މިފަހަރު މިއޮތީ ކުޅުދުއްފުށީ މީރު މަސްބޮނޑިއެއް!

މަސްބޮނޑި، މިއީ ކުޅުދުއްފުއްޓަށް ހާއްސަ ބާވަތެއް-- ފޮޓޯ:ސަމާހަތު

މަސްބޮނޑި، މިއީ ކުޅުދުއްފުއްޓަށް ހާއްސަ ބާވަތެއް-- ފޮޓޯ:ސަމާހަތު

ވަޅޯ މަހުގެ ތެރެއަށް ހަވާދު ފުނޑައި އެޅުމަށްފަހު ގުޅައެއް ހަދާ ދުނބުރި ފަތަށް ލައި، ފަންވަތަކުން އޮޅާލުމަށްފަހު ފިހެފައި މިވާ "މަސް ބޮނޑި" އަކީ ކުޅުދުއްފުށްޓަށް ހާއްސަ، ދިވެހި ތަފާތު ރަހައެކެވެ. ކޮންމެ އެއްޗަކާއި އެކީވެސް ކެއުމަށް ނިކަން ހެޔޮވަރެވެ.

މީގެ 18 ވަރަކަށް އަހަރު ކުރިން މާލެ ބަދަލުވި މިހާރު އުމުރުން 58 އަހަރުގެ ހަދީޖާ އިބްރާހިމް އޭނާގެ ދަރިންގެ ބައިވެރިވުމާއެކު މިފަހުން ކުރަން ފެށި މަސައްކަތަކީ މި އެވެ. "މަންމާސް ސްޕެޝަލް މަސް ބޮނޑި" ނަމުގައި މަސްބޮނޑި ހަދައި ވިއްކުމެވެ.

ހަދީޖާ ބުނާ ގޮތުން މަސް ބޮނޑިއަކީ އޭނާ ހަނދާން ހުންނަން ފެށީއްސުރެވެސް ކުޅުދުއްފުށީގައި ތައްޔާރުކުރެވޭ ހާއްސަ ކެއުމުގެ ބާވަތެކެވެ.

Advertisement

"ކުރީގަ މާލޫދުކީ އިރު ކޭމަށް ލައިގެން ގެންދާނެ މަސްބޮނޑި. ފަހުން ފަހުން އައިސް ހާއްސަ ދުވަސްތަކުގައި ވެސް ހަދާނެ. މިހާރު ވެސް ކޮންމެ ހުކުރު ދުވަހަކު ރަށުގައި ވިއްކާނެ މީހުން މަސްބޮނޑި ހަދައިގެން،" ހަދީޖާ ބުންޏެވެ.

މަސް ބޮނޑި --- ފޮޓޯ:ސަމާހަތު
މަސް ބޮނޑި --- ފޮޓޯ:ސަމާހަތު

ހަދީޖާ ތައްޔާރު ކުރާ މަސްބޮނޑި --- ފޮޓޯ:ސަމާހަތު

މިފަހުން މަސްބޮނޑި އަގަށް ހަދައިދޭން ފެށުނީ ހަދީޖާގެ ދަރިފުޅުގެ ރައްޓެއްސެއްގެ އެދުމުގެ މަތިންނެވެ.

"އޭނަގެ ދަރިފުޅު ރަށަށް ގޮއްސަ އައީ އެންމެ ދެ މަސްބޮނޑި ހިފައިގެން. އެހެންވެ ގުޅާފަ މިބުނީ މި ހެދިދާނެތޯ. ދެން އަޅުގަނޑު ބުނިން ތި އެއްވެސް ކަމެއް ނޫނޭ ހަދައިދީފާނަމޭ. އެދުވަހު ތަންކޮޅެއް ގިނައިން ހެދީމަ ކުދިވެރިން އޭގެ ފޮޓޯ ނަގާފައި އެކި މީހުންނަށް ދެއްކި ހިސާބުން، މިހެން ފެށުނީ" ހަދީޖާ ކިޔައިދިނެވެ.

މަސްބޮނޑިތައް ހަދަން ރަށުން ދުނބުރިފަތާއި ފަނާ ގެނެސްގެން ކުރި މަސައްކަތް ވަރަށްވެސް ކާމިޔާބެވެ. ހަދީޖާގެ ދަރިފުޅު ސަމާހަތު ބުނި ގޮތުގައި މަންމަ މަސްބޮނޑީގެ މަސައްކަތުގައި އުޅުނު ދެތިން ފޮޓޯއެއް ވައިބާ ގްރޫޕެއްގައި ޝެއާކޮށްލުމާއެކު އެ ގްރޫޕުގައި ތިބި އެންމެން ވެސް ކުޅު ދިޔާވެ މީގެ ރަހަބަލާލާ ހިތްޖެހުނެވެ. އެންމެ ފަހުން ޖެހުނީ މީހުންގެ އޯޑަރަށް މަސްބޮނޑި ހަދައިން ވިއްކާށެވެ.

މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު
މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު

މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު

ހަދީޖާ ބުނާ ގޮތުން މަސްބޮނޑީގެ ރަހަ ހެޔޮވަރުކުރުމަށްޓަކައި އެންމެ މުހިންމީ ހަވާދު މީރުކޮށް ހެދުމެވެ. ކުޅުދުއްފުށީގައި މަސްބޮނޑި ތައްޔާރުކުރަން ހަދައިއުޅެނީ ވެސް ތަފާތު ހަވާދު ގަނޑެކެވެ.

"އާންމު އެހެން ހަވާދަށް އަޅާވަރަށްވުރެ ދަވިއްގަދާއި ދިރި އެއްޗެހި އަޅާ މިންވަރު ތަފާތުވާނެ މި ހަވާދުގައި. ބައެއް މީހުން ވަރަށް ގިނައިން ހުނިވެސް އަޅާ. އެކަމަކު އޭރުން މަސް ބޮނޑިއަކަށް އަސްލު ނުވޭ،" ހަދީޖާގެ ދަރިފުޅު ސަމާހަތު ބުންޏެވެ.

މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު
މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު

މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު

ހަދީޖާ ތައްޔާރުކުރާ މަސްބޮނޑިއަކީ އޭނާގެ މަންމަ ފަރާތުން ވާރުތަވި އާއިލީ ރެސިޕީއެކެވެ. މިހާރު ކޮންމެ ދުވަހަކު ވެސް މަސްބޮޑު ހަދަންޖެހެ އެވެ.

ރޭގަނޑު ދިހައެއް ޖަހާއިރު ކުރިއަށް އޮތް ދުވަހުގެ އޯޑަރުތައް ނަގާއިރު، އިރުއެރުމާއެކު އަވަސްވެގަންނަނީ މާރުކޭޓުން ތާޒާ ވަޅޯމަސް ލިބޭތޯ އެވެ. އެއަށްފަހު ހެނދުނު އަށެއްޖަހާއިރު މަސްބޮނޑި މޮޑުމުގެ މަސައްކަތް ފެށޭއިރު އެންމެ ގިނަވަގުތު ހޭދަވަނީ އުނދުންމަތީގައި މި ފިހުމަށެވެ.

މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު
މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު

މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު

މަސްބޮނޑިއަކީ އަސްލު ދަރު އުނދުނުގައި ފިހެވޭ އެއްޗެއްކަމުގައިވިޔަސް، މާލޭގައި އަދި އެފަދައިން އެކަން ކުރުމުގެ ފުރުސަތެއް ނެތެވެ. އެހެންނަމަވެސް ހަދީޖާގެ އާއިލާއިން މިހާރުދަނީ ޗާކޯލް ބޭނުންކޮށްގެން ގޭގައި ބޮނޑި ފިހެ، ރަހަ އަށް އަންނަ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކުރުމަށް ވިސްނަމުންނެވެ.

މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު
މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު

މަސް ބޮނޑި ހެދުމުގެ ތެރެއިން -- ފޮޓޯ: ސަމާހަތު

ހަދީޖާ އަށް އެންމެ މުހިންމީ މަސްބޮނޑީގައި ލާންޖެހޭ އޭގެ އަސްލު އޮތެންޓިކް ރަހަ ނުގެއްލި ޒަމާނީ ސުފުރާތަކާއި ހިސާބަށް މި ގެންގޮސްދިނުމެވެ.

"މިކްސަރުން ފުނޑީމާ ވެސް މީގެ އަސްލު ރަހައެއް ނުލާ. އެހެންވީމަ ހަމަ ގޭގައި ދާއިން އަމިއްލަ އަށް ފުނޑައިން ހަވާދުވެސް މި ހަދަނީ،" ހަދީޖާ ބުންޏެވެ.

ޅައުމުރުގައި ހަކުރާ ބަތާއި އެކީ ނުވަތަ މާޅޮސް ކޭލާއި މޮޑެގެންވެސް މަސް ބޮނޑިއަކީ ކެއުމަށް ހަމަ އެންމެ މީރު އެއް ބާވަތެވެ. އެކަމަކު މިއަދު ހަދީޖާގެ ކަސްޓަމަރުންނަށް މަސްބޮނޑިއާ ތަރުކާރީ ކޮޅެއް އެކަނިވެސް ފުދެ އެވެ. ނޫނީ ކޮންމެ ވައްތަރެއްގެ ރިހައަކާއި އެކީވެސް ސައިޑެއްގެ ގޮތުގައި ގިނަ ބަޔަކަށް މަސް ބޮނޑި ކަމުދެ އެވެ.

"މަސް ބޮނޑީގެ އެންމެ ޔުނީކް ކަމަކީ އަސްލު މި ކޮންމެ އެއްޗަކާ އެކީގައިވެސް ކެވޭ. ކުރިން ދުވަހަކު ކަސްޓަމަރަކު ބުނި މަސްބޮނޑި ކެއީ ނޫޑުލްސްއާ އެކީގައޭ. އަޅުގަނޑުމެން ޓްރައިކޮށްފިން ސްޕެގެޓީއާ އެކީގައިވެސް. ހަމަ ވަރަށް ކަމުދޭ. ނޫނީ ރޮށްޓާ ޖައްސައިންވެސް ވަރަށް މީރު،" ސަމާހަތު ބުންޏެވެ.

ހަމަގައިމުވެސް ދިވެހި އަމިއްލަ ރަހަތަކަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް މަސްބޮނޑިއަކީ ތަފާތު ރަހައަކަށް ވާނޭ ކަން ޔަގީނެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox