ޓާފް ދަނޑު ހުޅުވި މެޗުގައި ގައުމީ ޓީމުން ކުޅުދުއްފުށި ބަލިކޮށްފި

Oct 23, 2021, 2:52 PM
ކުޅުދުއްފުށީ ކުޅުންތެރިއަކު ކައިރިން ދަގަނޑޭ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް އިދާރާ

ކުޅުދުއްފުށީ ކުޅުންތެރިއަކު ކައިރިން ދަގަނޑޭ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް އިދާރާ

ސަރުކާރުގެ ހަރަދުގައި ހދ. ކުޅުދުއްފުށީގައި އެޅި ޒިގްޒެގް ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު ހާއްސަ މެޗުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިއަދު 6-0 އިން ކުޅުދުއްފުށީ ޓީމު ބަލިކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މި މެޗު ޝަރަފްވެރިކޮށްދެއްވައި މެޗު ކިކްއޮފް ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ޒުވާނުންގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާއިރު، މިއަދުގެ މެޗުގައި ގައުމީ ޓީމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ކުޅުއްވައިފަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުމުން ދަނޑު ކައިރިއަށް އެއްވެ، ތިބި މީހުންނާ މުހާތަބުކޮށް މިނިސްޓަރު މަހުލޫފް ވިދާޅުވީ ދަނޑު ހުޅުވި ނަމަވެސް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި ލައިޓް ހަރުކުމާއި ރޮސްޓްރަމެއް ހެދުމުގެ މަސައްކަތްތައް ވެސް ކުރެވިގެންދާނެ ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއްވެސް ގާއިމްކުރަށް މަަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެެވެ.

ގައުމީ ޓީމުން މި މަހު ނިމުނު އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ފަހު ކުޅުންތެރިންނަށް ބްރޭކެއް ދިނުމަށް ފަހު ފުރަތަމަ ފަހަރަށް މިއަދު މެޗަކަށް ނުކުތްއިރު، އަނިޔާގެ ސަަބަބުން ކީޕަރު މުހައްމަދު ފައިސަލް އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނުކުޅެ އެވެ.

އަނެއްކޮޅުން ޒުވާން ފުލްބެކް ހައިޝަމް ހަސަން (ބިޑި) ހުރީ 23 އަހަރުން ދަށުގެ ޓީމާ އެކު ބަހްރޭނުގަ އެވެ. އަދި ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ވެސް މި ވަގުތު ހުރީ ޒުވާން ޓީމާ އެކު އެވެ.

މިއަދުގެ މެޗުގައި ކުޅުނީ ވިހި މިނިޓްގެ ދެ ހާފް އެވެ. މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ގައުމީ ޓީމަށް ލީޑުނަގައިދީފަ އެވެ. އަލީ ފާސިރު (ސެންޓޭ) ދިން ބޯޅަ ދަގަނޑޭ ވަނީ ކުޅުދުއްފުށީ ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ 13 ވަނަ މިނިޓްގައި ނާއިޒު ހަަސަން (ދާދު) ހުސްކޮށްލާފައި ދިން ބޯޅައަކުން އިސްމާއިލް އީސާ (މެސީ) ވަނީ އޭރިއާތެރެއިން ގައުމީ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މި ހާފުގައި ސެންޓޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ދެ ވަނަ ހާފަށް ގައުމީ ޓީމުން ގިނަ ބަދަލުތަކާ އެކު ނުކުތްއިރު، މިނިސްޓަރު މަހުލޫފް ވެސް ޓީމުގައި ހިމެނެ އެވެ. ކުޅުން ފަށައިގެން ހަ މިނިޓް ތެރޭ އަސަދުﷲ އަބްދުﷲ (އަސަކޮ) ވަނީ ގައުމީ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ހަތަރު ވަނަ ގޯލު ޖެހީ އަސަކޮ ދިން ބޯޅައަކުން ދަގަނޑޭ އެވެ. ދަގަނޑޭ މި ގޯލު ޖެހީ ކީޕަރު ނައްޓާފަ އެވެ. ގައުމީ ޓީމުގެ ފަސް ވަނަ ގޯލަކީ ސެންޓޭ ހުސްކޮށްލާފައި ނެގި ހުރަހަކުން އަސަކޮ ބޮލުން ޖެހި ގޯލެކެވެ.

މެޗުގެ ފަހު ގޯލު ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ހދ. ނޮޅިވަރަންފަރަށް އުފަން އިއްބެ އަށް އޭރިއާތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މި މެޗުގައި ކުޅުދުއްފުށިން ވެސް ވަނީ ގޯލެއް ޖެހޭތޯ ނުރައްކާތެރި ދެތިން ހަމަލާއެއް އުފައްދައިފަ އެވެ.

މި މެޗަށް ފަހު ގައުމީ ޓީމު މާދަމާ މާލެ އަންނަ ގޮތަށް ހަމަޖެހިފައިވާއިރު، ގައުމީ ޓީމާ ހަވާލުވި އާ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއާ އެކު ގައުމީ ޓީމުން ފަރިތަކުރުންތައް ވަރަށް އަވަހަށް ފަށާނެ އެވެ. އެއީ އަންނަ މަހު ސްރީ ލަންކާގައި ބާއްވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށެވެ. ރާއްޖެ އާއި ލަންކާގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝް ކުޅޭ މި ފޯ ނޭޝަންސް ކަޕް އޮތީ އަންނަ މަހު 7-18 އަށް ކޮލަމްބޯގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox