މުޅިން އާ ސޯޝަލް ނެޓްވޯކެއް ލޯންޗުކުރަން ޓްރަމްޕް ނިންމަވައިފި

ޓްރަމްޕް ލޯންޗުކުރަން ނިންމީ ސޯޝަލް ނެޓްވޯކްގެ ނަމަކީ ޓްރުތް ސޯޝަލް. -- ފޮޓޯ: އޭއެފްޕީ

ޓްރަމްޕް ލޯންޗުކުރަން ނިންމީ ސޯޝަލް ނެޓްވޯކްގެ ނަމަކީ ޓްރުތް ސޯޝަލް. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 21) - ޓްވިޓާ އާއި ފޭސްބުކް އިން ބޭރުކޮށްފައި ވާތީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުޅިން އާ ސޯޝަލް ނެޓްވޯކެއް އުފައްދަން ނިންމަވައިފި އެވެ.

"ޓްރުތް ސޯޝަލް" ގެ ވެރިފަރާތަކީ ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕެވެ. އެ ނެޓްވޯކުން ދައުވަތުދޭ ޔޫޒާޒްއާ އެކު އަންނަ މަހު ބީޓާ ވާޝަން ލޯންޗު ކުރާނެ އެވެ. އެޕަލްގެ އެޕް ސްޓޯރުން މިހާރު ވެސް ޕްރީއޯޑާ ކުރެވޭނެ ކަމަށް ޓްރަމްޕްގެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޭގެ އިތުރުން ސަބްސްކްރައިބްކޮށްގެން ހިދުމަތް ލިބޭ ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމެއް ލޯންޗުކުރާނެ ކަމަށް ވެސް ޓްރަމްޕްގެ ކުންފުނިން ބުނެ އެވެ. އެ މަސައްކަތުގައި އުޅޭނީ "އެމެރިކާޒް ގޮޓް ޓެލެންޓް" ގެ އެގްޒެކްޓިވް ޕްރޮޑިއުސަރު ސްކޮޓް ސެއިންޓް ޖޯން އެވެ.

ޓްރަމްޕްގެ ރައީސްކަމުގެ ދުވަސްވަރު އެކި ފަރާތްތަކަށް ބަހުގެ ހަމަލާ ދިނުމަށް ވަރަށް ބޮޑަށް ސޯޝަލް މީޑިއާ ބޭނުންކުރެއްވި އެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ އެމަނިކުފާނުގެ އެކައުންޓުތައް ސަސްޕެންޑުކޮށްފަ އެވެ.

ޓްވިޓާ އާއި ފޭސްބުކް އިން ޓްރަމްޕްގެ އެކައުންޓުތައް ހިންގުން މަނާކުރީ އެމަނިކުފާނުގެ ސަޕޯޓަރުން އެމެރިކާގެ ކެޕިޓަލް އިމާރާތުގެ ތެރެއަށް ވަދެގަނެ، ހިންގި ހަމަނުޖެހުމަށް ފަހު އެވެ. ސޯޝަލް މީޑިއާ ކުންފުނިތަކުން ތުހުމަތު ކުރި ގޮތުގައި ޓްރަމްޕް ވަނީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ ވާހަކަ ދައްކަވާފަ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިލައިގެން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ޓްރަމްޕް ވަނީ 2024 ގައި ވެސް ރައީސް ކަމަށް ވާދަކުރައްވާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox