ދުބާއީ އެކްސްޕޯ 2020 ގައި މިއަދަކީ ރާއްޖެ އަށް ހާއްސަ ދުވަސް

ދުބާއީ އެކްސްޕޯ 2020 ގައި ހުރި ރާއްޖޭގެ ޕެވިލިއަންގެ ތެރެއިން. -- ފޮޓޯ: އަދަދު

ދުބާއީ އެކްސްޕޯ 2020 ގައި ހުރި ރާއްޖޭގެ ޕެވިލިއަންގެ ތެރެއިން. -- ފޮޓޯ: އަދަދު

މިއަދަކީ މިހާރު ދުބާއީގައި ކުރިއަށްދާ އެކްސްޕޯ 2020 ގައި ރާއްޖެއަށް ހާއްސަކޮށްފައިވާ ދުވަހެވެ.

އޮކްޓޫބަރު 1 އިން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކުރިއަށްދާ އެކްސްޕޯގައި ރާއްޖޭގެ އޮނާ ޑޭ ފާހަގަކުރުމަށް މިއަދު ހާއްސަ ހަފުލާއެއް ވަނީ ބާއްވާފަ އެވެ. މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގަތް ވާހަކަ ދައްކަވާފަ އެވެ.

އެމަނިކުފާނު ވަނީ މިއެކްސްޕޯ އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ހަރަކާތެއް ކަމަށް ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ އޮނާ ޑޭ ފާހަގަކުރުމުގެ ގޮތުން މުޅި އެކްސްޕޯގެ ސައިޓުގައި ރާއްޖޭގެ އެކިއެކި ސަގާފީ ހަރަކާތްތަށް ދަނީ ކުރިއަށް ގެންދަމުންނެވެ.

"ކަނެކްޓިން މައިންޑްސް، ކްރިއޭޓިން ދަ ފިއުޗާ" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ އެކްސްޕޯގެ އަމާޒަކީ، އިންގިލާބީ އީޖާދުތަކާއި ތަފާތު ހިޔާލުތައް، އެއްތަނަކުން ދައްކައި ދިނުމެވެ. އަދި މި ހިޔާލާއި ވިސްނުމުގެ ތެރެއިން، އިންސާނިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކޮށްދިނުމަކީ މި އެކްސްޕޯގެ އެއް އަމާޒެވެ.

ދުބާއީ އެކްސްޕޯ 2020 ގައި ރާއްޖޭގެ ޕެވިލިއަން. -- ފޮޓޯ:އަދަދު
ދުބާއީ އެކްސްޕޯ 2020 ގައި ރާއްޖޭގެ ޕެވިލިއަން. -- ފޮޓޯ:އަދަދު

ދުބާއީ އެކްސްޕޯ 2020 ގައި ރާއްޖޭގެ ޕެވިލިއަން. -- ފޮޓޯ:އަދަދު

އެކްސްޕޯ 2020 ގެ ތިން ޑިސްޓްރިކްޓްގެ ތެރެއިން، ރާއްޖޭގެ ޕެވީލިއަން ގާއިމުކޮށްފައި ވަނީ "ސަސްޓައިނަބިލިޓީ" ޑިސްޓްރިކްޓަގަ އެވެ. ރާއްޖެގެ ޕެވީލިއަނުން ރަމްޒުކޮށްދޭ ރީތި ގުދުރަތީ މަންޒަރުތަކުގެ އިތުރުން، ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ބޭނުންކުރާ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމާއި ސިޔާސަތުތަކާއި، ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކައިދޭނެ އެވެ.

އެކްސްޕޯގެ ފުރަތަމަ ހަފުތާ ނިމިގެން ދިޔަ އިރު، ރާއްޖޭގެ ޕެވީލިއަނަށް ދައުލަތުގެ އިސް ބޭފުޅުން ވަނީ ޒިޔާރަތް ކުރައްވާފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޔޫއެންޖީއޭ ގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އެންވަޔަރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވަ އެވެ.

ދުބާއީ އެކްސްޕޯ 2020 ގައި ރާއްޖޭގެ ޕެވިލިއަންގެ ތެރެއިން. -- ފޮޓޯ:އަދަދު
ދުބާއީ އެކްސްޕޯ 2020 ގައި ރާއްޖޭގެ ޕެވިލިއަންގެ ތެރެއިން. -- ފޮޓޯ:އަދަދު

ދުބާއީ އެކްސްޕޯ 2020 ގައި ރާއްޖޭގެ ޕެވިލިއަންގެ ތެރެއިން. -- ފޮޓޯ:އަދަދު

މި އެކްސްޕޯގައި 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ. މިއީ ރާއްޖޭގެ މިއުޒިކް، ސަގާފަތް، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އީޖާދުތަކުގެ އިތުރުން އިނޮވޭޝަންތައް ދުނިޔޭގެ އެކި ގައުމުތަކަށް ދައްކާލަން ލިބުނު ރަނުގެ ފުރުސަތެކެވެ.

ކޮންމެ ހަފުތާއަކުވެސް ރަސްމީ ބަންދު ދެ ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭނގަޑު 10:00 އަށް އެކްސްޕޯ ކުރިއަށްގެންދެ އެވެ. ހަފްތާ ބަންދު ދެ ދުވަހު އެކްސްޕޯ ކުރިއަށް ގެންދަނީ ހެނދުނު 10:00 އިން މެންދަމު 02:00 އަށެވެ.

މި އަހަރުގެ އެކްސްޕޯއަށް 18 އަހަރުން ދަށުގެ ކުޑަކުދިންނާއި ކިޔަވާ ކުދިންނާއި ދުވަސްވީ މީހުން އަދި ނުކުޅުދެންތެރިކަން ހުރި މީހުނަށް ހިލޭ ވަދެވޭގޮތަށް ވަނީ އިންތިޒާމުކޮށްފަ އެވެ.

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox