ހުވަފެންތަކުން އީމާން ކުލަޖެއްސި ދުނިޔެއަށް ވިމެން އައިކަން އެވޯޑް

Oct 21, 2021, 3:57 AM
ހުވަފެންތަކުން އީމާން ކުލަޖެއްސި ދުނިޔެއަށް ވިމެން އައިކަން އެވޯޑް

ލައިފް ކޯޗިން އަކީ ރާއްޖޭގައި ލިބެން ދަތި ހިދުމަތެކެވެ. މި ދާއިރާއިން ތަމްރީނު ލިބިފައިވާ ސެޓިފައިޑް ކޯޗުންވެސް އެހާ މަދެވެ. މީގެތެރެއިން އެކަކީ ފާތުމަތު އީމާން ނަޝީދު އެވެ. މިދާއިރާއިން އީމާން ކޮށްދެމުން އަންނަ ހިދުމަތް ފާހަގަކޮށް ދާދިފަހުން އޭނާ އަށް މިވަނީ ޓައިމްސް ވިމެން އާއި ވޯލްޑް ވިމެން ކައުންސިލް ގުޅިގެންދޭ "ވިމެން އައިކޮން" އެވޯޑް ދީފަ އެވެ.

ވިމެން އައިކޮން އެވޯޑްއަކީ މުޅި ދުނިޔެއަށް ހުޅުވާލެވިގެން ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ވަރުގެ ހިދުމަތްތަކެއް ދެމުން އަންނަ އަންހެނުންގެ މަސައްކަތް ފާހަގަކޮށްދެވޭ އެވޯޑެކެވެ.

ކެރިއާއެއްގެ ގޮތުގައި އީމާން ލައިފް ކޯޗިން އަށް ހާއްސަވީ މީގެ ދެތިން އަހަރު ކުރިންނެވެ. އެހެން ނަމަވެސް ގިނަ އަހަރުތަކެއް ވަންދެން ސޯޝަލް ސާވިސްގެ ދާއިރާގައި މަސައްކަތް ކުރުމަށްފަހު އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީއަކަށް މި މަސައްކަތް ފެށުމާ ހިސާބަށް އޭނާ ކުރި ދަތުރު ދިގެވެ.

ސައިކޮލޮޖީގެ ދާއިރާއިން ޑިގްރީއަކާއި އެކު އީމާން އެންމެ ފުރަތަމަ މަސައްކަތްކުރީ ޖެންޑާ މިނިސްޓްރީގެ ސީނިއާ ސޯޝަލް ސާވިސް އޮފިސާ އެއްގެ ގޮތުގަ އެވެ. އެއީ މީގެ ނުވަ ވަރަކަށް އަހަރު ކުރި އެވެ. އޭރުވެސް ދިވެހިންނާ ބީރަށްޓެހި ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރުން ވެގެންދިޔައީ ބުރަ، ގޮންޖެހުންތައް ގިނަ މަސައްކަތަށެވެ.

އަލަތު ދަރިފުޅު ލިބެންދެން އީމާން އެ މަސައްކަތުގައި ދެމިހުއްޓެވެ. އެއާއެކު ވަޒީފާގެ މައިދާނުގައި ކުރިމަތިލާންޖެހުނު އެންމެ އުނދަގޫ ދުވަސްތަކުގެ ފެށުން އައީ ދަރިފުޅު ކުޑަކޮށް ބޮޑުވެ، އެނބުރި ރަސްމީ ވަޒީފާއަކަށް ނުދާން ނިންމި ހިސާބުންނެވެ.

"ވަރަށް މަސައްކަތް ކުރިން ޕާޓް ޓައިމް ވޯކް އެއް ލިބޭތޯ. އަމިއްލަ އަށް އެކި ތަންތަނަށް އެޕްލައި ކުރިން ޓްރެއިނިން ނޫނީ ވޯކްޝޮޕް ކަހަލަ އެއްޗެހި އެޓްލީސްޓް ނަގާލަދޭން. އެކަމަކު ރާއްޖޭގައި އަސްލު އެހާ ގިނަ ފުރުސަތުތަކެއް ނެތް ކަންނޭނގެ ޕާޓް ޓައިމްކޮށް ކުރަން. ހާއްސަކޮށް މަންމައިންނަށް" އީމާން ބުންޏެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން  އެންއީއޯސީ އާއި ސަރުކާރުގެ އިސްވެރިންނަށް  އީމާން ނެގި ސެޝަން އެއް--
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންއީއޯސީ އާއި ސަރުކާރުގެ އިސްވެރިންނަށް އީމާން ނެގި ސެޝަން އެއް--

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންއީއޯސީ އާއި ސަރުކާރުގެ އިސްވެރިންނަށް އީމާން ނެގި ސެޝަން އެއްގެ ތެރެެއިން---ފޮޓޯ:އީމާން

ނަސީބު އައިސް އަތުގައި ހިފީ ވިމެން ސެންޓާ ހުޅުވިގެން ދިއުމާ އެކު އެވެ. ގޭގައި އިނދެގެން ދަރިފުޅުގެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދިނުމަށްފަހު ބޭނުންވާ ރިސޯސް ތައްޔާރުކޮށްގެން ދާންޖެހެނީ ސީދާ ގަޑި ނަގައިދޭށެވެ. އީމާން ބުނާގޮތުންނަމަ އެއީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ތަޖުރިބާ އެކެވެ.

އިޖުތިމާއީ ދާއިރާއަށް ހުންނަ ލޯތްބާއި އެއްވަރަށް އީމާން އަކީ މޮޅު ކުރެހުންތެރި އެކެވެ. ފެހުންތެރިއެކެވެ. ލިޔުންތެރިއެކެވެ. ނުވިތާކަށް ތަދުތަކާއި ރިހުން ފިލުވައިދީ އަދި ސިކުނޑި ތާޒާކޮށްލަން އަމިއްލަ އަށް އެކި ބްލެންޑްތަކުގެ ތެޔޮ ހަދައިދީ އަރޯމާ ތެރަޕީވެސް ދޭ ފަރާތެކެވެ. މި ހުރިހާ ހުނަރަކާއި ފަންނެއް އެއްކޮށްލާ އަމިއްލަ މަސައްކަތެއް ފެށުމުގެ ގޮތުން އީމާން 2019 ގައި ހުޅުވީ އޭނާގެ ލޯބި ހުވަފެނީ އާލަމް ކަމުގައިވާ "ޑްރީމް ސްކޭޕްސް" އެވެ.

އެއް ފުރާޅެއްގެ ދަށުން އީމާން ދެމުން އަންނަ ހިދުމަތްތަކުގެ ތެރޭގައި ލައިފް ކޯޗިން އާއި މެންޓަލް ހެލްތާ ގުޅޭ އާޓްވޯކާއި އެކި ދާއިރާތަކުން ޓޫޓަރިންގެ ހިދުމަތާއި ލިޔުންތެރިކަމާއި ޅެންވެރިކަމާއި އެކިކަހަލަ ޓޯކް ސެޝަންތައް ސްކޫލްތަކަށާއި މީޑީއާތަކަށް ނަގައިދިނުން ހިމެނެ އެވެ. މިއިން ކޮންމެ ކަމަކީވެސް ނުހަނު ލޯތްބާ އެކު އޭނާ ކުރާ މަސައްކަތްތަކެވެ.

"އެރޯމާ ތެރަޕީ ކޯސް ހަދައިން ފުރަތަމަ ބޭނުންވީ އަމިއްލަ އަށް އޭތި ތަޖުރިބާ ކޮށްލަން. މަންމަވެސް އީމާންގެ ވެސް ބުރަކަށީ މައްސަލަތަކާއި އެއްޗެހި ހުންނާތީ. އެހެންވެ އަމިއްލައަށް ބްލެންޑެޑް އޮއިލްސް ހަދައިގެން އާއިލާއާ ގާތް ކުދިންނަށް ފުރަތަމަ ދިނީ. ދެން އެ ވޯކް ކުރަން ފެށީމަ އަސްލު ގިނަ މީހުން ބުނީ އީމާން މި ވިއްކަންވީ ނޫންހޭ. އިންކަމް އެއް ލިބޭނެއޭ،" އެރޯމާ ތެރަޕީގެ މަސައްކަތް ފެށުނު ގޮތާއި ބެހޭގޮތުން އީމާން ބުންޏެވެ.

ވެލިއު ބޭސްޑް  ކްލާހުގެ ތެރެއިން-- ފޮޓޯ: އީމާން
ވެލިއު ބޭސްޑް ކްލާހުގެ ތެރެއިން-- ފޮޓޯ: އީމާން

ވެލިއު ބޭސްޑް ކްލާހުގެ ތެރެއިން-- ފޮޓޯ: އީމާން

ލައިފް ކޯޗިންގެ ލައިސަންސްއާ އެކު އީމާންގެ އެންމެ ބޮޑު މަގްސަދަކަށްވީ ދިރިއުޅުމުގައި ކުރިއަށްދާނެ ގޮތެއް ނޭނގި މަޑު ޖެހިފައި ތިބި އެތައް ފަރާތަކަށް ދާންވީ މިސްރާބު ނިންމުމުގައި އެހީވުމެވެ.

"އެއްބަޔަކީ ނަފްސާނީގޮތުން ދުޅަހެޔޮ ނޫން މީހުން. މިސާލަކަށް ޑިޕްރެޝަން ކަހަލަ ކަމެއް ގޯ ތްރޫ ކުރާ މީހުން. ދެން މިތިބެނީ ނަފްސާނީ ގޮތުން ދުޅަހެޔޮ އެކަމު އެމީހާ އެންމެ ހުންނަން ބޭނުންވާ ހިސާބަށް އަދި ނުދެވޭ މީހުން. ލައިފް ކޯޗިންގައި މި އެހީވަނީ އެފަރާތްތަކަށް އެ ބޭނުންވާ ހިސާބަށް ގެންދިއުމަށް،" އީމާން ބުންޏެވެ.

އީމާންގެ ޑްރީމް ސްކޭޕްސްއަކީ މާ ބައިވަރު ވަސީލަތްތަކާއި އެކު ހިންގާ މާސިންގާ ވިޔަފާރި އެއް ނޫނެވެ. ޑްރީމްސްކޭޕްގެ ހުރިހާ މަސައްކަތަކީވެސް ހުދު އީމާން ބަލަހައްޓާ ކަންކަމެވެ. ބައެއް ރަހުމަތްތެރިން ވޮލަންޓްރީކޮށް ސެޝަން ތަކުގައި އެހީވެދޭއިރު އީމާންގެ އެންމެ ބޮޑު ސަޕޯޓަކީ އޭނާގެ ފިރިމީހާ އެވެ.

މި ދާއިރާއިން އީމާން އަށް މިހާތަނަށް ކުރެވުނު އެންމެ ބޮޑު އަދި އެންމެ ކާމިޔާބު މަސައްކަތަކީ ކުޑަކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދަ ކުރުމަށްޓަކައި އޭނާ ހިންގާ ވެލިއު ބޭސްޑް ކްލާހެވެ. މިއީ އިސްލާމީ ރިވެތި އާދަތަކާއި ރަސޫލުންނާއި ނަބިއްޔުންގެ ހަޔާތްޕުޅުގެ ގިނަ ވާހަކަތަކެއް ކުދިންނަށް އުގަންނައިދޭ ކްލާސް ތަކެކެވެ.

ކުދިންގެ ޅަ ސިކުނޑިތަކަށް ފަސޭހައިން ފަހުމު ވާނޭ ގޮތަށް މި ކްލާސްތައް އެކުލަވާލުމަށްޓަކައި ގާތްގަނޑަކަށް ދެ އަހަރު ދުވަސް ނެގިއިރު، ހުދު އަމިއްލަ ނަފްސަށްވެސް ހެޔޮ ބަދަލުތަކެއް މި މަސައްކަތުގެ ތެރެއިން ލިބުނު ކަމަށް އީމާން ބުންޏެވެ.

ފިރިމީހާގެ އޮފީހުގެ އެއް ކަނެއްގައި ކުޑަކުޑަ ވޯކްސްޕޭސްއެއްގައި އީމާން އޭނާގެ ޑްރީމްސްކޭޕްސްގެ ދުނިޔެ ތަރައްގީކުރަމުން އައި އިރު މި މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައީ ކޮވިޑާ ހިސާބުންނެވެ.

އީމާންގެ ހުރިހާ ހިދުމަތެއްވެސް އޮންލައިންކޮށް ކުރިއަށް ގެންދަންޖެހުނު އިރު، ގިނަ ކުދިން އެއްކޮށްގެން ކުރިއަށް ގެންދާ ސެޝަންތައްވެސް ހުއްޓާލަން ޖެހުނެވެ. ނަމަވެސް ލެއްޕި ދޮރުތަކާއި އެއްވަރަށް ހުޅުވުނު ދޮރުތައްވެސް ވަކި މަދެއް ނޫނެވެ. މޯލްޑިވްސް ރެޑް ކްރެސެންޓްގެ ވޮލަންޓިއަރެއްގެ ގޮތުގައި އީމާންވަނީ ލޮކްޑައުން ތެރޭގައި ސޯޝަލް ސަޕޯޓް މަސައްކަތްކޮށްފަ އެވެ. އަދި މިހާރު އީމާން އަންނަނީ ޖެންޑާ މިނިސްޓްރީއާ އެކު ކޮންސަލްޓަންސީގެ މަސައްކަތްވެސް ކުރަމުންނެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންއީއޯސީ އާއި ސަރުކާރުގެ އިސްވެރިންނަށް އީމާން ނެގި ސެޝަން އެއްގެ ތެރެެއިން---ފޮޓޯ:އީމާން/ފޭސްބުކް
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންއީއޯސީ އާއި ސަރުކާރުގެ އިސްވެރިންނަށް އީމާން ނެގި ސެޝަން އެއްގެ ތެރެެއިން---ފޮޓޯ:އީމާން/ފޭސްބުކް

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންއީއޯސީ އާއި ސަރުކާރުގެ އިސްވެރިންނަށް އީމާން ނެގި ސެޝަން އެއްގެ ތެރެެއިން---ފޮޓޯ:އީމާން/ފޭސްބުކް

އީމާންގެ ހަޔާތުން އެތަށް ބަޔަކަށް އުންމީދު ގެނެސްދެ އެވެ. އަމިއްލަ ހުނަރާއި ޝައުގުވެރިކަން ދޫކޮށްނުލާ ލިބޭ ކޮންމެ ފުރުސަތެއްގެވެސް ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ކިޔައިދެ އެވެ.

ފަހުގެ ޚަބަރު

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox