ކޯޓުގެ މަސައްކަތް ކުޑައަޑިކޮށްލުމަށް ދެތިން ކަމެއް!

ކޯޓުގެ މަސައްކަތް ކުޑައަޑިކޮށްލުމަށް ދެތިން ކަމެއް!

ދައުވާ ލިބޭ މީހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ ވެސް ޝަކުވާއަކީ ކުރިމިނަލް ކޯޓުގައި މައްސަލަތަކުގެ ސްޕީޑް ލަސްވުމެވެ. ކުރިމިނަލް ކޯޓުގެ ޝަކުވާއަކީ އެކަށީގެންވާ މިންވަރާ ގާތަށްވެސް ފަނޑިޔާރުން ނެތުމާއި، މުވައްޒަފުން މަދުވުމާއި އިމާރާތުގެ ޖާގައިގެ ދަތިކަމެވެ. އެކަން ހަމަޖައްސަން އޮތް ޖޭއެސްސީ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޝަކުވާއަކީ ބަޖެޓު ނެތުމެވެ. ބަޖެޓު ދޭން އޮތް ފިނޭންސް މިނިސްޓްރީގެ ޖަވާބަކީ ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތެވެ.

ލާމެހިގެންދާ މި ޝަކުވާގެ ޗޭނުގެ ތެރޭގައި އޮތް ދެބަސްނުވެވޭނޭ ހަގީގަތަކީ ކުރިމިނަލް ކޯޓުގައި މައްސަލަތައް ހިނގާ ސްޕީޑް ލަސްކަމެވެ. ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ޖިނާއީ މައްސަލައެއްގެ ޝަރީއަތް ނިންމޭނޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވިޔަސް އެ އިޖުރާއަތުތައް ހިންގުމުގައި ހުރި ދަތިތައް އެނގޭނީ އެކަން ކުރާން ތިބި ބަޔަކަށެވެ. އެހެން ނަމަވެސް ކުރެވޭނީވެސް ކުރާން އުޅުނީމަ އެވެ. ކުރާން އުޅުނީމާ ދަތިތައް ހުއްޓަސް ކުރެވޭނެ އެވެ. މަސައްކަތްތައް ގިނަވިޔަސް ކުރެވޭނެ އެވެ. އެއްކަމެއް ކުރިޔަސް އަނެއް ކަމެއްވެސް ކުރެވެން ވާނެ ނޫންތޯ އެވެ.

ފުރަތަމަ ޕެރެގްރާފްގައި މި ފާހަގަކުރި ޝަކުވާތަކާއި ދަތިތައް އެހެން ހުރެމެ، މައްސަލަތައް މިހާރަށްވުރެ އަވަހަށް ހިންގުމަށް ކުރެވިދާނެޔޭ ހީވާ ދެތިން ކަމެއް ދަންނަވާލާނަމެވެ. މީގައި އޮތީ ޖޭއެސްސީ އަށް ކުރެއްވިދާނޭ ކަމަކާއި ޕްރޮސިކިއުޓަ ޖެނެރަލަށް ކުރެއްވިދާނޭ ކަމަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްލައްވަންވީ ކަމެކެވެ.

ވަގުތީ ގޮތުން މަސައްކަތްކުރާނޭ ފަނޑިޔާރުން އައްޔަނުކުރުން

ކޯޓެއްގައި މައްސަލަތައް ފުނިޖެހިދާނޭކަން އެއީ ގާނޫނު ތަސައްވުރުކޮށްފައި ނެތް ހާލަތެއް ނޫނެވެ. އެގޮތަށް މެދުވެރިވުމަކީ ވެދާނޭކަމެއްކަން ގާނޫނު ހަދާ މީހުންނަށް އެނގެ އެވެ. ފަނޑިޔާރުންގެ ގާނޫނުގައި 51 އަދި 52 ވަނަ މާއްދާއެއް ލިޔެފައި އެއޮތީ އެހެންވެ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 51 ވަނަ މާއްދާގައި އޮންނަނީ "ފަނޑިޔާރަކާ ވަގުތީ ގޮތުން އެހެން ކޯޓެއްގައި ޝަރީއަތްކުރަން ހަވާލުކުރެވޭނީ، މަސައްކަތް ހަވާލުކުރެވޭ ކޯޓުގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ނުހިނގާ ނަމަ، ނުވަތަ އެ ކޯޓުން ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިނަމަ، ނުވަތަ އެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުން މަސައްކަތަށް ނުކުތުން މަނާކުރެވިފައިވާ ނަމަ، ނުވަތަ މިނޫންވެސް ކޯޓުގެ މަސައްކަތް ލަސްވާފަދަ ނުވަތަ ހުއްޓޭފަދަ ސަބަބުތަކެއް ހުރިނަމަ އެވެ." މިހެންނެވެ. ކްރިމިނަލް ކޯޓު އެ އޮތީ އެ ހާލަތުގަ އެވެ. މި ވަގުތު އެ މާއްދާގެ ބޭނުން ނުހިފަންވީ އެއްވެސް ސަބަބެއް ނެތެވެ. ޑްރަގް ކޯޓުގައި 'ފަރުވާގެ އަމުރު' ކުރައްވަން ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ވަގުތީ ގޮތުން ކުރިމިނަލް ކޯޓުގެ މަސައްކަތަށް ނެރެންވީ އެވެ. އެ ގޮތަށް އަމަލުކޮށްގެން ޑްރަގް ކޯޓުގެ މަސައްކަތަށް އައިސްދާނޭ ދަތިކަމެއް އޮވެދާނެޔޭ ހިއެއް ނުވެ އެވެ.

ބައެއް މައްސަލަތައް އަނބުރާ ގެންދިއުން

ކުރިމިނަލް ކޯޓުން މައްސަލަތައް ހިންގުން ލަސްވުމަކީ ޕްރޮސިކިއުޓަ ޖެނެރަލްގެ ނަޒަރުގައި ވެސް ވަރަށް ބޮޑު މައްސަލައެކެވެ. އެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރައްވަނީވެސް ނުހަނު ނުހުރިވަޑައިގެން ހުންނަވަ އެވެ.

މިކަމުގައި އެމަނިކުފާނަށް ދެއްވޭނޭ ކަމަށް ފެންނަ ހައްލެއްވެސް އެބައޮތެވެ. ކުރިމިނަލް ކޯޓަށް ހުށަހަޅާފައި ހުރި ޖުނަހުގެ ދަރަޖައިގެ ކުށާ ގުޅޭ މައްސަލަތަކުގެ ތެރެއިން ގިނަ ދުވަސްވެފައި ހުރި މައްސަލަތައް އަނބުރާ ގެންދަވަންވީ އެވެ. އެކަމުގައި މިންގަނޑެއް ކަނޑައެޅުއްވިދާނެ އެވެ. މިސާލަކަށް، އެ މައްސަލަ ހުށަހެޅުނު ފަހުން ދެ އަހަރެއްހައި ދުވަސް ހޭދަވެފައި އޮތުމާއި، އެ މައްސަލައިގައި މީހެއްގެ ޖިސްމަށް ނުވަތަ މުދަލަށް އަނިޔާއެއް ދީފައި އޮތްނަމަ އޭގެ ބަދަލު ދޭން އެއްބަސްވުމާއި، ޕީޖީއާއެކު ނަސޭހަތުގެ އެއްބަސްވުމެއްގައި ސޮއިކުރުން ފަދަ މިންގަނޑެއް އެކުލަވާލެވިދާނެ އެވެ. ކުދިކުދި މައްސަލަތަކުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ތަކުލީފު ލިބެމުންދާ މީހުން ނުހަނު ގިނަ އެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ފުރަތަމަ ފަހަރަށް ޖިނާއީ ކުށެއްގެ ދައުވާ އުފުލެވިފައި ތިބި މީހުންނެވެ. މާނައަކީ ކުށުގެ ވެށީގައި އުޅޭ ބައެއް ނޫނެވެ. މިފަދަ މައްސަލަތައް ފާހަގަކޮށް އަނބުރާ ގެންދާނޭ މިންގަނޑެއް އެކުލަވާލައި އަނބުރާ ގެންދިއުމަކީ މަދު ދުވަސްތަކެއްގެ ތެރޭގައި ކުރެވިދާނޭ ލުއި މަސައްކަތެކެވެ.

ޖުނަހުގެ މައްސަލަތަކަކީ އެއް އަހަރަށްވުރެ ކުރު މުއްދަތެއްގެ ޖަލު ހުކުމް ކަނޑައެޅިފައިވާ މައްސަލަތަކެވެ. މި ބާވަތުގެ މައްސަލަތަކުގައި މުޅި ހުކުމް ޖޫރިމަނާއަށްވެސް ބަދަލުކުރެވޭނެ އެވެ. މިސާލަކަށް ހުއްދަނެތި ތަނަކަށް ވަނުމާއި، މަގުމަތީގައި އަޑުގަދަ ކުރުން ފަދަ ކުށްތަކަކީ ޖުނަހުގެ ކުށެވެ.

ބަޔާންތައް ޓައިޕުކުރުމަށް އެހެން ކޯޓުތަކުގެ މުވައްޒަފުންގެ އެހީތެރިކަން ހޯދުން

ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން ކޯޓުގައި ހަސްމުން ދައްކާ ވާހަކަ އަކުރުން އަކުރަށް ލިޔާން ޖެހެ އެވެ. ޝަރީއަތުގެ ރެކޯޑު ބަލަހައްޓަން ޖެހެނީ ލިޔުމުންނެވެ. އެކަމަކީ ވީޑިއޯ، އޯޑިއޯ ރެކޯޑިން އަކުން ފުދޭނޭ ގޮތަށް އޮތް ކަމެއް ނޫނެވެ. ކުރިމިނަލް ކޯޓުގައި މިހާރު ވަރަށް ގިނަ މައްސަލަތައް ނުނިމި ދިގުލައިގެންދާ ސަބަބަކީ މި ބަޔާންތައް ނުލިޔެވުމެވެ. ފަނޑިޔާރުގެ ސެކްޝަންގައި ހުރި ހަމައެކަނި މުވައްޒަފަށް ކޯވިޑްޖެހިގެން އެ ގެއްލުނީ ސާދަ ދުވަހެވެ. އެނބުރި މަސައްކަތަށް ނުކުމެވޭއިރު އެއްކަލަ ސާދަ ދުވަހުގެ ތެރޭގައި ހިންގި ޝަރީއަތްތަކާއެކު ޓައިޕްކުރަންޖެހޭ ބަޔާންތައް ގުނާ އަދަދު ނުކުރެވެ އެވެ. މީގެ ހައްލަކީ ކުރިމިނަލް ކޯޓަށް މުވައްޒަފުން އިތުރުކުރުން ނަމަ އެއީ ދުވަހަކު ކޮޅުންވެސް ގެނެވޭނޭ ހައްލެއް ނޫނެވެ. މުވައްޒަފުން އިތުރުކުރަން އެދުނީމާ "ބަޖެޓު ނެތޭ ބަޖެޓު ނެތޭ" ނޫން އަޑެއް ނީވޭނެ އެވެ.

މި ހާލަތުގައި ހެދިދާނޭ ގޮތެއް ކަމަށް ފެންނަނީ އެހެން ކޯޓުތަކުގެ މުވައްޒަފުންގެ އެހީތެރިކަން ހޯދޭނޭ އިންތިޒާމެއް އެކަށައެޅުމެވެ. ކުރިމިނަލް ކޯޓުގެ ރެކޯޑިންގ ފޮނުވާލުމުން އެ ރެކޯޑިންގ އަޑުއަހައިގެން ޓައިޕްކޮށްދޭނީ ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިދާރީ މުވައްޒަފުންނެވެ. ކޮންމެ ރަށެއްގައި މެޖިސްޓްރޭޓުންނާއި އިދާރީ މުވައްޒަފުން ތިބޭއިރު، ކޮންމެ ރަށެއްގެ ކޯޓުގައި އެހައިވަރަކަށް މަސައްކަތްތަކެއް ނުހުރެ އެވެ. މައްސަލަތައް މަދު ކޯޓުތައް ބަލާފައި އެ ކޯޓުތަކުގެ މުވައްޒަފުންނަށް ތަމްރީނުދީގެން މިކަމަށް ބޭނުންކުރާނީ އެވެ. އެކަން އިންތިޒާމުކޮށް ބަލަހައްޓާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ބަޔާންތައް ޓައިޕްކޮށްދިނުމަށް އެހީތެރިކަން ބޭނުންވާ މައްސަލަތަކުގައި ކުރިމިނަލް ކޯޓުން ދަންނަވާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގަ އެވެ. ޓައިޕްކޮށް ނިންމަންޖެހޭ ވަގުތާއި އެކި ކޯޓުތަކުގެ މައްސަލަތައް ހުރިނެތް މިންވަރަށް ބަލައި އެ މަސައްކަތް ހަވާލުކުރާނޭ ކޯޓެއް ކަނޑައަޅާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ޓައިޕްކޮށް ނިމުނީމާ ފޮނުވާނީވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިމިނަލް ކޯޓަށެވެ. އޭރަށް އެއޮތީ ޓައިޕް ނުކުރެވިގެން އުޅުނު ބަޔާން ޓައިޕްކޮށް ނިމިފަ އެވެ.

ދާއިމީ ހައްލަކީ އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންގ އޮތުމުން ފުއްދޭނޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމެވެ. އަދި އޯޑިއޯ ނުވަތަ ވީޑިއޯ ފައިލް އަރުޝީފު ކުރެވޭނޭ އުސޫލެއް އެކަށައަޅައި، ހަރަދެއް ކޮށްގެން އެ ނިޒާމު ގާއިމުކުރުމެވެ.

ކުރިމިނަލް ކޯޓަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މައި ސޯބެވެ. އެ ނިޒާމުގެ ތެރޭގައި އެންމެ ބޮޑަށް ފަރުވާތެރިވާންޖެހޭ، އެއްގޮތަކަށްވެސް އިހުމާލުކޮށްލައިގެން ނުވާނެ ތަނެވެ. މި ދެންނެވުނު ކަންތައްތައް ނިކަން އަވަހަށް ކޮށްލެވިއްޖެނަމަ ބޮއްސުންލުމާ ދިމާލަށް މި ދަތުރުކުރާ ނިޒާމު އަދިވެސް ސަލާމަތްކުރެވިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox