އޭސީ އެއް ގަންނައިރު އެއިން ހަކަތަ ހޭދަކުރާ މިންވަރު ބެލުން މުހިންމު

Oct 26, 2021, 7:42 AM
ހުޅޫމާލޭގައި ހުންނަ ރެޑްވޭވް މެގަ މޯލްގެ މުވައްޒަފެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހުޅޫމާލޭގައި ހުންނަ ރެޑްވޭވް މެގަ މޯލްގެ މުވައްޒަފެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެއަރ ކޮންޑިޝަނާ ނުވަތަ އޭސީއަކީ ރާއްޖޭގެ މޫސުން އޮންނަ ގޮތުން ދިވެހިންނަށް ޒަރޫރީ އެއްޗަކަށް މިއަދު ވަނީ ވެފަ އެވެ. ހޫނުގަދަވެ، އޭސީއަކާ ނުލާ ނޫޅެވޭ ވަރަށް ގިނަ ދިވެހިންގެ ދިރިއުޅުމުގެ އަސާސީ އެއްޗަކަށް އޭސީ ވެގެން ގޮސްފައިވާއިރު، ބޭނުންކުރާ އޭސީ އަކީ ކޮލިޓީ ރަނގަޅު ފީޗާތަކެއް އެކުލެވިގެންވާ އޭސީއެއްތޯ ބަލައިލުން ވަރަށް މުހިންމެވެ.

ރެޑްވޭވްގެ ފިހާރަތަކަށް މިހާރު ލިބިފައިވާ، ޝާޕް ބްރޭންޑުގެ އޭސީ ހާއްސަ ވަނީ މިހެންވެގެންނެވެ.

"އެނާޖީ ކޮންސަންޕްޝަން" ނުވަތަ ހަކަތަ ހޭދަކުރާ މިންވަރު ކަނޑައެޅުމަށް މެލޭޝިއާގެ ސަރުކާރުން އެކުލަވާލާފައިވާ ރޭޓިންއިން ޝާޕް އޭސީ އަށް ފަސްތަރި ލިބިފައިވެ އެވެ. އެ ރޭޓިންގ އަށް ބަލާއިރު ޝާޕް އޭސީ އަކީ އެންމެ ބޮޑަށް ކަރަންޓު ހަރަދު ކުޑަކޮށްދޭ ޕްރޮޑަކްޓުގެ ގޮތުގައި ވެސް ވަނީ ކަނޑައެޅިފަ އެވެ. ޝާޕް އޭސީއިން ކަރަންޓު ހަރަދު އެހައި ކުޑަކޮށްދެނީ އެ އޭސީގައި ބޭނުންކުރާ، ޖަޕާންގެ މޮޅު ޖޭޓެކް އިންވާޓަރުގެ އެހީގަ އެވެ.

ރެޑްވޭވުން ވިއްކާ ޝާޕް ބްރޭންޑުގެ އޭސީއެއް. -- ފޮޓޯ: ރެޑްވޭވް
ރެޑްވޭވުން ވިއްކާ ޝާޕް ބްރޭންޑުގެ އޭސީއެއް. -- ފޮޓޯ: ރެޑްވޭވް

ރެޑްވޭވުން ވިއްކާ ޝާޕް ބްރޭންޑުގެ އޭސީއެއް. -- ފޮޓޯ: ރެޑްވޭވް

ހަމަ މިއާއިއެކު ޝާޕް ބްރޭންޑްގެ އޭސީއަކީ އޭގައި ބޭނުންކޮށްފައިވާ ޕްލަޒްމާކްލަސްޓާ ޓެކްނޮލޮޖީގެ ސަބަބުން މާހައުލުގެ ވައި ވަރަށް އަވަހަށް ތާޒާކޮށްދޭ އޭސީއެކެވެ. ޕްލަޒްމާކްލަސްޓާ އަޔަން ޓެކްނޮލޮޖީއަކީ ޝާޕް އިލެކްޓްރޯނިކްސް ކޯޕަރޭޝަނުން 2000 ވަނަ އަހަރު އުފައްދާފައިވާ ވައި ސާފުކޮށްދޭ ނިޒާމެކެވެ. އެގޮތުން، މި ނިޒާމުގައި ޕޮޒިޓިވް އަދި ނެގެޓިވް އަޔަންސް ވައިގެ ތެރެއަށް ފޮނުވާލާ ވައިގެ ތެރޭގައި ހުންނަ ބެކްޓީރިއާ އަދި ވައިރަސްތައް ނެތިކޮށްލަ އެވެ.

މީގެ އިތުރުން ވެސް، ޝާޕް އޭސީ އިން "ޖެޓް އެއާ ކޫލިން" ގެ އެހީގައި ހަލުވިކަމާއެކު ތާޒާ ވައި ކޮޓަރިތެރެއަށް ފޮނުވާލާ އަވަހަށް ފިނިކޮށްދެ އެވެ. މި އޭސީ ތައްޔާރުކޮށްފައި ވަނީ އޭގެ ފިލްޓާ ފަސޭހަކަމާއެކު ނައްޓާލައި ސާފު ކޮށްލެވޭނެ ފަދަ ގޮތަކަށެވެ.

މި އޭސީގެ ހަތަރު ސައިޒެއް، އެއް އަހަރު ދުވަހުގެ ވޮރަންޓީއާއެކު މި ވަގުތު ރެޑްވޭވުން ލިބެންހުރި އިރު، ފާހަގަކޮށްލެވެނީ ޝާޕް ބްރޭންޑަކީ ދިވެހިންގެ ފުރިހަމަ އިތުބާރު ހޯދާފައިވާ ވަރަށް ކޮލިޓީ ރަނގަޅު ބްރޭންޑެއް ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox