މޫސުމީ ބަދަލާ ދެކޮޅަށް އީޔޫ އަށް ގޭހާއި ނިޔުކްލިއާ ބޭނުންވާ ކަމަށް ބުނެފި

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލެޔެން.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލެޔެން.

ބްރަސެލްސް، ބެލްޖިއަމް (އޮކްޓޯބަރު 23) - ކާބަން މަދު އިގްތިސާދަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ބަދަލުވަމުން ދާއިރު ހަކަތައިގެ ގޮތުގައި ބޭނުން ވަނީ ގޭހާއި ނިޔުކްލިއާ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލެޔެން ވިދާޅުވެއްޖެ އެވެ.

މޫސުމީ ބަދަލާ ދެކޮޅަށް މަސައްކަތް ކުރުމަށް އީޔޫ އިން ޖައްވަށް ބޭރު ކުރާ ކާބަންޑައިއޮކްސައިޑް ގޭސް ވަރަށް ބޮޑު ތަނުން މަދުކުރަން ޖެހެ އެވެ. އީޔޫގެ 27 މެމްބަރު ގައުމާއެކު ބޭއްވި ސަމިޓަކަށް ފަހު އުރްސުލާ ވިދާޅުވީ ދެމެހެއްޓެނިވި، ސާފު ހަކަތައާ ދިމާލަށް ދިޔުން މަޖުބޫރު ކަމަށެވެ.

އެކަމަނާ ވިދާޅުވީ ވައި އަދި އިރުގެ އަވިން ހަކަތަ އުފެއްދުމުގެ އަގު ތިރިވެއްޖެ ކަމަށާއި އެއީ އިމްޕޯޓަށް ބަރޯސާނުވެ ހަކަތަ އުފެއްދޭނެ ގޮތެއް ކަމަށެވެ. ނަމަވެސް އީޔޫ އަށް "ހުއްޓުމެއް ނެތި ހަކަތަ ލިބުން" މުހިއްމު ކަމަށާއި އެކަން ވާނީ ގޭހާއި ނިޔުކްލިއާ އިން ކަމަށް ފާހަގަކުރެއްވި އެވެ.

ނިޔުކްލިއާ ހަކަތަ އުފައްދާ ޕްލާންޓުތަކުން ގާތްގަނޑަކަށް އެއްވެސް ކާބަންޑައިއޮކްސައިޑެއް ބޭރު ނުކޮށް އޮޕަރޭޓް ކުރެވެ އެވެ. އޭގެ އިތުރުން ގޭހަކީ ހައިޑްރޯކާބަން ފިޔުލްގެ ތެރެއިން އެންމެ މަދުން ވިހަ ގޭސް ބޭރު ކުރާ އޮޕްޝަނެވެ.

މި އަހަރު ނިމުމުގެ ކުރިން އީޔޫ އަށް ކަނޑައަޅާ "ގްރީން ޓެކްސޮނޮމީ" ޔޫރަޕިއަން ކޮމިޝަނުން ހުށަހަޅަން ޖެހޭނެ އެވެ. "ގްރީން ޓެކްސޮނޮމީ" އަކީ މޫސުމީ ބަދަލާ ދެކޮޅަށް ރަނގަޅު ކަމަށް ބެލެވޭ ހަކަތައިގެ ލިސްޓެކެވެ.

އެ ލިސްޓުގެ އެހީގައި މޫސުމީ ބަދަލާ ދެކޮޅަށް ސާފު ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީ އަށް އިންވެސްޓު ކުރަން ފަސޭހަ ވާނެ އެވެ.

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވިދާޅުވީ މޫސުމީ ބަދަލު ކުޑަކުރަން ކަނޑައަޅާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ނިޔުކްލިއާ ހަކަތަ ބޭނުން ކުރުމުގެ މުހިއްމުކަން މިހާރު ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށެވެ.

ފްރާންސްގެ ހަކަތައިގެ 70 ޕަސެންޓު އުފައްދަނީ ނިޔުކްލިއާ އިންނެވެ. އެ ގައުމަކީ އެހެން ގައުމުތަކަށް ކަރަންޓު އެކްސްޕޯޓް ކުރާ ގައުމެއް ވެސް މެ އެވެ. ފްރާންސުން ތައްޔާރުވަމުން ދަނީ އަލުން އެޓޮމިކް ޕްލާންޓުތަކުގެ މަސައްކަތް ފެށުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔޫރަޕްގެ ގިނަ ގައުމުތަކުން ބޭނުން ވަނީ "ގްރީން ޓެކްސޮނޮމީ" ގައި ގޭސް އަދި ނިޔުކްލިއާ އެކުގައި ހިމެނުމަށެވެ.

ނަމަވެސް ގޭހުގެ އަގު އުފުލެމުން ދާތީ ފްރާންސާއި އީޔޫގެ 10 ގައުމަކުން މި މަހުގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ބޮޑަށް ތާއީދު ކުރީ ނިޔުކްލިއާ ހަކަތަ އަށެވެ.

އެކަމަކު ޖަރުމަނުވިލާތާއި، އޮސްޓްރިއާ އަދި ލަގްޒެމްބޯގުން ބުނެފައި ވަނީ ހަމައެކަނި ނިޔުކްލިއާ ހަކަތަ އަށް ބަރޯސާވުމަކީ ދިގު މުއްދަތުގައި ރޭޑިއޯއެކްޓިވް ނުރައްކާތެރި ކުނީގެ މައްސަލަ ކުރިމަތިކުރުވާނެ ނިންމުމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox