ކުރީ ސަރުކާރުން ހިސާބުކުރި 6،600ރ. ހިޔާ ފްލެޓުގެ ކުލި ގޯސް؛ ބިލިއަނުން ގެއްލުން ވާނެ: އޮޑިޓު

ހިޔާ ފްލެޓުތައް: މި ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭން ގިނަ ބަޔަކު ދަނީ ގޮވާލަމުން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހިޔާ ފްލެޓުތައް: މި ފްލެޓުތަކުގެ ކުލި ކުޑަކޮށްދޭން ގިނަ ބަޔަކު ދަނީ ގޮވާލަމުން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމަށް ހިންގި ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި 6،600ރ. އަކީ ގޯސް ހިސާބެއް ކަމަށް އެ މަޝްރޫގެ އޮޑިޓުން ދައްކައިފި އެވެ.

ހިޔާ ފްލެޓުގެ ކުލީގެ މައްސަލައިގައި މި ސަރުކާރުން ކަނޑައެޅި އަދަދު ބޮޑުވެގެން ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ. އަދި ކުރީ ސަރުކާރުން ކަނޑައެޅި އަގުގައި ފްލެޓުތައް ހަވާލުކުރުމަށް ވެސް އެ ފްލެޓުތައް ލިބުނު މީހުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.

އެކަމަކު ސަރުކާރުން ބުނަނީ އެ މަޝްރޫއަށް ހިންގާފައިވާ ހަރަދަށް ބަލާއިރު އެކަން ކުރެވެން ނެތް ކަމަށެވެ.

އެގޮތުން އެޗްޑީސީން އެންމެ ފުރަތަމަ މި ފްލެޓުގެ ކުލީގެ ގޮތުގައި ހުށަހެޅީ 11،000ރ. އެވެ. ނަމަވެސް ސަރުކާރުން ބައެއް ހަރަދުތަކަށް ޒިންމާވާ ގޮތަށް ފަހުން ކުލި ކުޑަކޮށް، މިހާރު ފްލެޓެއްގެ ކުއްޔަކީ 7،500ރ. އެވެ.

ހިޔާ މަޝްރޫއަށް ހިނގި ހަރަދުތަކާއި ކުލި ކަނޑައެޅުނު ގޮތާ ގުޅިގެން އާންމުކުރި އޮޑިޓުގައި ބުނީ އެޗްޑީސީން ކުލީގެ ގޮތުގައި ފުރަތަމަ ކަނޑައެޅި 11،000ރ. އަކީ މިފަދަ ހައުސިން މަޝްރޫތަކަށް އާންމުކޮށް ބޭނުންްކުރާ އީއެމްއައި މެތަޑުން މީގެ ފްލެޓަކަށް ޖެހޭ އަގު ކަމަށެވެ.

އޭގެ ބަދަލުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން މި ފްލެޓުތަކުގެ ކުލި ކަނޑައެޅީ އެ މިންގަނޑުން ބޭރުން ކަމަށާއި، އެއީ އެ މަޝްރޫއަށް ނެގި ލޯނާއި، ލޯނު ރީފައިނޭންސިން ހަރަދާއި، އިންޓްރެސްޓް ދައްކަން ހިނގާނެ ކޭޝްފްލޯއަށް ރިއާޔަތްނުކޮށް ޖެހި ހިސާބެއް ކަމަށް އޮޑިޓުގައި ފާހަގަކުރި އެވެ.

މީގެ ސަބަބުން ޔުނިޓަކުން ފައިނޭންސްގެ ގޮތުގައި ލިބޭ އަދަދު ކުޑަވެ ބޮޑު ގެއްލުމެއް ފޫބައްދަން ޖެހުނީހެވެ. އެގޮތުން 6،600ރ. ރޭޓުން ކުލި ނަގާނަމަ، ކޮންމެ ޔުނިޓަކުން 1.1 މިލިއަން ރުފިޔާ ގެއްލުން ވާނެ ކަމަށް އޮޑިޓުން ދައްކަ އެވެ.

މިއީ ހުރިހާ ޔުނިޓަކަށް ހިސާބުކޮށްލުމުން ގާތްގަނޑަކަށް 7.9 ބިލިއަން ރުފިޔާގެ ގެއްލުމެކެވެ.

އޭގެ އިތުރުން ކުލީ ބޮޑުކަމުގެ ޝަކުވާތަކާއެކު މިފަހުން މާލެ ސިޓީ ކަައުންސިލުން ފްލެޓެއްގެ ކުލީގެ ގޮތުގައި ހުށަހެޅި 5،548ރ. އަކީ އީއެމްއައި މެތަޑު ބޭނުންކޮށްގެން ކަނޑައެޅި އަގެއް ނަމަވެސް އެ ހިސާބުތައް ޖެހީ ލޯނުގެ ލައިބޯ ރޭޓު ކުޑަކޮށް ޖަހައިގެން ކަމަށް އޮޑިޓުގައި ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ލައިބޯ 0.06 ޕަސެންޓުގައި ހިސާބުކުރި ނަމަވެސް، އަަސްލު ލައިބޯ ހުރީ 1.7 ޕަސެންޓުގައި ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

މިކަންކަން ފާހަގަކޮށް އޮޑިޓާ ޖެނެރަލް ދެއްވި ލަފާާގައި ވިދާޅުވީ، މުސްތަގުބަލުގައި ވެސް ލޯނު ނަގައިގެން ހިންގާ މިފަދަ މަޝްރޫތަކުގައި އާންމުކޮށް ބޭނުންކުރާ އީއެމްއައި މެތަޑް ބޭނުންކޮށްގެން އަގު ކަނޑައެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox