އަމިއްލަ ފަރާތަކުން އިމާރާތްކޮށް ސަރުކާރަށް ހަދިޔާކުރި ޕްރީސްކޫލް ހުޅުވައިފި

ނައުބު ރައީސް ފައިސަލް ނަސީމް، މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުއްވައިދެއްވަނީ. -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ނައުބު ރައީސް ފައިސަލް ނަސީމް، މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުއްވައިދެއްވަނީ. -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަމިއްލަ ފަރާތަކުން އިމާރާތްކޮށް ސަރުކާރަށް ހަދިޔާކުރި ޕްރީސްކޫލް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

މިއަދު ހުޅުވި މުހައްމަދު ގާސިމް ޕްރީސްކޫލަކީ، މުހައްމަދު ގާސިމްގެ ދަރިފުޅު، އަލީ ފިރާގު އޭނާގެ ބައްޕަ މުހައްމަދު ގާސިމްގެ ހަނދާނުގައި އިމާރާތްކުރި ސްކޫލެކެވެ. މި ސްކޫލްގައި 10 ކްލާސްރޫމާއި، ހޯލު އަދި އިދާރީ ހިންގުމަށް ބޭނުންވާ ކޮޓަރިތައް ހިމަނެ އެވެ.

މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި މި ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ނައިބު ރައީސް ވިދާޅުވީ މި ސްކޫލު ހުޅުމާލޭގައި ހުޅުވިގެން މިދިޔައީ ވަރަށް އެކަށޭނަ ވަގުތެއްގައި ކަމަށެވެ. އެމަނިކުފާނު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުންދާ މިންވަރާ އެކަށީގެންވާ ވަރަށް ސްކޫލްތައް ބިނާކޮށްފައި ނެތުމުން ގިނަ ދަތިތަކަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާކަމަށްވެސް ވިދާޅުވެފަ އެވެ.

މި ދަތިތަކަށް ހައްލުހޯދައިދުނުމަށް ސަރުކާރުން މިހާރުވެސް ހުޅުމާލޭގައި ދެ ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތައުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާ އެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުޅުވި މުހައްމަދު ގާސިމް ޕްރީސްކޫލަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށް ސަރުކާރަށް ހަދިޔާކުރި ސްކޫލެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ތަނަވަސްކަމުގެ އަހުލުވެރިންނަށް މުޖުތަމައަށް ފައިދާހުރި ހެޔޮ ކަމެއްކޮށްދެވެން ފުރުސްތު އޮތް ކޮންމެ ހާލަތެއްގައި އެކަމެއް އެންމެ އެކަށޭނަގޮތަކަށް ކޮއްދެއްވުމަށް ބާރުއަޅުއްވާފަ އެވެ. އަދި މިއީ ދުނިޔެއާއި އާހިރަތުގައިވެސް އޭގެ ސަވާބާއި ދަރުމަ އެމީހަކަށް ލިބޭނެކަމެއް ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ އޮގަސްޓް 10 ވަނަ ދުވަހު ތައުލީމުގެ ގާނޫނުގެ ދަށުންވެސް ޕްރީސްކޫލު ތައުލީމަކީ ސަރުކާރުން ހިލޭ ފޯރުކޮށްދޭނެ ޖެހޭ ތައުލީމީ މަރުޙަލާއަކަށް ވަނީ ވެފަ އެވެ. އަދި، ޕްރީސްކޫލް ތައުލީމަކީ މަޖުބޫރު ތައުލީމެއްގެ ގޮތުގައި ކަނަޑައެޅި ގާނޫނުގެ ދަށުން ޕްރީސްކޫލް ތައުލީމު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ފޯރުކޮށްދޭންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox