ވިލާ ބަލިކޮށް އާސެނަލަށް ހިތްހަަމަޖެހުމެއް

Oct 22, 2021, 9:10 PM
ލަނޑު ޖެހުމަށް ފަހު ސްމިތު ރޯވް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސްމިތު ރޯވް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޫބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާ 3-1 އިން ބަލިކޮށް އާސެނަލުން ލީގުގައި ކުރިއަށް ދިއުމަށް ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

މި މޮޅާ އެކު އާސެނަލް އޮތީ ލީގުގެ ނުވަ ވަނައިގައި ނުވަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ހަތް ވަނައިގައި އޮތް ވެސްޓް ހޭމް އަދި އަށް ވަނައިގައި އޮތް އެވަޓަން އަށް ވަނީ އަށް މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް އަތުން މިރޭ ބަލިވި އެސްޓަން ވިލާ އޮތީ ނުވަ މެޗުން 10 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އާސެނަލުން ދެ ގޯލު ކުރީގައި އޮތް ނަމަވެސް ކްރިސްޓަލް ޕެލަސް އިން ވަނީ އެއްވަރުކޮށްފަ އެވެ. އަމިއްލަ ދަނޑުގައި މިރޭގެ މެޗަށް ނުކުމެ، އާސެނަލުން ވަނީ ލީޑު ސަލާމަތްކުރުމުގައި ކާމިޔާބު ހޯދައިފަ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ 23 ވަނަ މިނިޓްގައި ތޯމަސް ޕާޓޭ އެވެ. އެމީލް ސްްމިތު ރޯވް ނެގި ކޯނަރަކުން ޕާޓޭ ޖެހި ބޯޅަ ވަނީ ގޯލުގެ ދުރުކަނަށެވެ. މިއީ އާސެނަލަށް މިދިޔަ ސީޒަނުގައި ބަދަލުވުމަށް ފަހު އެ ޓީމަށް ކުޅެދިން 40 މެޗުން ޕާޓޭ ޖެހި ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ލީޑުފުޅާކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. ހަަ މަސް ތެރޭ ފުރަތަމަ ފަހަރަށް ލީގުގައި އަލެކްސަންޑަ ލަކަޒޭޓް، އާސެނަލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި އޭނާ އަށް އޭރިއާތެރެއިން އެސްޓަން ވިލާގެ މެޓް ޓާގެޓް ވަނީ ފައުލުކޮށްފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓީން އޮބާމަޔަން ފޮނުވާލި ބޯޅަ އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް މަތަކުރި ނަމަވެސް ރީބައުންސް ވެގެން އައި ބޯޅަ އޮބާމަޔަން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އާސެނަލުން ތިން ވަނަ ގޯލު ޖެހީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާ ގިނައިރެއް ނުވެ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި މި ގޯލު ޖެހީ ސްމިތު ރޯވް އެވެ. އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ.

އެސްޓަން ވިލާ އިން މެޗުގެ ތެރެއަށް ވަންނަން އެ ޓީމުގެ އެމިލިއާނޯ ބުއެންޑީއާ އާއި ޑެނީ އިންގްސް ޖެހި ބޯޅަތައް އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ މަތަކޮށްފަ އެވެ. އެސްޓަން ވިލާ އިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 82 ވަނަ މިނިޓްގަ އެވެ.

އޭރިއާބޭރު ރޮނގުކައިރިން އެސްޓަން ވިލާގެ ޖޭކޮބް ރަމްސީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އުމުރުން 20 އަހަރުގެ ރަމްސީ އަކީ ޖެކް ގްރީލިޝް އަށް ފަހު ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަށް ގޯލު ޖަހައިދިން އުމުރުން އެންމެ ހަގު ކުޅުންތެރިޔާ އެވެ.

އާސެނަލް ވަނީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށްފަ އެވެ. އެ މުއްދަތުގައި އެއް މެޗުން ބަލިވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox