ސަލާމަތްކުރި ދޫނީގެ ހާލުދެރަ، އީޕީއޭގެ އިލްތިމާސަކީ ދޫނި ނުހިފުން

ކުޅުދުއްފުށި ސިޓީއިން ފެނުނު ގުޑުގުޑާ ދޫންޏެއް. ބާރަށުން ސަލާމަތްކުރި ގުޑުގުޑާ ދޫންޏެއްގެ ހާލު ދެރަވެފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފަ. ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް ޓްވިޓާ.

ކުޅުދުއްފުށި ސިޓީއިން ފެނުނު ގުޑުގުޑާ ދޫންޏެއް. ބާރަށުން ސަލާމަތްކުރި ގުޑުގުޑާ ދޫންޏެއްގެ ހާލު ދެރަވެފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފަ. ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް ޓްވިޓާ.

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ސަލާމަތްކޮށް، ޅ. މާކޯ ކުޅިއަށް ރިހެބިލިޓޭޓްކުރަން ބަދަލުކުރި ގުޑުގުޑާ ދޫނީގެ ހާލު ވަރަށް ދެރަކަމަށް އެ އެޖެންސީން ބުނެފި އެވެ.

އެ ދޫންޏަކީ މޫސުމީ ހިޖުރައިގައި ރާއްޖެއަށް އައި ގުޑުގުޑާ ދޫންޏެކެވެ. ދޫނި ސަލާމަތްކޮށްފައިވަނީ ހއ. ބާރަށުން ބަޔަކު އޭތި ހިފައިގެން އޭގެ ފިޔަކޮށާލައިގެން ގެންގުޅެނިކޮށެވެ.

ގުޑުގުޑާ ދޫންޏަކި ވަރަށް ނާޒުކު ޖަނަވާރެއްކަމުން، އެޔަށް އެންމެ އެދެވޭ ރިހެބިލިޓޭޝަން ފެސިލިޓީތަކާއި، ބޭނުންވާ ފެންވަރުގެ ފަރުވާ ރާއްޖެއިން ލިބެން ނެތުމުން، އަނިޔާވެފައިވާ ނުވަތަ ހިފައިގެން ގެންގުޅެފައިވާ ދޫންޏެއް އަލުން ރިހެބިލިތޭޓްކޮށް ފަރުވާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އީޕީއޭއިން ބުނެ އެވެ.

މި ސަބަބަކީ، އެފަދަ ދޫނިތައް ހިފައިގެން ނުގެންގުޅެންވީ އެތައް އެތައް ސަބަބުތަކުގެ ތެރެއިން އެއް ސަބަބުކަމަށް ވެސް އީޕީއޭއިން ބުނެ އެވެ.

އީޕީއޭއިން އެ ދޫނި ސަލާމަތްކުރި ދުވަހު ބުނި ގޮތުގައި، އެ ދޫނީގެ ފިޔަ ކޮށާލާފައި ހުރުމުން، އެ ދޫންޏަށް ނުއުދުހެވޭނެތީ، އެއާއެކު ރާއްޖެއަށް އައި އެހެން ދޫނިތަކާއެކު އަބުރާ ދިޔުމުގެ ފުރުސަތު ނެތެވެ. އެ ދޫނި ސަލާމަތްކޮށްފައިވަނީ، ގުޑުގުޑާ ދޫންޏެއް ހިފައިގެން 30،000 ރުފިޔާއަށް އޮންލައިންކޮށް ވިއްކަން ޖަހާފައި އޮތް މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެހެންކަމުން އެ ދޫނި މިހާރު ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމުގެ ގޮތުން ބަދަލުކުރީ، ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ މާކޯ އަށެވެ. ގުޑުގުޑާ ދޫންޏަކީ އާއްމުކޮށް ރާއްޖެއިން ފެންނަ ބާވަތެއްގެ ދޫންޏެއް ނޫނެވެ. އެހެންނަމަވެސް މީގެ ކުރިން ވެސް މޫސުމީ ހިޖުރައިގެ ދުވަސްވަރު ރާއްޖެއިން އެ ދޫނި ފެނިފައި އެބަ ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox