ގައުމީ ޓީމުން ކުޅުދުއްފުށީގައި ހާއްސަ މެޗެއް ކުޅެނީ

Oct 21, 2021, 1:30 PM
ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ގައުމީ ޓީމުގެ ދަގަނޑޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ގައުމީ ޓީމުގެ ދަގަނޑޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ހދ. ކުޅުދުއްފުށީގައި ހާއްސަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅުދުއްފުށީގައި ކުޅޭ މި މެޗަކީ އެ ރަށުގައި ސަރުކާރުގެ ފަރާތުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ރޭވި މެޗެއް ކަަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދެ އެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ގައުމީ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ ކުޅުދުއްފުށްޓައް ނިސްބަތްވާ ޓީމެކެވެ. މިއީ ގައުމީ ފުޓްބޯޅަ ޓީމުން މި މަހު 1-16 އަށް މާލޭގައި ކުރިއަށް ދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ފަހު ކުޅޭނެ ފުރަތަަމަ މެޗެވެ.

އެފްއޭއެމުން ބުނީ ކުޅުދުއްފުށީގައި ކުޅޭ މެޗަށް ގެންދާނީ 23 ކުޅުންތެރިންގެ ސްކޮޑެއް ކަމަށެވެ. ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ގައުމީ ޓީމުގެ ސްކޮޑަށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް އަނިޔާ އާއި އެހެނިހެން ކަންތައްތަކެއްގެ ސަބަބުން އަންނާނެ އެވެ. އެ ގޮތުން ބަހްރޭންގައި ކުރިއަށްދާ 23 އަހަރުން ދަށުގެ ކޮލިފައިން މެޗުތަކަށް ފުރަން ޖެހޭތީ ކުޅުދުއްފުށީ ދަތުރުގައި ކޯޗު އަލީ ސުޒޭން އާއި ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ބައިވެރިނުވާނެ އެވެ.

ސާފަށް ފަހު ދެން ގައުމީ ޓީމުން އެންމެ އަވަހަށް ކުޅޭ މުބާރާތަކީ އަންނަ މަހު 8-17 އަށް ސްރީ ލަންކާގައި ބާއްވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގަ އެވެ. ކުޅުދުއްފުށީ މެޗަށް ފަހު އާދިއްތަ ދުވަހު މާލެ އައިސް ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާނީ 25 ވަނަ ދުވަހު އެވެ.

2017 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ކުޅުދުއްފުށީ ސަޕޯޓަރުން.-- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

ގައުމީ ޓީމުން އެންމެ ފަހުން މި ގޮތަށް ރަށެއްގެ ދަނޑު ހުޅުވަން ކުޅުނީ ބ. އޭދަފުށީގަ އެވެ. އެއީ 2019 ވަނަ އަހަރު މާޗް މަހުގަ އެވެ. އެ މެޗުގައި ގައުމީ ޓީމުގައި ހިމެނޭ އޭދަފުށީ ކުޅުންތެރިން ކުޅުނީ އަމިއްލަ ރަށު ޓީމަށެވެ.

ފުޓްބޯޅައިގެ ފޯރި ގަދަ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ކުޅުދުއްފުށީގައި ވަނީ މީގެ ފަސް އަހަރު ކުރިން 2015 ވަަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ އެއް ގްރޫޕެއްގެ މެޗުތައް ކުޅެފަ އެވެ.

އެ ގޮތުން ނިއު ރޭޑިއަންޓާއި ބީޖީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް އަދި މަހިބަދޫ ސްޕޯޓްސް ކްލަބް ވާދަކުރި ގްރޫޕްގެ މެޗުތައް ބޭއްވީ ކުޅުދުއްފުށީގަ އެވެ. އޭގެ އިތުރުން އަތޮޅުތަކަށް ހުޅުވާލައިގެން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރުގެ ފައިނަލް މެޗު ވެސް އެ ރަށުގައި ކުޅެފައިވެ އެވެ.

ކުޅުދުއްފުށި ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި މަގުބޫލް "ވައިކިން ކްލެޕް"ގެ ފޯރިގަދަވެ، ގައުމީ ޓީމުން 2016 ވަނަ އަހަރު ކުޅުނު ހާއްސަ މެޗަކަށް ވެސް ވަނީ އެ ސަޕޯޓަރުންނަށް ދައުވަތު ދީފަ އެވެ. އެއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި 2016 ވަނަ އަހަރު އޮތް ގައުމީ ޓީމުން ބައްދަލުކުރި މެޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox