވަރަކަށް އެ ވަޅު ގެއްލިގެން ދިޔުމުގެ ބިރު ވެސް އޮތުމުން، ވިހާ ވެސް އަވަހަށް ހިމާޔަތްކުރެވޭތޯ މި ބަލަނީ. ދެން އެއީ ކައުންސިލުން އަދާކުރަން ޖެހޭ ކަމެއް. އެކަމަކު އަޅުގަނޑުމެން ވާނެ އެދިފަ މިހާރު ވެސް، އެއީ އުތީމަކީ އާސާރީ ގޮތުން ރާއްޖޭގައި ވަރަށް މުއްސަނދި ރަށެއް ވީމައާ އެއްކޮށް، ރަށު ރައްޔިތުން ވެސް އެފަދަ ތަންތަނަށް ވަރަށް ލޯބިޖެހި އަމިއްލައަށް ވެސް އެފަދަ ތަންތަން ހިމާޔަތްކުރަން މަސައްކަތް ކުރާތީ،" ސިފާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox