ޝިހާމްގެ ގާތިލް އެދެނީ އަވަހަށް "މަރާލަން"، މަރުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފި!

ޝިހާމްގެ ގާތިލް އެދެނީ އަވަހަށް "މަރާލަން"، މަރުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފި!

ތުލުސްދޫ، ބިޖިލީހިޔާ، އަލީ ޝިހާމް 31 ޖުލައި 2014 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު، އުދޯޔެއްގައި އިއްވާ، އޭނާގެ މެޔަށް ވަޅި ޖަހާ މަރާލިކަމަށް އިއުތިރާފްވެފައިވާ މުހައްމަދު ނިޔާޒަށް މަރުގެ ހުކުމް އަވަހަށް ތަންފީޒުކޮށްދޭން ގާތިލްގެ ފަރާތުން އެދިފައި ވަނިކޮށް، ހައިކޯޓުން އޭނާ މަރަން ކުރި ހުކުމް ދަމަހައްޓައިފި އެވެ.

ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ މިއަދު ކުރެއްވި ހުކުމުގައި ވިދާޅުވީ ޝިހާމް މަރާލި ކަމަށް ތަހުގީގުގައިވެސް، އަދި ޝަރީއަތުގެ އެއްވެސް އަޑުއެހުމެއްގައިވެސް ނިޔާޒު އިންކާރުކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމަށް އިއުތިރާފްވެ، ހުކުމް އަވަހަށް ތަންފީޒުކޮށްދެން އެދިފައިވާ ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި މަރަށް މަރު ހިފޭނީ މަރާލި މީހާގެ ވާރިސުން އެކަމަށް ބޭނުންވާނަމަ އެވެ. އެއީ, ވާރިސުންގެ ހައްގެއްގެ ގޮތަށް އޮންނައިރު އެންމެ މީހަކު އެކަމަށް ދެކޮޅު ހެދި ނަމަވެސް, މަރުގެ އަދަބު ކަނޑައެއް ނޭޅޭނެ އެވެ.

Advertisement

ފަނޑިޔާރު ޝުއައިބް ކުރެއްވި ހުކުމުގައި ވަނީ މި މައްސަލައިގައި ވާރިސުންގެ ބަސް ޝަރީއަތަށް ހޯދިއިރު، މަރަށް މަރު ހިފަން ހުރިހާ ވާރިސުން ވެސް ބޭނުންވާ ކަމަށެވެ. އެހެންކަމުން، ނިޔާޒުގެ މައްޗަށް ގަސްތު މަރު ސާބިތުވެފައިވާތީ، އޭނާގެ މައްޗަށް ކަނޑައެޅޭނީ ގިސޯސް ނުވަތަ މަރުގެ އަދަބު ކަމަށް ހުކުމް ކުރެއްވި އެވެ.

ޝިހާމްގެ ވާރިސުންގެ ތެރޭގައި ދުނިޔޭގައި ތިބީ އޭނާގެ އަންހެނުންނާއި، މާމައާއި އޭނާގެ 18 އަހަރު ނުފުރޭ 2 ކުދިންނެވެ. އޭނާގެ އަންހެނުންނާއި މާމަ ވަނީ މުހައްމަދު ނިޔާޒްގެ ކިބައިން ގިސާސް ހިފަން ބޭނުން ކަމަށް ބުނެފަ އެވެ. ޝިހާމްގެ ދެ ދަރިންނަށް އަދި 18 އަހަރު ފުރިފައި ނުވާތީ، އެދެކުދިންގެ ފަރާތުން މަރުގެ ދިޔަ ހިފަން ބޭނުންވާ ކަމަށް ބުނީ އެކުންދިންގެ މަންމަ އެވެ.

އެހެން ނަމަވެސް ދަރިން ބޮޑުވަންދެން މަރުގެ ހުކުމް ތަންފީޒު ނުކުރުން މުހިންމު ކަމަށް ފަނޑިޔާރުން ނިންމި އެވެ. އެއީ ގިސާސް އަކީ ހުރިހާ ވާރިސުންނަށް ލިބިދޭ އަދި ހުރިހާ ވާރިސުން ބައިވެރިވާ ހައްގަކަށް ވާތީކަން ހުކުމުގައި ފާހަގަކުރެއްވި އެވެ. އަދި އެއްވެސް ވާރިސެއްގެ ހައްގު ގެއްލުވާލުމުގެ ބާރު އެހެން ވާރިސަކަށް ނޯންނާނެ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެވަޑައިގަތެވެ.

އެހެންކަމުން ކުޑަކުއްޖާ ބޮޑުވެ ތަސައްރަފު ފުރިގެން އޭނާގެ ބަސް އިއްވާ އިރު ގާތިލަށް މައާފު ދިނުމުގެ އިހްތިމާލު ވެސް އޮންނާނެތީ ތިން ފަނޑިޔާރުން ނިންމެވީ އެދެކުދިން ބޮޑުވެ ތަސައްރަފު ފުރެންދެން މަރުގެ ހުކުމް ތަންފީޒުނުކޮށް މަޑުޖައްސާލުމަށެވެ.

ޝިހާމް މަރާލި މައްސަލައިގައި ނިޔާޒު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ 2014 ވަނަ އަހަރު އެވެ.

ހައިކޯޓުން ނިޔާޒު މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ދަމަހައްޓާފައިވާއިރު، މިހާތަނަށް ރާއްޖޭގައި މިފަދަ ހުކުމެއް ތަންފީޒުކޮށްފައެއް ނުވެ އެވެ.

މަރުގެ އަދަބު އެނާއަށް އިއްވީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރަންކަމަށް ކުރިމިނަލް ކޯޓުން ބުންޏަސް، ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒުވާ ކަމަކަށްވެސް ގަބޫލު ނުކުރާ ކަމަށް ގާތިލް ޝަރީއަތުގައި ބުނެފައިވެ އެވެ. އެހެންކަމުން އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން އޭނާއަށް އިއްވި ހުކުމް ތަންފީޒު ކޮށްދިނުމަށް ވަނީ އެދިފަ އެވެ.

މި މައްސަލަ ހިނގައި ދިޔަ ގޮތް

ކުރިމިނަލް ކޯޓުގެ ހުކުމް ނިޔާޒުގެ ފަރާތުން އިސްތިއުނާފު ނުކުރުމުން، ގާނޫނު ތަންފީޒު ކުރުމުގެ ބޭނުމުގައި ހައި ކޯޓުށް މި މައްސަލަ ހުށަހެޅީ ދައުލަތުގެ ފަރާތުންނެވެ. ހައި ކޯޓުން އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ، މިމަހުގެ 13 ވަނަ ދުވަހު އެވެ. އެދުވަހު އަޑުއެހުމެއް ބޭއްވީ އެއްއަހަރަށް ފަހު، ފަނޑިޔާރުންގެ ބެންޗު ބަދަލުވުމުން އިޖުރާއަތްތަށް ފުރިހަމަ ކުރުމަށްޓަކައި އެވެ.

ކުރިމިނަލް ކޯޓުން އިއްވި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހައިކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ނިޔާޒު ވަނީ، ދައުލަތުން ކޯޓުގައި ވިދާޅުވެފައިވާ ގޮތަށް ޝިހާމު މަރާލި ކަމަށް އިއުތިރާފްވެފަ އެވެ. އެކަމަކު އެއީ މަރާލުމުގެ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އަދި އެކަމަށް ޝިހާމުގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް ބުންޏެވެ.

ފަނޑިޔާރު ޝުއަބު ހުކުމް އިއްވަމުން ވިދާޅުވީ ޝިހާމްއަށް "ހޭއަރުވާލާނެ" ކަމަށް ގާތިލް އޭނާގެ ރަށްޓެހިންތަކެއް ކައިރީ ކުރީބައިގައި ބުނެފައިވާ ކަމަށެވެ. އަދި މައްސަލަ ހިނގައި ދިޔަ ގޮތުގެ ތަފްސީލު ދައުލަތުން ހުށަހެޅި ގޮތާއި، އޭނާ ކިޔައިދިން ގޮތުގައި ތަފާތެއް ނެތް ކަމަށެވެ.

ޝިހާމް މަރާލީ ބަޔަކު ލާރިތަކެއް ދޭން ބުނެގެން ކަމަށް ގާތިލް ހައިކޯޓު މަރުހަލާގައި ބުނެފައިވެ އެވެ. އެކަން ދަށު ކޯޓު މަރުހަލާގައި ކިޔާދީފައި ނުވުމާއި ގުޅިގެން ޝަރީއަތުގައި ސުވާލުކުރުމުން ބުނީ އޭރު ފައިސާގެ ވާހަކަތައް ނުދެއްކީ އޭނާ ބަންދު ކުރިޔަސް އެ ފައިސާ އޭނާގެ އާއިލާ މެމްބަރުންނަށް ބޭނުން ކުރެވޭނެތީ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ލިބިފައި ނެތް ކަމަށް ނިޔާޒު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox