ބާރަށުން ސަލާމަތްކުރި ގުޑުގުޑާ ދޫންޏެއް މާކޯ ކުޅިއަށް ބަދަލުކުރަނީ

ގުޑުގުޑާ ދޫނިތަކެއް. ހިފާފައި އޮތް ގުޑގުޑާ ދޫންޏެއް ވަނީ ބާރަށުން ސަލާމަތްކޮށްފައި.

ގުޑުގުޑާ ދޫނިތަކެއް. ހިފާފައި އޮތް ގުޑގުޑާ ދޫންޏެއް ވަނީ ބާރަށުން ސަލާމަތްކޮށްފައި.

މޫސުމީ ހިޖުރައިގައި ރާއްޖެއަށް އައި ގުޑުގުޑާ ދޫނިތައް (ފްލެމިންގޯ) އާއްމުން ހިފައި، ވިއްކާކަމުގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ފެންމަތިވެފައިވަނިކޮށް، އެގޮތަށް ބަޔަކު ހިފާފައި އޮތް ގުޑުގުޑާ ދޫންޏެއް ސަލާމަތްކޮށް، އެ ދޫނި ޅ. އަތޮޅުގެ މާކޯ ކުޅިއަށް ރިހެބިލިޓޭޓްކުރަން ބަދަލުކުރުމުގެ މަސައްކަތް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންްސީ (އީޕީއޭ) އިން ފަށައިފި އެވެ.

އީޕީއޭއިން ބުނިގޮތުގައި ފުލުހުން އެ ދޫނި ސަލާމަތްކޮށްފައިވަނީ ހއ. ބާރަށުންނެވެ. އެހެން ނަމަވެސް އެ ދޫނީގެ ފިޔަ ކޮށާފައިހުރުމުން، އެ ދޫންޏަށް ނުއުދުހެވޭނެތީ، އެއާއެކު ރާއްޖެއަށް އައި އެހެން ދޫނިތަކާއެކު އަބުރާ ދިޔުމުގެ ފުރުސަތު ނޯންނާނެތީވެ، އެ ދޫނި މިހާރު ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އީޕީއޭއިން ބުނި ގޮތުގައި އެ ދޫނި ބަދަލުކުރަން މަސައްކަތްކުރާ ޅ. މާކޯ އަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. އަދި އެޓޮލް ވޮލަންޓިއާޒްގެ ޖަނަވާރުގެ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރެއް އެ ދޫނީގެ ފަރުވާގެ ކަންކަމުގައި ހަރަކާތްތެރިވާނޭކަމަށް ވެސް އީޕީއޭއިން ބުނެ އެވެ.

މީގެ ދެ ދުވަހެއް ކުރިން، ބާރަށުން ބަޔަކު ގުޑުގުޑާ ދޫނިތަކެއް ހިފައިގެން 30،000ރ. އަށް ވިއްކަން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެންނަމަވެސް އެރަށުން ސަލާމަތްކުރީ ވިއްކަން ޖަހާފައި އޮތް ދޫނި ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ގުޑުގުޑާ ދޫނި ހިފައިގެން ވިއްކަން އުޅޭ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް އީޕީއޭއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެ ދޫންޏަކީ ރާއްޖޭގައި އާންމުކޮށް ދިރިނޫޅޭ ދޫންޏެއް ނަމަވެސް، ކޮންމެ އަހަރެއްގެ ހިޖުރާކުރާ ދުވަސްވަރު ރާއްޖޭގެ ޗަސްބިމާއި ކުޅިތައް ހުންނަ ސަރަހައްދުތަކުން މި ދޫނިތައް އާންމުކޮށް ފެނެ އެވެ.

މި ދޫނިތަކަކީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫނިތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox