އޮޑިޓުގައި އިންޑިއާ އިން ރާއްޖެއަށް ވެދޭ އެހީގެ މުއްދަތު އިތުރުކޮށްފި

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ (ކ) އަދި ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް ގިރީޝް ޗަންދްރަ މުރްމޫ: މިއަދު ސޮއިކުރެވުނީ އޮޑިޓޫ ދާއިރާއިން މައުލޫމާތު ބަދަލުކޮށް ގާބިލިއްޔަތު އިތުރުކުރަން. -- ފޮޓޯ: އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ (ކ) އަދި ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް ގިރީޝް ޗަންދްރަ މުރްމޫ: މިއަދު ސޮއިކުރެވުނީ އޮޑިޓޫ ދާއިރާއިން މައުލޫމާތު ބަދަލުކޮށް ގާބިލިއްޔަތު އިތުރުކުރަން. -- ފޮޓޯ: އޮޑިޓާ ޖެނެރަލް އޮފީސް

ރާއްޖޭގެ އޮޑިޓާ ޖެނެރަލް އޮފީހާއި އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލާ އެކު ޕަބްލިކް އޮޑިޓިން ދާއިރާއިން ގުޅުން ވަރުގަދަކޮށް ގުޅިގެން މަސައްކަތްކުރަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖެ އާއި އިންޑިއާގެ އޮޑިޓު އޮފީހުން އޮޑިޓު ދާއިރާއިން އެއް ގައުމު އަނެއް ގައުމަށް އެހީތެރިވުމަށް ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކުރީ 2008 ގަ އެވެ. މިއަދު ސޮއި ކުރީ އެ އެއްބަސްވުން އާކުރާށެވެ.

ރާއްޖެއާ އިންޑިއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ފަރާތަށް ފައިދާވާ ގޮތަށް ޕަބްލިކް އޮޑިޓިންގައި ބޭނުންކުރާ އުކުޅުތަކާއި މައުލޫމާތު ހިއްސާކުރާނެ އެވެ. އަދި މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކުރަން ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އޮޑިޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ އެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓާ ޖެނެރަލްގެ ދައުވަތަކަށް މިހާރު ރާއްޖެ އައިސްގެން އުޅުއްވާ އެ ގައުމުގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް ގިރީޝް ޗަންދްރާ މުރްމޫ އެވެ.

މި އެއްބަސްވުމާ ގުޅިގެން ނިޔާޒީ ވިދާޅުވި ގޮތުގައި މިއީ މިހާރު ވެސް ދެ ގައުމު ގުޅިގެން މި ދާއިރާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކަމެއް ދާނެ އެވެ. އަދި ވިދާޅުވީ އޮޑިޓު ދާއިރާގެ މަސައްކަތްތައް ފުޅާކޮށް ގާބިލިއްޔަތު އިތުރުކުރަން ބޭނުންޖެހިފައި އޮތް ވަގުތެއްގައި މި ލިބުނީ ބޭނުންކުރަން މުހިންމު ފުރުސަތެއް ކަމަށެވެ.

ނިޔާޒީ ވިދާޅުވީ ރާއްޖޭގެ އޮޑިޓަރުންގެ ފެންވަރު ރަނގަޅުކުރަން އިންޑިއާއިން ފަންޑުކޮށްގެން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ވެވުނު އެއްބަސްވުމުގެ ދަށުން ވެސް ލިބުނު ކަމަށެވެ. އަދި އުއްމީދަކީ މި އެއްބަސްވުމާ އެކު އިތުރު ފުރުސަތުތަކެއް ލިބިގެން ދިޔުން ކަން ފާހަގަކޮށް އޭނާ ވަނީ އޮޑިޓު ދާއިރާއަށް އިންޑިއާއިން ވެދީފައިވާ އަދި ވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް ގިރީޝް ޗަންދްރަ މުރްމޫ އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: އޮޑިޓާ ޖެނެރަލް އޮފީސް
އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް ގިރީޝް ޗަންދްރަ މުރްމޫ އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: އޮޑިޓާ ޖެނެރަލް އޮފީސް

އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް ގިރީޝް ޗަންދްރަ މުރްމޫ އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: އޮޑިޓާ ޖެނެރަލް އޮފީސް

މި ރަސްމިއްޔާތުގައި މުރްމޫ ވިދާޅުވީ މި ގުޅުމުން އެންމެ ބޮޑު އިސްކަމެއް ދެނީ މުސްތަގުބަލުގެ ޖީލުތަކާ ހަމައަށް ގުދުރަތީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ގޮތުން އދ. އިން އެކުލަވާލީ ދެމެހެއްޓިވިނި ތަރައްގީގެ ލަނޑުދަނޑި (ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް/އެސްޑީޖީ) ތަކަށް ކަމަށެވެ.

މިކަމަށް އަލިއަޅުވާލަމުން މުރްމޫ ވިދާޅުވީ، މިއާއެކު އަލަށް އުފަންވެގެން އުޅޭ އޮޑިޓިން ކޮންސެޕްޓެއް ކަމުގައިވާ ނެޗުރަލް ރިސޯސް އެކައުންޓިން މުހިންމު ކަމަށެވެ. އަދި މި ދާއިރާއިން އިންޑިއާއަށް ލިބިފައިވާ އިލްމާއި ގާބިލިއްޔަތު ރާއްޖެއާ ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ ކުރިން ވާހަކަ ދެއްކެވި ނިޔާޒީ ވެސް ވަނީ ތިމާވެއްޓާ ގުޅުންހުރި އޮޑިޓިންގެ ދާއިރާގައި ރާއްޖޭގެ ގާބިލިއްޔަތު އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ވެސް އިންޑިއާގެ އެހީތެރިކަމާ އެކު މި ދާއިރާއިން ތަމްރީނުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox