ފައިނަލުގެ ޖާގައެއް ހޯދައި ތާރީހު ބަދަލުކޮށްލަން ބޭނުން: ނޭޕާލް

Oct 13, 2021, 3:59 AM
ލަނޑު ޖެހުމަށް ފަހު ނޭޕާލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު

ލަނޑު ޖެހުމަށް ފަހު ނޭޕާލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެއްގެ ފައިނަލުގައި ކުޅެލުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނުވި ކަމުގައި ވިޔަސް މިއަދު ހަވީރު ބަންގްލަދޭޝާ ދެކޮޅަށް ނަތީޖާއެއް ނެރެ މި ފަހަރުގެ މުބާރާތުގައި ތާރީހު ބަދަލުކޮށްލެވޭ ފަދަ ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށް ނޭޕާލްގެ އެސިސްޓަންޓް ކޯޗު ކިރަން ޝްރެސްތާ ބުނެފި އެވެ.

ބަންގްލަދޭޝާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީގެ ބަދަލުގައި ބައިވެރިވީ ޝްރެސްތާ އެވެ.

ނޭޕާލް ކުޅުނު ފުރަތަމަ މެޗުން ރާއްޖެ އަތުން 1-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ވަނީ ލަންކާ އަތުން 3-2 އިން މޮޅުވެފަ އެވެ. އެކަމަކު، އެންމެ ފަހުން އިންޑިއާއާ ވާދަކުރި މެޗުން ވަނީ 1-0 އިން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު ނޭޕާލަށް ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް ވަނީ ކުރިމަތިވެފަ އެވެ.

ކިރަން ބުނީ ފަހު ދެ މެޗުގައި ވާދަކުރާ ހަތަރު ޓީމަށް ވެސް ޕްރެޝަރު އެބައޮތް ކަމަށެވެ. އެ ގޮތުން ރާއްޖެ އާއި ނޭޕާލަށް އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ހޯދޭނެ ގޮތަށް އޮތްއިރު، ބަންގްލަދޭޝާއި އިންޑިއާ އަށް މޮޅުވުން ނޫން ގޮތެއް ނެތް ކަމަށް ޝްރެސްތާ ވަނީ ފާހަގަކޮށްފަ އެވެ.

"ކޮންމެ ބަޔަކަށް ވެސް ޕްރެޝަރެއް އޮންނާނެ. ފަސޭހައިން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެ. މި ފަހަރު އަހަރެމެން ޓީމަށް ޕްރެޝަރުގައި ކުޅެ ތާރީހު ބަދަލުކޮށްލެވޭނެ،" ޝްރެސްތާ ބުންޏެވެ. "އަހަރެެމެންނަށް އެއްވަރުކޮށްލައިގެން ވެސް ދެވެން އޮތީމަ އެއީ ފަސޭހައެކޭ ހިތަށް އެރި ކަމަށް ވިޔަސް ހަގީގަތަކީ އުނދަގޫވާނެ މި މެޗު،"

ނޭޕާލް ކުޅެމުން އަންނަ ފުޓްބޯޅަ ބަންގްލަދޭޝާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗުގައި ތަކުރާރު ކުރެވޭނެ ކަމަށާއި ނޭޕާލްގެ ހުރިހާ ފޯކަސް އެއް ހުރީ ނަތީޖާ ނެރުމަށް ކަމަށް ޝްރެސްތާ ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ރާއްޖޭގެ ސަޕޯޓަރުން ފިޔަވަައި އެންމެ ގިނައިން މެޗުތައް ބަލަން ވަންނަނީ ބަންގްލަދޭޝްގެ ސަޕޯޓަރުންނެވެ. ރާއްޖޭގެ ސަޕޯޓަރުންގެ ކުރިމަތީގައި ނޭޕާލް މި ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. އެހެންވެ، މިއަދު ބަންގްލަދޭޝް ސަޕޯޓަރުންގެ ކުރިމަތީގައި ނަތީޖާ ނެރެން އުނދަގުލެއް ކުރިމަތިވާނެ ކަަމަށް ޝްރެސްތާ ގަބޫލެއް ނުކުރެ އެވެ.

"އަހަރެމެންނަށް މާ ބޮޑު އަސަރެއް ނުކުރާނެ. ބަންގްލަދޭޝްގެ ސަޕޯޓަރުން ގިނަ ވިޔަސް އަހަރެމެންގެ ކުޅުންތެރިން ނުކުންނާނީ ފުރިހަަމަ ޔަގީންކަމާ އެކު ރަނގަޅު ނަތީޖާއެއް ނެރެން،" ޝްރެސްތާ ބުންޏެވެ.

ނޭޕާލާ ދެކޮޅަށް އެންމެ ފަހުން ބަންގްލަދޭޝް ކުުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނޭޕާލް ތިން މެޗުން މޮޅުވިއިރު، މި އަހަރު ނޭޕާލްގައި ބޭއްވި ތުރީ ނޭޝަންސް ކަޕް ފައިނަލުގައި އެ ޓީމު ވަނީ 2-1 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

ޝްރެސްތާ ބުނީ ތުރީ ނޭޝަންސް ކަޕް ކުޅުނު ބަންގްލަދޭޝް ޓީމާއި މިހާރު އޮތް ޓީމު އަދި ކޯޗު ވެސް ތަފާތު ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

"އާ ކޯޗެއް ހުރި. ކުޅޭ ސްޓައިލް ތަފާތު. އެހެންވީމަ އެ މީހުންނަށް އަހަރެމެން ސަޕްރައިޒް ކޮށްލެވިދާނެ. އެ ގޮތަށް ވެސް ތައްޔާރުވެގެން ނުކުންނާނީ،" ޝްރެސްތާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ވަނީ 1993 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. އޭގެ ފަހުން އެ ޓީމު ވަނީ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ބަލިވެފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ މުބާާރާތުގެ ސެމީ ފައިނަލުގައި ބަލިވީ ރާއްޖެ އަތުންނެވެ.

ނޭޕާލާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox