ނާކާމިޔާބީގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން: ސުޒޭން

Oct 14, 2021, 3:01 AM
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސުޒޭން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސުޒޭން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ އިންޑިއާ އަތުން 3-1 އިން ބަލިވެ، ފައިނަލުގެ ފުރުސަތު ނުލިބި ރާއްޖެ މުބާރާތުން ކެޓުމުން އެކަމުގެ ޒިންމާ 100 ޕަސެންޓް ނަގާ ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރު ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 1-0 އިން ނޭޕާލް އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން ބަންގްލަދޭޝް އަތުން 2-0 އާއި ލަންކާ އަތުން 1-0 އިން ވަނީ މޮޅުވެފަ އެވެ. އެކަމަކު، ރޭ ވަރުގަދަ އިންޑިއާ އަތުން ބަލިވެ ރާއްޖެ ކެޓީ ލީގު ބުރުގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނޭތީ އެވެ.

ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ތަށި ހޯދަން ނުކުމެ އެކަން ނުވުމުމަކީ ހުރިހާ ސަޕޯޓަރުންނެކޭ އެއްގޮތަށް އޭނާ އަށް ވެސް އޮތް މާޔޫސްކަމެއް ކަމަށެވެ.

"ނާކާމިޔާބީގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން،" ސުޒޭން ބުންޏެވެ. .

ސުޒޭން ބުނީ ދިވެހިންނަށް ގައުމީ ޓީމުގެ ހެޑް ކޯޗުކަން ނުކުރެވޭނެ ކަމަށް ބަޔަކު ބުނާނަމަ އެ ގޮތަށް ދެކޭ ސަބަބެއް ބުނެދެވެން ވާނެ ކަމަށެެވެ.

"ދިވެހިންނަށް ނުވާންވީ ސަބަބެއް ނެތް. އަޅުގަނޑު ވެސް އައިސްފައި ގާތްގަނޑަކަށް އޮގަސްޓް 28 ގައި އޭއެފްސީ ކަޕް ނިމުނު ފަހުން ޓްރެއިނިން ފެށީ. ފަށައިގެން ކަންދިމާވި ގޮތުން ތަންކޮޅެއް ނަސީބު ދެރަކޮށް ދިޔައީމަ އަޅުގަނޑު އަތުން 11 ވަރަކަށް ދުވަސް ގެއްލިގެންދިޔަ (ކޮވިޑަށް ޕޮޒިޓިވްވެގެން ގެއްލިގެންދިޔަ). އެ ގެއްލުނަސް އެއް މަސް ދުވަސް ތެރޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެވި ކޮމްޕެޓިޓިވް ލެވަލްގައި ރަނގަޅަށް ކުޅެފި. ބަދަލު ކޮށްލަން ބޭނުންވި ފުޓްބޯޅައިގެ ކޮންމެ ވެސް ކުލައެއް ޖެހިއްޖެ،"

ސުޒޭން ބުނީ ތަށި ދިފާއުކުރުން މި އޮތީ ނާކާމިޔާބުވެފައި ކަމަށާއި އެ ހިސާބުން މިއީ ދިވެހިންގެ ކޯޗިން ކެރިއަރުގައި ގައުމީ ޓީމެއް ހަވާލުކުރުން އެއީ ނުވާނެ ކަމެއް ކަަމަށް ބުނުން ރަނގަޅުނުވާނެ ކަމަށެެވެ.

"އެއްވެސް ފެކްޓެއް ބޭސިސް އެއް ނުވިސްނާ ބުނުން އެހާ ރަނގަަޅުކަމެއް ނޫން އެއީ އަންނަން ތިބި ކޯޗުންނަށް ވެސް މާލާމާތެއް ރައްދުވަނީ،"

ރޭގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވެން އޮތެވެ. މަންވީރު ސިންގް 32 ވަނަ މިނިޓްގައި އިންޑިއާ އަށް ލީޑުނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އަލީ އަޝްފާގު (ދަގަނޑޭ)ގެ ޕެނަލްޓީން ރާއްޖެ ނަތީޖާ ހަމަހަމަކުރި އެވެ. ދެ ވަނަ ހާފްގައި ސުނިލް ޗެތުރީ ދެ ގޯލު ޖަހައި އިންޑިއާ މޮޅުކޮށްދިނެވެ.

ސުޒޭން ބުނީ ރޭގެ މެޗަށް ނުކުމެ ރާއްޖޭން ޑިފެންސިވް ވިސްނުމެއްގެ ތެރެއިން އެއް ޕޮއިންޓުން ފައިނަލަށް ދާން ނުކުޅޭ ކަމަށެވެ. މެޗުގައި ދިމާވި އެންމެ ބޮޑު ކަަމަކީ އިންޑިއާގެ ފެށުން ރަނގަޅުވެ، ފުރަތަމަ ވެސް އެ ޓީމުން ކޮންޓްރޯލް ނެގުން ކަމަށެެވެ.

އިންޑިއާގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ޗެތުރީ ފަދަ ކުޅުންތެރިން އޭގެ ބޭނުން ފުރިހަމަ އަށް ހިފި ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

ކީޕަރު ފައިސަލްގެ ފިޓްނަސް

ރޭގެ މެޗުގެ ކުރިން ގައުމީ ޓީމުގެ ތައްޔާރީތަކަށް އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެއް ކަމަކީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު ގައުމީ ޓީމުގެ އެއް ވަނަ ގޯލްކީޕަރު މުހައްމަދު ފައިސަލްގެ ފިޓްނަސް އެވެ. ޓެސްޓްތައް ހަދައިގެން އެއްވެސް މައްސަލައެއް ނެތުމުން ފައިސަލް ރޭގެ މެޗަށް ނުކުމެ ކުޅުނެވެ.

އިންޑިއާ އިން ޖެހި ބައެއް ގޯލުތަކަކީ "ސޮފްޓް" ގޯލުތަކެއް ކަމަށް ސުޒޭން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ފައިސަލްގެ ފިޓްނަސްއާ ބެހޭގޮތުން ސުވާލުކުރުމުން ސުޒޭން ބުނީ ފެނުނީ އެންމެ "ޕީކް"ގައި ހުރި ފައިސަލް އެއް ނޫން ކަމަށެވެ.

"ފާހަގަކޮށްލަން ޖެހޭ ފައިސަލް ވެސް ދެ ގޯލުގައި ފެނުނީ އެންމެ ފައިސަލް އެއް ނޫން. ވާހަކަ އަކީ އެންމެ ޕީކުގައި ހުންނަ ފައިސަލް އަށް ވުރެ ތަންކޮޅެއް އެހެން ކަހަލަ ގޮތަކަށް. ވެދާނެ އެ ދިމާވި އިންޖަރީގެ ސަބަބުން އޭނަ އަށް ކޮންފިޑެންސްގެ މައްސަލަ ޖެހުނީ ކަމަށް،" ސުޒޭން ބުންޏެވެ.

"ދެން ގޯލްކީޕަރުގެ ކަންކަން ނިންމާނީ އަޅުގަނޑެއް ނޫން. ދެން ފިޓްނަސް އާއި އެހެނިހެން ކަންކަމާ މެދު ޝައްކެއް ވެސް ނެތް އެކަން ރަނގަޅަށް އޮތީ. އެހެން ނަމަވެސް މެޗަށް އަރާފައި އޭނަގެ (ފައިސަލްގެ) ވިސްނުން އެ ގޮތަށް ހުރީ ކަމަށް ވެދާނެ،"

ސުޒޭން ބުނީ ޓެސްޓްތައް ހަދާފައި ފައިސަލް ކުޅެން އެރުވީ އަނިޔާއާ ގުޅޭ އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރުމަށް ފަހު ކަމަށެވެ. މެޗަށް އެރި ފަހު ދިމާވި ކަމެއް ޖެހޭނީ ފައިސަލްއާ ވާހަކަ ދައްކައިގެން އޮޅުންފިލުވަން ކަމަށް ސުޒޭން ބުނެފައިވެ އެވެ.

އިންޑިއާ އަކީ އަދިވެސް ސަރަހައްދުގެ ގަދަބާރު، ދެބަސްވެވެން ނެތް

ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތުގެ ތެރެއިން 12 މުބާރާތުގެ ފައިނަލަށް އިންޑިއާ މި ވަނީ ދަތުރުކޮށްފަ އެވެ. ހަތް ފަހަރު މުބާރާތުގެ ތަށި އުފުލާލައިފި އެވެ. އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އާއި އައި ލީގު ކުރިއަޜައިގެން ގޮސް އިންޑިއާ ފުޓްބޯޅަ އާ މިސްރާބަކަށް ވަނީ ހިނގައިގެންފަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މެޗަކުން ބަލިނުވެ ފައިނަލަށް ގޮސް އިންޑިއާ މި ވަނީ ފެންވަރު ސާބިތުކޮށްދީފަ އެވެ

ސުޒޭން ބުނީ އިންޑިއާގެ ޓީމުގައި އެތިބި ކުޅުންތެރިންނަކީ ތަފާތު ވަރުގަދަ ދެ ލީގެއްގައި ވާދަކުރާ ކުުޅުންތެރިން ކަމަށާއި އޭއެފްސީ ކަޕްގައި ވެސް ފެނުނީ އިންޑިއާގެ ޓީމުތައް ރަނގަޅުކޮށް ކަމަށެވެ.

"ހާއްސަކޮށް ދެ ލީގުގެ އިތުރުން އޭއެފްސީ ކަޕްގައި ވެސް މާލޭގައި ވެސް ފެނުނު އިންޑިއާ ދެ ޓީމުގެ ނުފޫޒު އޮތްވަރު. ޖުމްލަކޮށް ބަލާއިރުގައި އިންޑިއާގެ ޓީމުން ކޮމްޕެޓިޓިވް ލެވަލްގައި މިދިޔަ ދޮޅު އަހަރު ކުރި މަސައްކަތް ރަނގަޅުވުމާއި އަޅުގަނޑުމެންނަށް އެ ފުރުސަތު ކުޑަކޮށް މި އޮތީ. އެ ތަފާތު ވެސް ފެނުނު،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ އިންޑިއާ ނުފޫޒު ގަދަކޮށް ފެނުމޭ ބުނުމުގެ މާނަ އަކީ އިންޑިއާ ހުރިހާ ފަހަރެއްގައި ސާފް ޗެމްޕިއަންޝިޕް ގެންދިޔަ ކަމަށް ބުނުމެއް ނޫން ކަމަށެވެ.

"އިންޑިއާގެ ނުފޫޒު ރަނގަޅަށް ބަލައިފިއްޔާ ސްޓެޓިސްޓިކްސް އިން ވެސް ފެންނާނެ، ގައުމީ ޓީމު ލެވަލްގައި ވެސް ކްލަބް ލެވަލްގައި ވެސް ތަންކޮޅެއް ނަތީޖާ ނެރުމުގެ އެޑްވާންޓޭޖް އެ މީހުންނަށް އޮތީ. އެ ތަޖުރިބާ ވެސް އެ މީހުންގެ ރަނގަޅީ،" ސުޒޭން ބުންޏެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސުޒޭން ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖެއްސިއިރު، އެފްއޭއެމުން މިހާރު ވަނީ ގައުމީ ޓީމާ ދެން ހަވާލުވާނެ ކޯޗެއް ނިންމައިފަ އެވެ. ގައުމީ ޓީމަށް ދެން އޮތް މުބާރާތަކީ އަންނަ މަހު ލަންކާގައި ހަތަރު ގައުމުގެ މެދުގައި ބާއްވަން ނިންމާފައިވާ މުބާރާތެވެ. އެ މުބާރާތުގައި ކުޅޭނީ ލަންކާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox