ހައުސް އޮފް ސީކްރެޓްސް: ބަލަން ކެތް ވާނެތަ؟

Oct 22, 2021, 1:13 AM
ހައުސް އޮފް ސީކްރެޓްސްގެ ޕޯސްޓަރު

ހައުސް އޮފް ސީކްރެޓްސްގެ ޕޯސްޓަރު

ނެޓްފްލިކްސް އިން މި މަހުގެ އަށް ވަނަ ދުވަހު ރިލީޒްކުރި 'ހައުސް އޮފް ސީކްރެޓްސް' ބަލައި ނިންމާލި ކޮންމެ މީހަކަށްވެސް ކުރެވެނީ އެއް އިހުސާސްއެކެވެ. ނުތަނަވަސްކަމެވެ.

ތިން އެޕިސޯޑުގެ މައްޗަށް ހަދާފައިވާ މި ސީރީޒްއަކީ 2018 ވަނަ އަހަރުގެ ޖުލައި އެކެއްގައި، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ބުރާރީ ސަރަހައްދުގައި ދިރިއުޅުނު 11 މެންބަރުންގެ އާއިލާއެއް ދަންޖެހުނު ހާދިސާގެ މައްޗަށް ތައްޔާރުކޮށްފައިވާ ކްރައިމް ޑޮކިއު ސީރީޒް އެކެވެ.

ލީނާ ޔާދާވް އުފައްދާފައިވާ މި ސީރީޒް އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ބުރާރީ ކޭސްގެ ނަންދެވުނު މި ކޭސް އަކީ މުޅި އިންޑިއާ އާއި ސަރަހައްދީ ގިނަ ގައުމުތައް ސިއްސުވާލި ހާދިސާއަކަށް ވާއިރު، ސީރީޒްގައި ވަނީ މި މައްސަލައިގެ ވަރަށް ފުނަށް ދަތުރުކޮށްފަ އެވެ.

އެކްސިޑެންޓަލް ޑެތްއެއްގެ ގޮތުގައި ކްލެސިފައި ކުރެވުނު މި ކޭސްއަކީ ނަފްސާނީ މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ތަހުގީގުން ހާމަވެ އެވެ.

ޗަންޑަވަޓް އާއިލާ -- ފޮޓޯ:ނެޓްފްލިކްސް
ޗަންޑަވަޓް އާއިލާ -- ފޮޓޯ:ނެޓްފްލިކްސް

ޗަންޑަވަޓް އާއިލާ -- ފޮޓޯ:ނެޓްފްލިކްސް

މި މައްސަލަ ދިމާވިގޮތާއި މިކަން މެދުވެރިވި ގޮތް ވަރަށް ފުރިހަމައަށް ސީރީޒްގައި ދައްކުވައިދީފައިވެ އެވެ. މިގޮތުން އާއިލާގެ އެންމެ ހަގަށް ހުރި ލަލިތުއަކީ ޒުވާން ފުރައިގައި އެކްސިޑެންޓެއްވެ ބޮލަށް ގެއްލުން ވެފައިވާ ފަރާތެކެވެ. އޭގެ ސަބަބުން އޭނާގެ އުޅުމަށްވެސް އަސަރުކުރި އެވެ. އެކަމުން ރަނގަޅަށް އަރައި ނުގަނެވިގެން އުޅެނިކޮށް ވަޒީފާގައި މައްސަލަތަކެއްގައި އޭނާ އަށް ވަރަށް އަނިޔާކޮށް ފިހާރަތެރޭގައި ތަޅުލައި، ބަޔަކު އެ ފިހާރަ ރޯކޮށްލި އެވެ. އެއަށްފަހު އޭނާ އެއްވެސް ވަރަކަށް މީހުންނާ ވާހަކަ ނުދައްކަ އެވެ. މީހުންނަށް ގަބޫލުކުރެވުނީ އެ ހާދިސާގެ ސަބަބުން އޭނާގެ އަޑު ގެއްލުނީ ކަމުގަ އެވެ. އެ ޓްރޯމާއަށް ފަރުވާނުކުރެވި ވަނިކޮށް އޭނާގެ ބައްޕަ ނިޔާވެ އަނެއްކާވެސް ނަފްސާނީ ބޮޑެތި އަސަރުތަކެއް ލަލިތު އަށް ކުރެވުނު ކަމަށް ތަހުގީގުގައި ހާމަވި އެވެ.

އޭގެފަހުން ލަލިތު ބުނާގޮތުގައި ބައްޕަގެ ރޫހު އޭނާ އާ ވާހަކަ ދައްކަން ފެށި އެވެ. މިގޮތުން ބައްޕަ ބުނިގޮތަކަށް އަޅުކަން ކުރުމުގެ ތެރޭގައި އަލުން އަނބުރާ އޭނާގެ އަޑުވެސް އައިކަމަށްވެ އެވެ. އަދި މަޑުމަޑުން އޭނާގެ ނުފޫޒު އާއިލާތެރޭގައި ގަދަކޮށް އެންމެ ފަހުން ބައްޕަ އައިސް އެންމެން ސަލާމަތްކޮށްދޭނެ ކަމަށް ބުނެ ހާއްސަ އަޅުކަމެއްގެ ގޮތުގައި ސިފަކޮށް އެންމެން އެކީ ދަން ޖެހުނެވެ. ވަކިން މާމަ އޮތީ ނޭވާ ހާސްކުރެވިފައިވާ ނިޝާންތަކަކާއި އެކީ އެނދުކައިރީގައި މަރުވެ ވެއްޓިފަ އެވެ. ސަލާމަތްވި ހަމައެކަނި މެންބަރަކީ އެ ގޭގެ ފުރާޅުމަތީގައި އޮތް ކުއްތާ އެވެ.

މި ހުރިހާ ތަފްސީލްތަކެއް ލިބިފައިވަނީ ތަހުގީގުގައި ފެނުނު 11 ޑައިރީ އިންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ނަފްސާނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ސަމާލުކަންވެސް މި މައްސަލައަށް ލިބުނުއިރު އެންމެނަށްވެސް ލިބުނު އެންމެ ބޮޑު ހައިރާންކަމަކީ އާއިލާތެރޭގައި މިހާ ބޮޑު ކަންތައްތަކެއް ހިނގަމުން ދިޔައިރު އަވަށްޓެރިންނާއި ގާތް އެކަކަށްވެސް މިކަމުގެ ހިލަމެއްވެސް ނުވާ ކަމެވެ. އަދި އެންމެ ސުވާލު ގިނަ އުމުރުގައި ހުރި 15 އަހަރުގެ ދްރޫވްގެ ކިބައިންވެސް މިފަދަ ކަމެއް ތަޖުރިބާ ކުރަމުންދާކަމުގެ އެއްވެސް ނިޝާނެއް، ނުވަތަ އެފަދަ ވާހަކައެއްވެސް އެއްވެސް މީހަކާ ހިއްސާ ނުކުރާ ކަމެވެ.

އާއިލާގެ އަވަށްޓެރިންނާއި ގާތް ރަހުމަތްތެރިންގެ އިންޓަވިއު ވެސް ސީރީޒްގައި ފެނިގެން ދެ އެވެ. އަދި މައްސަލަ ތަހުގީގު ކުރި ފުލުހުންނާއި ޑޮކްޓަރުންނާ ތަޖުރިބާކާރުން ބުނާ ގޮތުން ނަމަ ލަލިތުގެ އަޑު ދިއުމަކީވެސް ސިއްހީ ގޮތުން ބަލާއިރު އެހާ ގަބޫލުކުރެވޭ ވާހަކައެއް ނޫނެވެ.

އަމިއްލަ ފުރާނަ ގެއްލޭވަރުގެ މިހާ ބޮޑުކަމެއް އާއިލާގެ އެންމެން ކޮށްފައިމިވަނީ މަރުވި 33 އަހަރުގެ ޕްރިޔާންކާ އެންގޭޖުކޮށް ކައިވެންޏަށް ދެ ހަފްތާއަށް ވެފައި ވަނިކޮށެވެ.

ހައުސް އޮފް ސީކްރެޓްސް އަކީ ވަރަށް ހަރުކަށިކޮށް 18 އަހަރުން މަތީގެ އުމުރުފުރާއަށް ހާއްސަ ސީރީޒްއެއްގެ ގޮތުގައި ވަނީ ކްލެސިފައި ކުރެވިފަ އެވެ. މި ބަލައިފި ކޮންމެ މީހަކަށްވެސް ވިސްނާލެވޭނެ އެއްކަމަކީ ނަފްސާނީ މައްސަލަތަކުގެ ސަބަބުން މީހެއްގެ ދިރިއުޅުން ބަދަލުކޮށްލާ މިންވަރެވެ. އަދި އޭގެ އަސަރުގެ ވަރުގަދަކަމާއި މިހާއަށް ކުރިމަތިކޮށްލާ ތަޖުރިބާތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox