ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް

Oct 15, 2021, 3:11 AM
ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް

މޮންޓެވީޑޯ، އުރުގުއޭ (އޮކްޓޫބަރު 15) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އަތުން 4-1 އިން މޮޅުވެ ބްރެޒިލް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފި އެވެ.

ރޭ ޕެރޫ އަތުން 1-0 އިން މޮޅުވި އާޖެންޓީނާ ވެސް ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.

ދެކުނު އެމެރިކާ ކޮލިފައިން ތާވަލުގެ އެއް ވަނައިގައި ބްރެޒިލް އޮތީ 11 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓް ހޯދާފައިވާ އާޖެންޓީނާ އެވެ. ތިން ވަނައިގައި އޮތީ 12 މެޗުން 17 ޕޮއިންޓް ހޯދާފައިވާ އެކުއެޑޯ އެވެ. ހަތަރެއްގައި އޮތް ކޮލަމްބިއާ އާއި ފަސް ވަނައިގައި އޮތް އުރުގުއޭ އަށް ވަނީ 12 މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. ވޯލްޑް ކަޕަށް ކޮލިފައިވަނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެެވެ. ފަސް ވަނަ ކުޅޭނީ ޕްލޭއޮފްގަ އެވެ.

ބްރެޒިލްގެ މަނައުސްގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ފްރެޑް ދިން ބޯޅައަކުން ނޭމާ އެވެ. ބްރެޒިލް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ރަފީނިއާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ފަހު ގޯލު ޖެހީ ނޭމާ ދިން ބޯޅައަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގަބްރިއެލް ބާބޯސާ އެވެ. މެޗުގައި އުރުގުއޭގެ ހަމައެކަނި ގޯލު ޖެހީ ހިލޭ ޖެހުމަކުން ލުއިސް ސުއަރޭޒް އެވެ.

ވޯލްޑް ކަަޕަށް ކޮލިފައިވާން ދެން ބްރެޒިލަށް ބޭނުންވަނީ އެންމެ މޮޅެކެވެ.

އާޖެންޓީނާގެ ލަޓާރޯ މާޓީނޭޒް ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިންއިރު، މެޗުން ޕޮއިންޓެއް ހޯދަން ޕެރޫ އަށް ދެ ވަަނަ ހާފްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. ޔޮޝިމާ ޔޯޓުން ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.

ރޭގެ މޮޅާ އެކު އާޖެންޓީނާ ވަނީ ބަލިނުވެ 25 މެޗު ހަމަކޮށްފަ އެވެ. މި އަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކުރި އާޖެންޓީނާ އެންމެ ފަހުން މެޗަކުން ބަލިވީ 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާގެ ސެމީ ފައިނަލްގައި ބްރެޒިލް އަތުންނެވެ.

ވޯލްޑް ކަޕްގެ ޖާގައެއް ހޯދަން އާޖެންޓީނާ އަށް ކޮލިފައިންގައި ބާކީ އެ ޓީމަށް އޮތް ހަތް މެޗުން ބޭނުންވަނީ ފަސް ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox