މެއި 6، ގެ ހަމަލާ: ފަހުމީގެ ދިފާއަކީ އެމްޑީޕީ މެމްބަރަކަށްވުން

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ފުލުހުން ތަހުގީގު ކުރަނީ. -ފޮޓޯ: އަދަދު ފައިލް

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ފުލުހުން ތަހުގީގު ކުރަނީ. -ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6 ގައި ބޮން ގޮއްވި މައްސަލައިގައި ދައުވާ ކުރާ މީހުންގެ ތެރެއިން ފަހުމީ އަލީއަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި ކުރީގެ ރައީސްއާ ދޭތެރޭގައި އޭނާގެ އެއްވެސް އަދާވާތްތެރިކަމެއް ނެތް ކަމަށް ކޯޓުގައި ބުނެފި އެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ސައިކަލެއްގައި ބޮމެއް ހަރުކޮށް، ރިމޯޓް ބޭނުންކޮށްގެން އެ ގޮއްވާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގައި ފަހުމީގެ އިތުރުން އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގުގެ މައްޗަށް ކުރާ ދައުވާތައް ވަނީ އިއްވައިފަ އެވެ.

ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރިއިރު ފާރައަށް ހުރި ކަމަށް ތުހުމަތު ކުރެވޭ ފަހުމީގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލުމުން އޭނާގެ ވަކީލު ވިދާޅުވީ ފަހުމީއަކީ ހަރުކަށި ފިކުރުގެ މީހެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އޭނާއަކީ ނަޝީދު ރައީސްކަން ކުރައްވާ އެމްޑީޕީގެ މެމްބަރެއް ކަމަށާއި އެއްވެސް އިރެއްގައި އެމަނިކުފާނާމެދު ފަހުމީގެ ހިތުގައި އަދާވާތްތެރިކަމެއް ނެތް ކަމަށެވެ.

އޭގެ އިތުރުން، ފަހުމީގެ އަނބިމީހާއަކީ ބަލިވެ ބަނޑަށް ހަތް މަސްވެފައިވާ މީހެއް ކަމަށާއި ދިރިއުޅެނީ މުސްކުޅި ބައްޕައަކާއެކު އެކަނި ކަމަށްވާތީ ފަހުމީ ގޭ ބަންދަށް ދޫކޮށްލަދިނުމަށް ވެސް އޭނާގެ ވަކީލު އެދިވަޑައިގަތެވެ.

ނަމަވެސް ކޯޓުން ނިންމީ މައްސަލައިގައި ހިމެނޭ އެންމެން ވެސް ބަންދުގައި ބެހެއްޓުމަށެވެ. ފަހުމީގެ ފަރާތުން ބަންދަށް އިއުތިރާޒް ކުރި ނަމަވެސް ނާޒިމް އާއި އިސްހާގުގެ ފަރާތުން ބަންދުގައި ބެހެއްޓުމާމެދު އިއުތިރާޒެއް ނުކުރެ އެވެ.

ރިމޯޓު ބޭނުންކޮށްގެން ބޮން ގޮއްވާލި އަދުހަމް އަހުމަދަށް ރިމޯޓު ދިން ކަމަށް ތުހުމަތު ކުރެވޭ ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އުފުލުމުން ދައުވާތަކުގެ އުންސުރުތަކާއި ވާގިޔާތައް ސާފުނުވާ ކަމަށް ބުނެ އޭނާގެ ވަކީލު އެކަން ފާހަގަ ކުރެއްވި އެވެ.

ދައުވާ ލިޔެފައި އޮތް އިރު ކޮމާ ޖަހާފައި ހުރި ގޮތާއި އިބާރާތްކޮށްފައި ހުރި ގޮތުގައި މައްސަލައެއް އުޅޭ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވެސް ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އެކި ފަހަރުމަތިން ދައުލަތުގެ ވަކީލުން ވަނީ ނާޒިމްގެ މައްޗަށް ކުރާ ދައުވާތައް ސަބަބާއެކު ސާފުކޮށްދީފަ އެވެ. އިއްޔެގެ އަޑުއެހުމަށް ވަކީލަކާއެކު ހާޒިރުވި ނަމަވެސް އޭނާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި އެފަދަ އަމަލެއްގައި ބައިވެރިވުމާއި ގޮވާތަކެތި އުފުލުމުގެ ދައުވާތަކަށް އެއްޗެއް ނުބުނެ އެދިފައި ވަނީ ހެކި އެނަލައިޒް ކުރުމުގެ ފުރުސަތަކަށެވެ.

އަލީ ހައިޝަމްގެ ފަރާތުން ވަކީލެއް އައްޔަންކޮށްފައި އޮތް ނަމަވެސް ވަކީލު އިއްޔެގެ އަޑުއެހުމަށް ހާޒިރުވެފައެއްނުވެ އެވެ. އެހެންކަމުން ދައުވާއަށް އިންކާރު ކުރުން ފިޔަވައި އިތުރު ވާހަކައެއް އޭނާގެ ފަރާތުން ނުދެއްކި އެވެ.

އިއްޔެގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލައިގައި ހިމެނޭ ހެކިތައް ވަޒަން ކުރުމުގެ ފުރުސަތު ހުރިހާ ދިފާއީ ވަކީލުންނަށް ވެސް ދީފަ އެވެ. އަދި މައްސަލައިގައި ހިމެނޭ މީހުންގެ ވީޑިއޯތައް އެނަލައިޒް ކުރުމަށް ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރުކޮށް ވަކީލާއެކު އެ މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

ދައުވާ ލިބޭ ބައެއް ފަރާތްތަކުން އެދުނީ މައްސަލައިގައި ފުލުހުން އެއްކޮށްފައިވާ ވީޑިއޯތައް ހާޑް ޑިސްކެއްގައި ދިނުމަށެވެ. އެގޮތަށް ވީޑިއޯތައް ދިނުމަށް ދައުލަތުން އިއުތިރާޒެއް ނުކުރެ އެވެ. އަދި އެދުނީ ދެ ޓެރަބައިޓްގެ ހާޑް ޑިސްކެއް ދިނުމަށްފަހު ވީޑިއޯތައް އެއަށް ކޮޕީ ކުރުމަށް މަދުވެގެން ފަސް ދުވަސް ދިނުމަށެވެ.

ވީޑިއޯ އެނަލައިޒް ކުރުމަށް ހަމަހަމަ ފުރުސަތެއް ނެތް ކަމަށް ބުނެ އެ އަޑުއެހުމުގައި އިސްހާގުގެ ފަރާތުން ބެންޗަށް ޝަކުވާ ހުށަހެޅި އެވެ. އެގޮތުން ދައުލަތުން އެ ވީޑިއޯތައް އެނަލައިޒް ކުރީ 20 ސްޕެޝަލިސްޓު ފުލުހުން ބޭނުންކޮށްގެން ނަމަވެސް އިސްހާގުގެ ފަރާތުން އެ މަސައްކަތް ކުރަން ހުރީ އޭނާ އެކަނިކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވި އެވެ.

އިއްޔެގެ އަޑުއެހުމަށް ދައުވާ ލިބޭ މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު ވެސް ހާޒިރު ކުރި އެވެ. އެމީހުންގެ މައްޗަށް މީގެ ކުރިން ބޭއްވި ޝަރީއަތުގައި ދައުވާ އުފުލުމުން އޮތީ އިންކާރުކޮށްފަ އެވެ. ތަހުމީނުގެ ފަރާތުން މިހާތަނަށް ވެސް ދިފާއި ހެކި ހުށަހަޅާފައިނުވާތީ ފަނޑިޔާރުން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރި އެވެ. ތަހުމީނުގެ ވަކީލު އެ މައްސަލައިގެ ބާވަތުން ހެކި ބަސް ދިނުމަށް މީހުން އިންކާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް ހެކިން ހޯދަން ފުރުސަތެއް ދިނުމަށް އެދިވަޑައިގަތެވެ.

މި ދައުވާތައް ކުރިއަށްދާއިރު ޝަރީއަތަށް ލެޕްޓޮޕް ކޮމްޕިއުޓަރެއް ވެއްދުމުގެ ހުއްދަ ދައުލަތުން އޮތީ މީގެ ކުރީގެ އަޑުއެހުމުގައި އެދިފަ އެވެ. ޝަރީއަތުގެ މަޖިލިސް ރެކޯޑު އަދި ބްރޯޑްކާސްޓް ނުކުރުން ފަދަ ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން އިއްޔެ ދައުލަތަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި ޕީޖީ އޮފީހުގެ ޑޭޓާބޭސް އަށް ވަނުން ފިޔަވައި އެހެން މަސައްކަތެއް ކޮމްޕިއުޓަރުން ނުކުރުމަށް ވެސް ކޯޓުން ޝަރުތު ކުރި އެވެ.

މެއި 6، ގައި ބޮން ގޮއްވި މައްސަލައިގައި މިއަދު އަދުހަމްގެ މައްޗަށް ވެސް ޝަރީއަތް ހިންގި އެވެ. ނަމަވެސް ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ ޝަރީއަތް ކުރިއަށްގެންދިޔައީ ވަކިންނެވެ. އަދި އަދުހަމުގެ ބައި ސިއްރުކުރުމަށްވެސް މީގެ ކުރިން ކޯޓުން އޮތީ ނިންމާފަ އެވެ.

އެމީހުންގެ އިތުރުން ބޮން ގޮއްވި މައްސަލައިގައި ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox