ޕީއެސްޖީ އާއި މާސޭގެ ކުރިމަތިލުން އެއްވަރު

Oct 25, 2021, 2:34 AM
މާސޭގެ އުންޑެއާ (ވ) ކައިރިން ޕީއެސްޖީގެ މެސީ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.

މާސޭގެ އުންޑެއާ (ވ) ކައިރިން ޕީއެސްޖީގެ މެސީ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.

ޕެރިސް (އޮކްޓޫބަރު 25) - ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުން ރަށުންބޭރުގައި ވަރުގަދަ މާސޭއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ 11 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ރޭ މެޓްޒް އަތުން 4-1 އިން މޮޅުވި ލެންސް އޮތީ 11 މެޗުން 21 ޕޮއިންޓް ހަމަކޮށްގެން ދެ ވަނައިގަ އެވެ. އަމިއްލަ ދަނޑުގައި 3-2 އިން ލިޔޯން ބަލިކުރި ނީސް ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 10 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް މާސޭ އާއި ފަހެއްގައި އޮތް ރެނެސް އަށް ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. މާސޭ އަށް ވުރެ ރެނެސް އެއް މެޗު އިތުރެވެ.

މާސޭ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނޭމާ ޖެހި ޝޮޓެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ލުއާން ޕެރޭޒް އަތުން ބައިކޮޅަށް ގޯލެއް ވަނެވެ. އެކަަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. އެއީ ނޭމާ އޮފްސައިޑްގައި ހުރުމުންނެވެ.

Advertisement

އޭގެ ފަހުން މާސޭގެ ޕޮލެންޑް ފޯވާޑް އާކަންޑިއުޝް މިލިކް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ. ވީއޭއާރް އިން މި ގޯލު ބަލައިނުގަންނަން ނިންމީ މިލިކަށް އެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ޕޯލް ލިރޯލާ އޮފްސައިޑް ވުމުންނެވެ.

ޕީއެސްޖީގެ ލިއޮނަލް މެސީ ބޮލުން ޖެހި ބޯޅައެއް ކީޕަރު ޕައު ލޮޕޭޒް އަތުގައި ޖެހިފައި ބޭރުވީ ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ. މާސޭގެ ޗެންގިޒް އުންޑެއާ ޖެހި ޝޮޓެއް ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި އުންޑެއާ އަށް ކުރި ފައުލަކަށް ޕީއެސްޖީގެ ފުލްބެކް އަޝްރަފް ހަކީމީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މެޗުގެ ފަހު 30 ވަރަކަށް މިނިޓް ޕީއެސްޖީން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުގެ ދެ ހާފްގައި ވެސް ރެފްރީ އަށް އެކި ފަހަރުމަތިން މެޗު ހުއްޓާލަން ޖެހުނެވެ. އެއީ ސަޕޯޓަރުންގެ ހަރަކާތްތައް ހުރި ގޮތުންނެވެ. ޕީއެސްޖީގެ ނޭމާ ކޯނަރުނަގަން ދިޔަތަނުން ފުޅިފަދަ ތަކެތި ދަނޑަށް އުކިިއިރު، ދެ ވަނަ ހާފްގައި ސަޕޯޓަރަކު ވަނީ މެސީ ގައިގައި އަތްލަން ދަނޑަށް އަރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox