ކައުރީ ޓީޝާޓުގެ ކުލަތަކާއި ޑިޒައިންތަކާއި އެނގެންވީ ވާހަކަތައް

އިލާލާ އިން ބާޒާރަށް ނެރެފައިވާ ކައުރީ ބްރޭންޑްގެ ޓީޝާޓެއް. -- ފޮޓޯ:އިލާލާ

އިލާލާ އިން ބާޒާރަށް ނެރެފައިވާ ކައުރީ ބްރޭންޑްގެ ޓީޝާޓެއް. -- ފޮޓޯ:އިލާލާ

ޒުވާނުންގެ މެދުގައި މަޝްހޫރުކަން ހޯދަމުން އަންނަ "އިލާލާ" ގެ ކައުރީ މަރުކާގެ ދިވެހި ޓީޝާޓުތައް ބާޒާރަށް ނެރެފި އެވެ.

ދިވެހިވަންތަ ހަތް ޑިޒައިނެއްގެ ޕްރިންޓް ހިމަނައިގެން ތައްޔާރުކޮށްފައިވާ ކައުރީގެ ޓީޝާޓުތައް މީގެ މަހެއް ކުރިން ބާޒާރަށް ނެރުނު އިރު، ކައުރީ ކުޑައިގެ ދަށުން ދިވެހި ޕްރިންޓުގެ ވެކިއުމް ފްލެސްކު ވެސް ވިއްކަ އެވެ. އަދި ދިވެހި ކުރެހުން އެޅި މޫދު ސޯޓާއި ތުވާލި ވެސް ވިއްކަ އެވެ. ޓީޝާޓަކީ ސަތޭކަ ޕަސެންޓު ދިވެހި ބްރޭންޑަކަށް ފުޅާކުރަމުން އަންނަ "ކައުރީ" ގެ އެންމެ ފަހުގެ އުފެއްދުމެވެ. މި މަރުކާ އަށް އަދި ވެސް ދިވެހިންނާ ގުޅޭ، ދިވެހި "ފީލް" ގެ އިތުރު އުފެއްދުންތައް ތައާރަފު ކުރަން ނިންމާފައިވެ އެވެ.

"އިލާލާގެ ދިވެހި ބްރޭންޑް ކައުރީ އަކީ. އެހެންވީމަ އަޅުގަނޑުމެން މި މަސައްކަތްކުރަނީ، ދިވެހިންނަށް ކަމުދާ ގިނަ ދިވެހި އުފެއްދުންތަކެއް ކައުރީ މަރުކާ އިން ވުޖޫދަށް ގެންނަން، އަލަށް ތައާރަފް މި ކުރި ޓީޝާޓު ތަކަކީ ވެސް އަރާމު މެޓީރިއަލެއްގައި ދިވެހި ކުލަ ޖައްސައިގެން ތައްޔާރުކޮށްފައިވާ ހިތްގައިމު އުފެއްދުމެއް،" އިލާލާގެ އެއް ފައުންޑިން ޕާޓްނަރު އަޝްޖައު ޝަހީދު ބުންނެވެ.

އޭނާ ބުނީ، އިލާލާގެ އުފެއްދުންތައް ދިވެހިން ބަލައިގަންނަ ކަމަށެވެ. އެހެންވެ، ވިޔަފާރި އިތުރަށް ފުޅާ ކުރުމުގެ ގޮތުން މިހާރު ހުޅުމާލޭގައި ވެސް އައުޓްލެޓެއް ހުޅުވާފައިވާ ކަމަށް ބުންޏެވެ.

އިލާލާގެ ކައުރީ ބްރޭންޑްގެ ޓީޝާޓެއް
އިލާލާގެ ކައުރީ ބްރޭންޑްގެ ޓީޝާޓެއް

އިލާލާގެ ކައުރީ ބްރޭންޑްގެ ޓީޝާޓެއް

ހުޅުމާލެ 11112 ވަނަ ލޮޓުގައި ހުޅުވާފައިވާ އިލާލާ ގެ އާ ފިހާރަ، "އިލާލާ ސްޓައިލު"ން މާލޭގައި ހުރި އިލާލާގެ ފިހާރަތަކުން ވިއްކާ ހުރިހާ އުފެއްދުމެއް ކަހަލަ ގޮތަކަށް ލިބެން ހުންނާނެ އެވެ. ޑެލިވަރީގެ ހިދުމަތް ވެސް، މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ދޭނެ އެވެ.

އިލާލާ އިން ބުނީ އަމާޒަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ކަމުދާ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

ހުޅުމާލޭގައި ހުޅުވި އިލާލާގެ ފިހާރަ
ހުޅުމާލޭގައި ހުޅުވި އިލާލާގެ ފިހާރަ

އިލާލާގެ އާ ޓީޝާޓު ތަކުން "ކައުރީ" ގެ ޕްރޮޑަކްޓް ލައިނަށް އިތުރު ފުރިހަމަކަމެއް އަންނާނެ އެވެ. "ކައުރީ ދޯރު" އަށް އޮތް ޑިމާންޑާއި މޫދު ސޯޓަށް އޮތް ޑިމާންޑުން އިލާލާގެ ކޮލިޓީ ރަނގަޅުކަން ސާބިތުކޮށްދީފި އެވެ. އެ ކޮލިޓީއާއި ޔަގީންކަމުގައި އަލަށް ނެރުނު ޓީޝާޓްތަކަށް ވެސް ރަނގަޅު ޑިމާންޑެއް ލިބޭނެ ކަމަށް އިލާލާ ގަބޫލުކުރެ އެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox