ކޯޗުކަމުން ބްރޫސް ވަކިކޮށް، ނިއުކާސަލް ސަމާލުކަން ފޮންސެކާ އަށް

Oct 21, 2021, 4:53 AM
ނިއުކާސަލްގެ ކޯޗުކަމުން ވަކިކުރި ސްޓީވް ބްރޫސް.

ނިއުކާސަލްގެ ކޯޗުކަމުން ވަކިކުރި ސްޓީވް ބްރޫސް.

ލަންޑަން (21 އޮކްޓޯބަރު) - ނިއުކާސަލް ޔުނައިޓަޑްގެ ކޯޗުކަމުން ސްޓީވް ބްރޫސް ވަކިކޮށް އިޓަލީގެ ރޯމާގެ ކުރީގެ ކޯޗު ޕައުލޯ ފޮންސެކާއާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނިއުކާސަލް އިން ވަނީ ބްރޫސް، 60، މަގާމުން ވަކިކޮށްފައިވާކަން އިއްޔެ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ނިއުކާސަލް ގަތުމާ އެކު، ބްރޫސް އެ މަގާމުން ވަކިކުރާނެ ކަމަށް ކުރިން ވެސް އޮތީ ބެެލެވިފަ އެވެ. އެކަމަކު، ބްރޫސް ވަކިކުރީ އެކަށީގެންވާ ވަރަށް ވަގުތު ނުދީ ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ކުރީގެ ކުޅުންތެރިން އަންނަނީ ބުނަމުންނެވެ.

ނިއުކާސަލްގެ ކޯޗުކަމުގައި ބްރޫސްގެ ފަހު މެޗަކަށްވީ މިދިޔަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި 3-2 އިން ޓޮޓެންހަމް ހޮޓްސްޕާ އަތުން ނިއުކާސަލް ބަލިވި މެޗަށެވެ. މިއީ އިނގިރޭސި ލީގުގައި ބްރޫސްގެ 100 ވަނަ މެޗެވެ.

ފާއިތުވި ދެ ސީޒަންގައި ބްރޫސްގެ އިރުޝާދުގެ ދަށުން ނިއުކާސަލް ރެލިގޭޝަނުން ސަލާމަތްވި އެވެ. އެކަމަކު، ބްރޫސް އެ ޓީމު ލައްވައި ކުޅުވާ ޑިފެންސިވް ސްޓައިލްގެ ސަބަބުން، ސަޕޯޓަރުންގެ ފާޑުކިއުން އޭނާ އަށް އަމާޒުވި އެވެ. އިނގިރޭސި ލީގުގައި މި ސީޒަންގައި ނިއުކާސަލް ކުޅުނު އަށް މެޗުން، އަދި މޮޅެއް ނުލިބެ އެވެ.

ރޯމާ އަށް ކުރިން ކޯޗުކޮށްދިން ފޮންސޭކާ: ނިއުކާސަލް އިން ފެނުމުގެ ފުރުސަތު ބޮޑު.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ނިއުކާސަލް އިން ވަނީ ޕޯޗުގަލް އަށް ނިސްބަތްވާ ކޯޗު ފޮންސެކާއާ އެކު މަޝްވަރާތައް ފަށައިފަ އެވެ. ފޮންސެކާ ވަނީ ކުރިން ޝަކްޓާ ޑޮނެޓްސްކް އަދި ޕޯޓޯ އަށް ވެސް ކޯޗުކޮށްދީފަ އެވެ. މި ސީޒަން ފެށުމުގެ ކުރިން ޓޮޓެންހަމާ ހަވާލުވާން އެ ޓީމާ ވެސް ވާހަކަދެއްކި އެވެ.

މީގެ އިތުރުން، ބޯންމައުތުގެ ކުރީގެ ކޯޗު އެޑީ ހޯވް އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ލޫސިއަން ފާވޭ އަކީ ވެސް ނިއުކާސަލްގެ ލިސްޓުގައި ތިބި ދެ ކޯޗުން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. އަދި ރޭންޖާސްގެ ކޯޗަކަށް ހުރި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑާއި ޗެލްސީ އަށް ކުރިން ކޯޗުކޮށްދިން ފްރޭންކް ލަމްޕާޑަކީ ވެސް ނިއުކާސަލުން ފާރަލަމުން އަންނަ ކޯޗުންނެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ނިއުކާސަލްގެ އާ ކޯޗަކަށް ފޮންސެކާ ފެނުމުގެ ފުރުސަތު ބޮޑެވެ. ދެހާސް ހަތް ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ފޮންސެކާ އަކޯ، އެޓޭކިން ސްޓައިލަކަށް އިސްކަންދޭ ކޯޗެކެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox