ރާއްޖެ ކުޅޭ އޭޝިއަން ކަޕް ކޮލިފައިން ސެންޓްރަލައިޒްކޮށްފި

Oct 20, 2021, 6:40 AM
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަަލައިޒްކޮށް ކުރިއަށް ގެންދަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ނިންމައިފި އެވެ.

މީގެ ކުރިން ހޯމް އެންޑް އަވޭ ސިސްޓަމަށް ކުޅެމުން އައި ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ދެން ކުރިއަށްދާނީ އެއް ގައުމެއްގައި ސެންޓްރަލައިޒް ކޮށެވެ. ކޮވިޑް-19ގެ ސަބަބުން އޭއެފްސީގެ ގިނަ މުބާރާތްތަކެއްގެ މެޗުތައް ސެންޓްރަަަލައިޒްކޮށް ކުޅެމުންދާއިރު، އޭޝިއަން ކަޕް ކޮލިފައިން އަށް ގެނައި މި ބަދަލުގެ ސަބަބުން ކުރިން ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅެން ލިބުނު ހަ މެޗުގެ ބަދަލުގައި ދެން ކުޅެން ލިބޭނީ ތިން މެޗެވެ.

މިއީ ހަގީގަތުގައި ރާއްޖެ ކަހަލަ ގައުމަކުން އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ޓާގެޓާ އެކު މަސައްކަތް ކުރާއިރު، ލިބުނު ދެރައެކެވެ. އެއީ ރާއްޖޭން އޭޝިއަން ކަޕަށް ކޮލިފައިވާން އެންމެ ބޮޑަށް ބަރޯސާވާން ޖެހޭނީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން ނަތީޖާ ނެރެން ކަމަށްވާތީ އެވެ. ދެން އެ ފުރުސަތު ލިބެން އޮތީ ސެންޓްރަަލައިޒްކޮށް މެޗުތައް ކުޅެން ރާއްޖޭގައި ހޯސްޓްކޮށްގެންނެވެ.

މިހާރު އޮތް ގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ކުރިއަށްދާނީ ފީފާ އެންމެ ފަހުގެ ރޭންކިން އަށް ބަލައިގެންނެވެ. ޕޮޓްތަކަށް ޓީމުތައް ބަހާފައިވަނީ މި ވަގުތު ފީފާ ރޭންކިން އަށް ބެލުމަށް ފަހު އެވެ.

ރާއްޖެ (ފީފާ ރޭންކިން 156) ހިމެެނެނީ އޭޝިއަން ކަޕް ކޮލިފައިން ޕޮޓް ތިނެއްގަ އެވެ. ސަރަަހައްދުގެ އެހެން ޓީމުތަކަށް ބަލާއިރު އިންޑިއާ (ފީފާ ރޭންކިން 106) އޮތީ ޕޮޓް އެކެއްގަ އެވެ. އަދި ނޭޕާލް (169)، ބަންގްލަދޭޝް (187) އަދި ސްރީ ލަންކާ (204) އޮތީ ހަތަރު ވަނަ ޕޮޓްގަ އެެވެ.

ކޮންމެ ޕޮޓަކުން ކޮންމެ ގްރޫޕެއްގައި ހިމެނޭނީ އެއް ޓީމެކެވެ. އޭޝިއަން ކަޕް ކޮލިފައިން ގުރުއަތުލުން ބާއްވާނީ އަންނަ ފެބްރުއަރީގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނިމިދިޔަ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަށް ދެ ކޯޗުން އިރުޝާދު ދިނެވެ. އެއީ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އާއި ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ.

ދާދި ފަހުން ނިމުނު އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކޯޗަކަށް ހުރީ އަލީ ސުޒޭން އެވެ. އެފްއޭއެމުން މީގެ ކުރިން ބުނީ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ގައުމީ ޓީމަށް އާ ކޯޗެއް ހަމަޖައްސާނެ ކަމަށެވެ. އަންނަ މަހު ސްރީ ލަންކާގައި ކުޅޭ ފޯ ނޭޝަންސް ކަޕްގައި ވެސް ގައުމީ ޓީމުން އާ ކޯޗެއް ފެނުމުގެ ފުރުސަތު އެބައޮތެވެ.

އޭއެފްސީން ސެންޓްރަލައިޒްކޮށް އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތައް ކުޅެން ނިންމާފައިވާ ތާރީހުތަކަކީ ޖޫން 8، 11 އަދި 14 ގަ އެވެ. ވޯލްޑް ކަޕް ކޮލިފައިން ގްރޫޕްތަކުގެ ބާކީ މެޗުތައް ވެސް ކުރިއަށް ދިޔަ ގޮތަށް އޭޝިއަން ކަޕްގެ ކޮލިފައިން ބާކީ މެޗުތައް ވެސް ހޯސްޓް ކުރަން ބިޑް ކުރަން އޭއެފްސީ ހުޅުވާލާނެ އެވެ. އެއީ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ގުރުއަތުލުމަށް ފަހު އެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ. މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox