ފެމެލީ ކޯޓުގައި ހުކުމް އިއްވުމަށްފަހު އެއަށް އިތުރު ކުރި އިބާރާތެއް ހައިކޯޓުން ބާތިލްކޮށްފި

ހައިކޯޓު: ހުކުމަށް އިތުރުކުރި އިބާރާތެއް ވަނީ ބާތިލްކޮށްފައި

ހައިކޯޓު: ހުކުމަށް އިތުރުކުރި އިބާރާތެއް ވަނީ ބާތިލްކޮށްފައި

އާއިލީ މައްސަލައެއްގައި ފެމެލީ ކޯޓުން ހުކުމް އިއްވުމަށްފަހު, އެ ހުކުމް ދޫކުރިއިރު އެއަށް އިތުރުކޮށްފައިވާ އިބާރާތެއް ހައިކޯޓުން ބާތިލްކޮށްފި އެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަކީ, ދެމަފިރިއަކު ކޯޓު މެދުވެރިކޮށް ވަރިވުމަށްފަހު ދަރިންނާ އަނބިމީހާ ހަވާލުވި އެވެ. އަދި ފިރިމީހާއަށް ދަރިންނާ ބައްދަލު ކުރެވޭނެ އިންތިޒާމްތަކަށް އެއްބަސްވި އެވެ.

ނަމަވެސް, އެއްބަސްވި ގޮތަށް ދަރިންނާ ބައްދަލުވުމުގެ ކަންކަން ނުހިނގާ ކަމަށް ބުނެ, ކޯޓު މެދުވެރިކޮށް އެކަންކަން ހަމަޖެއްސުމަށް ފެމެލީ ކޯޓުގައި ފިރިމީހާ ދައުވާކުރި އެވެ.

އޭނާ ދައުވާކުރީ ދަރިންނާ ބައްދަލު ކުރެވޭނެ ވަގުތުތަކެއް ކަނޑައެޅުމަށާއި ވަކި ބަޔަކާއެކު ބޭރަށް ނުދެވޭނެ ގޮތަށް މަނާކޮށްދިނުމަށާއި ބޭނުން ކޮންމެ ގަޑިއެއްގައި ފޯނުން ގުޅޭނެ ގޮތް ހެދުމަށާއި ބޮޑު ކަމެއް ވެއްޖެނަމަ އޭނާއަށް އެންގުން ފަދަ ކަންކަމަށެވެ.

ނަމަވެސް, ކޯޓުން މެދުވެރިކޮށް ދަރިންނާ ގުޅޭ ގޮތުން އެ ދެ މީހުން ސުލްހަވެރި އެއްބަސްވުމަކަށް އައި އެވެ. އެއްބަސްވީ ދެ ކަމަކަށެވެ. އެއީ, ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 3:00 އިން 6:30 އަށް ދަރިން ބައްޕަ ކައިރިއަށް ފޮނުވުމަށާއި ހޯމަ, އަންގާރަ އަދި ބުރާސްފަތީގައި ހަގު ދަރިފުޅު ސްކޫލަށް ލާން ދިޔުމަށް ބައްޕައަށް ފުރުސަތު ދިނުމަށެވެ.

ދެ ފަރާތުން މިގޮތަށް ރުހި އެއްބަސްވުމުން ފެމެލީ ކޯޓުން ވަނީ މައްސަލާގައި ހުކުމް އިއްވަވާފަ އެވެ. ހުކުމްގައި އަންހެންމީހާގެ މައްޗަށް އަމުރުކުރީ ދަރިންނާ ގުޅޭ ގޮތުން ފިރިހެން މީހާއަށް މަތީގައިވާ ދެ ކަންތަކަށް ފުރުސަތު ދިނުމަށެވެ.

ނަމަވެސް, ހުކުމް އިއްވި ފަހުން ފިރިހެން މީހާ ވަނީ އެމީހުންގެ ފިރިހެން ދަރިފުޅު ހުކުރު ދުވަހު ހުކުރަށް ގެންދިޔުމުގެ ފުރުސަތު ވެސް ބޭނުންވާ ކަމަށް ބުނެފަ އެވެ. އެއީ, މައްސަލާގެ އެއްވެސް މަރުހަލާއެއްގައި އޭނާ ކުރިން ފާހަގަކޮށްފައި އޮތް ކަމެއް ނޫނެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަން އަންހެން މީހާއަށް ފުރުސަތު ލިބިފައިނުވެ އެވެ. ނަމަވެސް, ކޯޓުން އޭނާއަށް މައްސަލާގެ ރިޕޯޓް ދޫކުރި ހުކުމަށް ވަނީ އެބައި އިތުރުކޮށްފަ އެވެ. އަދި ހުކުރު ނަމާދަށް ދަރިފުޅު ގެންދަން ފުރުސަތު ދިނުމަށް އަމުރުކޮށްފަ އެވެ.

އެހެންވެ, އެ އިބާރާތް ބާތިލްކުރަން އަންހެންމީހާ ހައިކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

ހައިކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނީ ހުކުމް އިއްވާ ނިމުމަށްފަހު، އެ ހުކުމަށް އަލުން ބައެއް އިތުރު ކުރުމާއި އެ ހުކުމުން ބައެއް އުނިކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. އާންމު އުސޫލަށް ބަލާއިރުވެސް ނިޔާއެއް ކަނޑައެޅުމަށްފަހު، ހަމަ އެފަރާތުން ސަބަބު ދައްކައި، ހުކުމް ބަދަލުކުރާ ގޮތަށް ހަމަޖެހިފައެއް ނެތް ކަމަށެވެ.

އަދި ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫންކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ.

"ހުކުމަށް ބަދަލު ގެނައުމާއި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިޔުމުގައި ޖެހޭ ލިޔުމުގެ ކުށް އިސްލާހުކުރުމާއި އެއީ މުޅިން ތަފާތު ދެކަމެއް, ލިޔުމުގެ ކުށްތަކަކީ އިސްލާހު ކުރެވިދާނެ ކުށްތަކެއް. ހުށަހެޅިފައިވާ މައްސަލައަކީ ލިޔުމުގެ ކުށުގެ މައްސަލައެއް ނޫން ނަމަވެސް ހުކުމަށް ބައެއް އިތުރުކުރި ކަމުގެ މައްސަލަ," ހުކުމްގައިވެ އެވެ.

އެހެންވެ, ހައިކޯޓުން ކަނޑައެޅީ މައްސަލާގެ ހުކުމަށް ހުކުރަށް ގެންދިޔުމުގެ ބައި އިތުރު ކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. ފެމެލީ ކޯޓު ހުކުމްގެ އެ އިބާރާތް ހައިކޯޓުން ބާތިލްކުރީ އެވެ.

ނަމަވެސް, ހައިކޯޓުން ބުނި ގޮތުގައި ފިރިހެން ދަރިފުޅު ހުކުރަށް ގެންދިއުމަށް އޭނާގެ ބައްޕައަށްވުރެ ވަކިން އިސްކަންދޭންޖެހޭ އެހެން މީހަކު ހުރެދާނެ ކަމަކަށް ނުދެކެ އެވެ. އެކަމަކު މި މައްސަލައަކީ ފިރިހެން ދަރިފުޅު ހުކުރަށް ގެންދިއުމުގެ ނުކުތާއާއި ގުޅޭ މައްސަލައެއް ނޫން ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox