ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަވެއްޖެ: މާރިޔާ

އިންޑިއާގެ އާމީ ޗީފް، ޑިފެންސް މިނިސްޓަރުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރާތުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާގެ އާމީ ޗީފް، ޑިފެންސް މިނިސްޓަރުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރާތުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާއި ރާއްޖެއާއި ދެމެދުވާ ގުޅުން ކުރިއަށް ވުރެ މާ ބޮޑަށްވެސް ވަރުގަދަވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، އެގައުމުގައި މިހާރު ކުރިއަށްދާ ޑިފެންސް ކޮންކްލޭވްގައި މިނިސްޓަރު މިނިސްޓަރު މާރިޔާ ފޮނުވި ވީޑިޔޯ މެސެޖެއް ދައްކާފައި ވެއެވެ.

އެގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު އޮތް ގުޅުން ކުރިއަށްވުރެ ވަރުގަދަ ކަމަށާއި، އިންޑިއާއަކީ ރާއްޖެއިން ގޮވާލި ކޮންމެ ކަމެއްގައިވެސް އެންމެ އަވަހަށް އެހީތެރިވާ ގައުމު ކަމުގައި މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރާއްޖެއަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ލިބިފައި ވަނީ އިންޑިއާއިން ކަން ފާހަގަކޮށް އެކަމަށްޓަކައި މިނިސްޓަރު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވި ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

"މިއަދު ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށްވުރެ މާ ބޮޑަށްވެސް ވަރުގަދަ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ތާރީހާއި، ތަސައްވުރުތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫން. އިންޑިއާ އަކީ ބޭނުން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި ވެސް އެންމެ އަވަހަށް އިޖާބަދޭ ގައުމަކީ އިންޑިއާ" އެ ވިޑީޔޯ މެސެޖުގައި މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މިގައުމުގެ ތަރައްގީގެ ހުރިހާ ދާއިރާއަކުން އިންޑިއާ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި މިނިސްޓަރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅުގައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު ދިވެހި ސަރުކާރުގެ ނަމުގައި އިންޑިއާއަށް ޝުކުރު އަދާކުރައްވާފައި ވަނީ ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާއިން ރާއްޖެއަށް ދީފައިވާ 250 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، ދެހާސް ހަތަރު ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އިންޑިއާ އިން ލިބުނު މުހިންމު އެހީތެރިކަން ފާހަގަކުރައްވަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް 50 މިލިއަން ޑޮލަރުގެ ޑިފެންސް ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި މި އަހަރުގެ ފެބްރުއަރީ މަހު، ދެ ގައުމުން ސޮއިކޮށްފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައި ވެއެވެ.

އިންޑިއާ ރާއްޖެއާ އޮންނަ ޒަމާންވީ ގުޅުން ބަދަހިވެފައިވާ ކަމަށް މާރިޔާ ވިދާޅުވެފާއިރު މި ފަހަކަށް އައިސް ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ އެހީގަ އެވެ.

އެހެންނަމަވެސް ރާއްޖެއާއި އިންޑިއާއި އެކު މިހާރު އޮތް ގާތް ގުޅުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އިންޑިއާ ސިފައިން މިގައުމުގައި ތިބި ކަމަށް ބުނެ، އެމީހުން ބޭލުމަށް ގޮވާލާ، މުޒާހަރާ ވެސް ކޮށްފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox