މަސްއޫދަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

މަސްއޫދަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދަށް---

މަސްއޫދަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދަށް---

އަންހެނުން ގޮވައިގެން ސައިކަލްގައި ދުއްވާފައި ދަނިކޮށް، ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެމްބަރު މަސްއޫދު ހިލްމީގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖަހައި، ޒަހަމްކޮށްލި މައްސަލާގައި ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މަސްއޫދަށް ހަމަލާ ދީފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ލ. ފޮނަދޫގަ އެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން މަސްއޫދު ސައިކަލެއްގައި ދަނިކޮށް އެހެން ސައިކަލެއްގައި އައި މީހަކު އޭނާއަށް ހަމަލާދިނުމަށް ފަހު، ފިލި މަންޒަރު ފެނެ އެވެ.

މި މާރާމާރީގެ މައްސަލާގައި އެރޭ ދަންވަރު އަހްމަދު ޝަމީމް، 36 ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އެވެ.

ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު, ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި އެވެ.

ނަމަވެސް އެ މައްސަލަ އަލުން ބަލާ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހައިކޯޓުން އަމުރުކުރުމުންވެސް އެ ނިންމުމަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.

އަހްމަދު ޝަމީމް މަސްއޫދަށް ހަމަލާދޭ މަންޒަރު ދައްކުވާދޭ ވީޑިއޯއެއްގެ ސްކީންޝޮޓެއް--
އަހްމަދު ޝަމީމް މަސްއޫދަށް ހަމަލާދޭ މަންޒަރު ދައްކުވާދޭ ވީޑިއޯއެއްގެ ސްކީންޝޮޓެއް--

އަހްމަދު ޝަމީމް މަސްއޫދަށް ހަމަލާދޭ މަންޒަރު ދައްކުވާދޭ ވީޑިއޯއެއްގެ ސްކީންޝޮޓެއް--

އެއާއެކު ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލުމުގައި އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވެދާނެ ކަމަށް ރިއާޔަތްކޮށްފައި ނެތް ކަމަށެވެ.

އަދި ދޫކޮށްލާފައިވާ މުއްދަތުގައި އޭނާގެ ފަރާތުން އެފަދަ އަމަލެއް ނުފެނުމަކީ މުޖުތަމައުއަށް ނުރައްކާވުމުގެ އިހުތިމާލު ނެތް ކަމެއް ނޫން ކަމަށެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ރިޔާސަތުގައި އިންނަވައިގެން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އެކު، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

މަސްއޫދު
މަސްއޫދު

މަސްއޫދުގެ ކާރުގައި ރޯކޮށްލާފައި.

ދެވަނަ ފަހަރަށް ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އިއްޔެ ހައި ކޯޓުން އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެން ޝަމީމް, ރިމާންޑް ޖަލެއްގައި ބަންދުކުރުމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަސްއޫދުގެ ކާރުގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް ކާރު އަންދާލި އެވެ. އެކަމުގެ ތުހުމަތު ވެސް ކުރަނީ އަހްމަދު ޝަމީމުއަށެވެ. މިހާރު މި މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox