ރައުޝަން ޖިއާންގެ ނަމުގައި މަސީން އެވޯޑެއް ތައާރަފްކުރަނީ

ރައުޝަން ޖިއާން: ބަންގްލަދޭޝްއަށް ނިސްބަތްވާ ރައުޝަން މަރުވެފައިވަނީ 2018 ވަނަ އަހަރުތެރޭ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މަސައްކަތް ސައިޓެއް ކައިރިން ހިނގާފައި ދަނިކޮށް ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓުމުގެ ސަބަބުން. ރައުޝަންގެ ނަމުގައި މަސީން ދަނީ އެވޯޑެއް ތއާރަފްކުރަން ތައްޔާރުވަމުން.

ރައުޝަން ޖިއާން: ބަންގްލަދޭޝްއަށް ނިސްބަތްވާ ރައުޝަން މަރުވެފައިވަނީ 2018 ވަނަ އަހަރުތެރޭ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މަސައްކަތް ސައިޓެއް ކައިރިން ހިނގާފައި ދަނިކޮށް ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓުމުގެ ސަބަބުން. ރައުޝަންގެ ނަމުގައި މަސީން ދަނީ އެވޯޑެއް ތއާރަފްކުރަން ތައްޔާރުވަމުން.

އުމުރުން އެންމެ ނުވަ އަހަރުގައި ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ މަރުވި ރައުޝަން ޖިއާންގެ ނަމުގައި އެވޯޑެއް ތައާރަފްކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަންސް އިންޑަސްޓްރީ (މަސީ)އިން ނިންމައިފި އެވެ.

މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު "އަދަދު"އަށް ވިދާޅުވި ގޮތުގައި އެ އެވޯޑު ދޭން ތައްޔާރުވަމުންދަނީ އަންނަ އަހަރުން ފެށިގެން ދުނިޔޭގެ ހެލްތު އެންޑް ސޭފްޓީ ދުވަސް ކަމުގައިވާ އޭޕްރިލް 28 ވަނަ ދުވަހު އެވެ.

"އެވޯޑުގެ މައިގަނޑު ބޭނުމަކީ އިންޑަސްޓްރީގެ ސޭފްޓީ ސްޓެންޑާޑްތައް އިތުރަށް މައްޗަށް އެރުވުމަށް ބާރުއަޅައި ހިތްވަރު ދިނުން. ދެން އަޅުގަނޑުމެން އެ އެވޯޑު ތައާރަފްކުރަން ރައުޝަންގެ އާއިލާއާ ވެސް ބައްދަލުކުރިން ހުއްދަ ހޯދުމަށް. ވަރަށް އުފާވެފަ ތިއްބެވީ އާއިލާއިން އެކަމަށްޓަކައި،" ޖަނާހް ވިދާޅުވި އެވެ.

Advertisement

މަސީއިން އެވޯޑު ތައާރަފްކުރަނީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލައި، އެންމެ ރަނގަޅުކަމަށް ފާހަގަކުރެވޭ ހަތަރު ކުންފުންޏަކަށް ދިނުމަށެވެ.

އަދި އޭގެ ތެރެއިން އެންމެ މަތީ ފަންތި ކަމުގައިވާ ޕްލެޓިނަމް އެވޯޑަށް ރައުޝަން ޖިއާން އެވޯޑު ކިޔަން މަސައްކަތްކުރަމުންދާކަމަށް ޖަނާހް ވިދާޅުވި އެވެ. އެ އެވޯޑުގެ އިތުރުން ގޯލްޑް، ސިލްވާ އަދި ބްރޮންޒް އެވޯޑު ވެސް މަސީން ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ޖަނާހް ވިދާޅުވި އެވެ.

"މަސީގެ އޮންނާނެ ރެޖިސްޓްރީއެއް ވެސް. އެ ރެޖިސްޓްރީގައި ސޮއިކޮށްފައި ތިބޭ ކުންފުނިތަކުން މަސީގެ އޮންނަ ކޯޑާއި ސޭފްޓީ ސްޓެންޑާޑްތައް ފޮލޯ ކުރަން ޖެހޭނެ. ދެން އެކަން މަސީން ބަލަން ވެސް ބަލާނެ. ސޭފްޓީ ސްޓެންޑާޑްތައް ރަނގަޅު އަސްލު ހަގީގަތުގަ، އެކަމަކު ހަމަ މަދު ބައެއްގެ ސަބަބުން ވެސް ހިތާމަވެރި ކަމެއް ވެދާނެ،" ޖަނާހް ވިދާޅުވި އެވެ.

އެވޯޑުގެ ސަބަބުން ދާއިރާގައި ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރުމުގައި ވާދަވެރިކަމެއް އުފެދިގެން ދާނެ ކަމަށް ޖަނާހް ލަފާ ކުރެ އެވެ. އަދި އެއާއެކު ދާއިރާއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ޖަނާހް ވިދާޅުވި އެވެ.

އެވޯޑާއެކު ފައިސާގެ އިނާމެއް ވެސް ދޭއިރު، އެ އެވޯޑަކީ ބޮޑަށް ރަމްޒީ ގޮތުން ކުންފުނީގެ ރައްކާތެރިކަމުގެ ސްޓެންޑާޑު ދައްކުވައިދޭ އަދި ކުންފުންޏަށް މަތީ ލަގަބެއް ގެނުވައިދޭ އެވޯޑަކަށް ވެގެންދިޔުމަށް އުއްމީދު ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު ހަގީގަތުގަ މިދިޔަ އަހަރު ދޭން ފަށަން މަސައްކަތް ކުރި އެވޯޑެއް އެއީ. އެކަމަކު ކޮވިޑާ ހެދި އެކަން މަޑުކުރަން ޖެހުނީ. ދެން އަންނަ އަހަރުން ފެށިގެން އިރާދަކުރެއްވިއްޔާ ހަމަ ރައުޝަން ޖިއާންގެ ނަމުގައި އެވޯޑު ދެވޭތޯ މަސައްކަތް ކުރާނީ،" ޖަނާހް ވިދާޅުވި އެވެ.

ޖިއާން މަރުވި ހާދިސާގެ ހުލާސާ

ބަންގްލަދޭޝްއަށް ނިސްބަތްވާ ރައުޝަން ޖިއާން މަރުވެފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަސްތެރޭ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މަސައްކަތް ސައިޓެއްކަމުގައިވާ މ. ނަލަހިޔާމަންޒިން ކައިރިން ހިނގާފައި ދަނިކޮށް ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓުމުގެ ސަބަބުންނެވެ.

މަސީގައި 300 އެއްހާ ކުންފުނި ރެޖިސްޓްރީކޮށްފައިވާއިރު، ޑަބްލިއު ކޮންސްޓްރަކްޝަނަކީ މަސީގެ ރެޖިސްޓާޑް ކުންފުންޏެއް ނޫނެވެ.

ރައުޝަން ޖިއާންގެ މަރާ ގުޅިގެން، އާއިލާއަށް 4.5 މިލިއަން ރުފިޔާގެ ބަދަލެއް ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް ސިވިލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.

ޖިއާންގެ އާއިލާއަށް ބަދަލު ނަގައިދީފައި ވަނީ ތިން ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ޖިއާން މަރުވުމުގެ ސަބަބުން ދަރިފުޅުގެ ލޯތްބާއި ދެމީހުންގެ ތެރޭގައި އޮންނާނެ ގުޅުން ނެތިދިޔުމުން ލިބުނު ގެއްލުމަށް ނަގައިދިން 1،028،000ރ. އާއި އާއިލާއަށް ލިބުނު ތަދާއި ވޭނުގެ ބަދަލުގެ ގޮތުގައި ނަގައިދިން 2،196،361ރ. އާއި ޖިއާންގެ ދުނިޔޭގައި ހުރި ނަމަ މަސައްކަތްކޮށްގެން ލިބޭނެ ކަމަށް ލަފާ ކުރާ 1،290،361ރ. އާއި ފަރްޒާނާގެ ބޭސް ފަރުވާއަށް ހަރަދުވި 42،318ރ. އެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އެ ބަދަލު ނަގައިދީފައި މީހަކު ނުވަތަ ބަޔަކު ކުރާ ގާނޫނާ ހިލާފު އަމަލަކުން ލިބޭ ގެއްލުމުގެ ބަދަލު ތިން ވަނަ ޕާޓީއެއްގެ ފަރާތުން ނަގައިދޭ ވައިކޭރިއަސް ލަޔަބިލިޓީގެ އުސޫލުގެ ދަށުންނެވެ.

އެ މައްސަލައިގައި އެ ކުންފުނީގެ ތިން މުވައްޒަފަކު އިހުމާލުވާ ކަމަށް ކަނޑައަޅައި ޖިނާއީ ކޯޓުން ކުރިން ހުކުމްކޮށްފައި އޮތުމުން އެކަމުގައި ޑަބްލިއު ކޮންސްޓްރަކްޝަން ވެސް ޒިންމާ އުފުލަންޖެހޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި އެވެ.

އެ މައްސަލާގައި ހަ މީހެއްގެ މައްޗަށް 2019 ގައި ދައުލަތުން ޖިނާއީ ދައުވާ ވެސް ކުރި އެވެ. އެއީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ސުޕަވައިޒަރު މޫސާ ހަސަންގެ އިތުރުން އިންޑިއާގެ ހަތަރު މީހެއްގެ މައްޗަށެވެ.

އޭގެ ތެރެއިން ދެ ބިދޭސީއަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ބާކީ ތިބި ދެ ބިދޭސީންނާއި ސުޕަވައިޒަރުގެ މައްޗަށް އިއްވީ ޖޫރިމަނާގެ އަދަބެކެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އޭރު ހުކުމްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox