އިޖުރާއަތާ ހިލާފް އަމުރެއް ނެރުމުން މީދޫ އިސް މެޖިސްޓްރޭޓަށް ޖޭއެސްސީން ސުލޫކީ ފިޔަވަޅު އަޅައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން. މީދޫގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބު އިޖުރާއަތާ ހިލާފު އަމުރެއް ނެރުމުން އޭނާގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ވަނީ ނިންމާފަ-- ފޮޓޯ: ރާއްޖެއެމްވީ

ޖުޑިޝަލް ސާވިސް ކޮމިޝަން. މީދޫގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބު އިޖުރާއަތާ ހިލާފު އަމުރެއް ނެރުމުން އޭނާގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ވަނީ ނިންމާފަ-- ފޮޓޯ: ރާއްޖެއެމްވީ

އައްޑޫ ސިޓީ މީދޫގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބު އިޖުރާއަތާ ހިލާފު ބަންދުގެ އަމުރެއް ނެރުމުގެ ސަބަބުން ޖުޑިޝިއަލް ސާވިސް ކޮމިޝަނުން އޭނާގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އެ މައްސަލައިގަ ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތައްޔިބުގެ މައްޗަށް އަޅާ ފިޔަވަޅުގެ ގޮތުގައި ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށެވެ. އެ ކޮމިޝަނުން އެ ގޮތަށް ނިންމެވީ ސެޕްޓެމްބަރު 29 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގަ އެވެ.

ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ މީދޫ އިސް މެޖިސްޓްރޭޓާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައިގައި ސުލޫކީ ފިޔަވަޅު އަޅަން ނިންމާފައިވަނީ މީދޫ ކޯޓުން ބެލި މައްސަލައެއްގައި ދައުވާ ރައްދުވާ ފަރާތް "ގޭގައި" ބަންދުކޮށްފައި ބެހެއްޓުމަށް ކުރި އަމުރަކީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ކުރި އަމުރެއްކަމަށް ވާތީ އެވެ.

ބަންދުގައި ބަހައްޓަންޖެހޭކަމަށް ފަނޑިޔާރަށް ފެންނަ މީހަކު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ފަނޑިޔާރަށް ލިބިދޭ އިހުތިޔާރެއް ނޫނެވެ. އެ ގާނޫނު އޮތްގޮތުން މީހަކު ބަންދުގައި ބެހެއްޓޭނީ ކަސްޓޯޑިއަލް ނުވަތަ ރިމާންޑް ޖަލެއްގަ އެވެ.

ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ ކަމަށް ފެންނަ ހާލަތުތަކުގައި ގޭގައި ބަންދުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަމުން ގެންދިޔަ އުސޫލެކެވެ. އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ވެސް މީހަކު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.

އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކަނޑައަޅުއްވާފައި ވަނީ ގޭގައި މީހުން ބަންދުކުރުމަކީ ކުރިން އަމަލުކުރަމުން ދިޔަ ގޮތެއް ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މީހަކު ގޭގައި ބަންދުކުރުމަށް އަމުރުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ އިހުތިޔާރެއް ނޫން ކަމަށެވެ.

މެޖިސްޓްރޭޓް ތައްޔިބު ކުރި އަމުރު ގާނޫނުއަސާސީއާ ހިލާފްވާކަމަށް ޖޭއެސްސީން ފާހަގަކުރާ، ގާނޫނު އަސާސީގެ 142 ވަނަ މާއްދާގައި ބުނަނީ ފަނޑިޔާރުން މައްސަލަތަކުގައި އަމަލުކުރަން ޖެހޭނީ ގާނޫނުއަސާސީ، ގާނޫނު އަދި އިސްލާމީ ޝަރީއަތާއި އެއްގޮތަށް ކަމަށް އަދި ކަންކަން ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ ކަމަށެވެ.

ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރަނީ، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން އަމަލުކުރަން ވާނެ ކަމަށެވެ.

ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވަނީ މެޖިސްޓްރޭޓް ތައްޔިބުގެ އަމުރަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އަދި ޖޭއެސްސީ ގާނޫނާ ވެސް ހިލާފު އަމުރެއް ކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްްސަލައިގަ ތައްޔިބަށް ނަސޭހަތްދީ، ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގަން ނިންމާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox