މަހުމޫދުގެ މަރު: ޖަމްޝާދާއި ޝާރިހު ހައްޔަރުކުރީ ޑްރަގް ޓްރެފިކިން މައްސަލައެއްގައި

މަހުމޫދުގެ މަރާ ގުޅިގެން ދަނގެތިން ފުލުހުން ހިމާޔަތް ދިން ތިން މީހުންގެ ތެރޭގައި ހިމެނޭ ޖަމްޝާދު (ވ) އަދި ޝާރިހު (ކ). -- ފޮޓޯ: ފޭސްބުކް

މަހުމޫދުގެ މަރާ ގުޅިގެން ދަނގެތިން ފުލުހުން ހިމާޔަތް ދިން ތިން މީހުންގެ ތެރޭގައި ހިމެނޭ ޖަމްޝާދު (ވ) އަދި ޝާރިހު (ކ). -- ފޮޓޯ: ފޭސްބުކް

އދ. ދަނގެތީގައި މިދިޔަ ބުރާސްފަތި ދުވަހު މަރާލާފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ މަރާލުމުގެ ތުހުމަތު އެ ރަށު މީހުން ކުރާ އަލީ ޖަމްޝާދާއި ޝާރިހު އަލީ ހައްޔަރުގައި ތިބީ ޑްރަގް ޓްރެފިކިން މައްސަލައެއްގައި ކަން "އަދަދު"އަށް ކަށަވަރުވެއްޖެ އެވެ.

މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ދުވަހު ދަނގެތި ރައްޔިތުން ވަނީ މި ދެ މީހުންގެ މައްޗަށް އޭނާ މަރާލުމުގެ ތުހުމަތުކޮށް، މި ދެ މީހުން ފުލުހުންނާ ހަވާލުކޮށްފަ އެވެ. މި މީހުންގެ މައްޗަށް އެ ތުހުމަތު ކުރީ ކުރިން އެ މީހުން އުޅުނު އއ. ތޮއްޑޫގައި ހިނގައިދި ކަންތައްތަކަކާ ގުޅިގެންނާއި ދެ މީހުންގެ ވެސް ކުށުގެ ރެކޯޑުގެ މާޒީއެއް އޮންނާތީ އެވެ.

މަހުމޫދުގެ މަރަށް ފަހު ހިނގައިދިޔަ ކަންކަމާއި ގުޅިގެން މި ދެ މީހުންނާއި އިތުރު އަންހެނަކު ހިމެނޭގޮތަށް ތިން މީހަކަށް ފުލުހުން ހިމާޔަތް ދޭން ޖެހުނެވެ.

ފަހުން އެ މީހުން އދ. މަހިބަދޫ އަށް ގެންގޮސް، އެހެން މައްސަލައެއްގައި ހައްޔަރުކުރި ކަމަށް ފުލުހުން ހާމަކުރި އެވެ. އެކަމަކު އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނުބުނެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބުނު ގޮތުގައި މި ދެ މީހުންނަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން މުއްދަތު ޖެހީ ޑްރަގް ޓްރެފިކިން މައްސަލައެއްގަ އެވެ. އެކަމަކު އެއީ ކިހާ ދުވަހެއް ކަމެއް ކަށަވަރެއް ނުވެ އެވެ.

އަދި މި މީހުންނާ އެކީ ހިމާޔަތް ދީގެން ފުލުހުން ގެންދިޔަ އަންހެން މީހާއަށް މުއްދަތު ޖެހީ ކޮން މައްސަލައެއްގައި ކަމެއް ވެސް ޔަގީނެއް ނޫނެވެ.

މި މައުލޫމާތުތައް ކަށަވަރުކުރަން ފުލުހުންގެ މީޑީއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ "އެ މައުލޫމާތުތައް އަދި ހާމަކުރެވެން ނެތް" ކަމަށެވެ.

މަހުމޫދުގެ މަރުގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް

މިހާތަނަށް މަހުމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި ބަންދުކުރީ ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހުންނަ ސާލިމް ނަމަކަށް ކިޔާ ބިދޭސީއެކެވެ. މި ވަގުތު އޭނާ ހުރީ މި މައްސަލައިގައި 15 ދުވަހުގެ ބަންދެއްގަ އެވެ.

މި މައްސަލައިގައި މީނާ ހައްޔަރުކުރި މައުލޫމާތުގެ އިތުރުން އެހެން ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެކި މަސްދަރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ކުރިއެރުންތަކާ ގުޅިގެން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ޕީއެސްއެމްގެ ހަބަރަށް ވިދާޅުވީ މީހަކު ހައްޔަރު ކުރި ނަމަވެސް މައްސަލައިގެ ތަހުގީގު ވަކި ދިމާލަކަށް ނުހުއްޓޭ ކަމަށެވެ. އަދި މި މައްސަލައިގައ "މޯޓިވް" ނިންމާނީ ބަލަން ޖެހޭ ހުރިހާ ކަންކަން ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox