ދަގަނޑޭ އަށް މާކުއީއެމްވީގެ ފަރާތުން ސާފް ޗެމްޕިއަންޝިޕަށް ހާއްސަ ބޫޓެއް

Oct 12, 2021, 6:37 PM
މާކުއީ އެމްވީގެ ފަރާތުން ދަގަނޑޭ އަށް ހާއްސަކުރީ ނައިކީ އިން ފަރުމާކޮށްފައިވާ ހާއްސަ ބޫޓެއް.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން/ އަރަކަ

މާކުއީ އެމްވީގެ ފަރާތުން ދަގަނޑޭ އަށް ހާއްސަކުރީ ނައިކީ އިން ފަރުމާކޮށްފައިވާ ހާއްސަ ބޫޓެއް.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން/ އަރަކަ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ހާއްސަ ބޫޓެއް މާކުއީއެމްވީގެ ފަރާތުން ހަދިޔާ ކޮށްފި އެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އުމުރުން 36 އަހަރުގެ ދަގަނޑޭ މި ފަހަރުގެ މުބާރާތުގައި ވާދަކުރާއިރު، އޭނާ ވަނީ މިހާތަނަށް ތިން މެޗުން ދެ ގޯލު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތީ ދަގަނޑޭ އާއި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ.

ކުޅިވަރު ސާމާނު ވިއްކާ މަޝްހޫރު މާކުއީއެމްވީގެ ފަރާތުން ދަގަނޑޭ އަށް ހާއްސަ ބޫޓެއް ދިނީ ނައިކީ އިން ރަސްމީކޮށް ދަގަނޑޭ އަށް ފަރުމާކޮށްގެންނެވެ. މާކުއީއެމްވީގެ ފަރާތުން "އަދަދު" އަށް ބުނީ މީގެ ކުރިން ވެސް ދަގަނޑޭ އަށް ހާއްސަކޮށް ކްލަބް ވެލެންސިއާގެ ކުލައާ ގުޅުވާލައިގެން ބޫޓެއް ގެނައި ކަމަށެވެ.

އަދި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް މިކަން ކުރަން ނިންމީ ގައުމީ ކަމެއްގެ ގޮތުގައި ކަމަށް މާކުއީއެމްވީ އިން ބުނެފައިވެ އެވެ.

މިރޭގެ ޕްރެކްޓިހުގެ ތެރެއިން ދަގަނޑޭ މާކުއީ އެމްވީ އިން ހަދިޔާކުރި ބޫޓާ އެކު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"ދަގަނޑޭ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ވެފައި. އަމިއްލަ ފަސްގަނޑުގައި ކުޅޭ މި ފަދަ ބޮޑު މުބާރާތެއްގައި ދަގަނޑޭ އަށް ހާއްސަ ބޫޓެއް ހަދިޔާކޮށްލުމަކީ ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ،" މާކުއީއެމްވީން ބުންޏެެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މާދަމާރޭ ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗަށް ތައްޔާރުވާން މިރޭ ގައުމީ ޓީމުން ޓާފް ދަނޑުގައި ބޭއްވި ފަރިތަކުރުންތަކުގައި ދަގަނޑޭ ބޭނުންކުރީ މާކުއީއެމްވީން ހަދިޔާކުރި ބޫޓެވެ. ދަގަނޑޭ ވަނީ އެ ބޫޓު ހަދިޔާކުރުމުން މާކުއީއެމްވީ އަށް ޝުކުރު އަދާކޮށްފަ އެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ދިޔަ ސްކޮޑަށް ދަގަނޑޭ ނުނަގަ އެވެ. އެއީ އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓްގެ ނިންމުމެކެވެ. ދަގަނޑޭ ނެތި އެ ފަހަރު ރާއްޖޭން ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ.

ދަގަނޑޭ އަށް ހާއްސަ ބޫޓު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފްގެ އެއް މުބާރާތެއްގެ މެދުކެނޑުމަށް ފަހު އެނބުރި އައިސް ދަގަނޑޭ މި ފަހަރު އަންނަނީ އޭނާގެ މޮޅު ކުޅުން ދައްކަމުންނެވެ. ބަންގްލަދޭޝާއި ސްރީ ލަންކާ އަތުން ރާއްޖެ މޮޅުވި މެޗުތަކުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަގަނޑޭ އެވެ.

ދަގަނޑޭ އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެއްގައި ކުޅުނީ އުމުރުން 20 އަހަރުގައި 2005 ވަނަ އަހަރު ޕާކިސްތާންގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު އޭނާ ވަނީ ތިން ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާގައި ބޭއްވި މުބާރާތުގައި ދަގަނޑޭ ގޯލެއް ނުޖެހި ނަމަވެސް ރާއްޖެ އަށް ޗެމްޕިއަންކަން ހޯދައިދީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.

މިއީ ދަގަނޑޭ ކުޅޭ ހަތް ވަނަ ސާފް ޗެމްޕިއަންޝިޕް އެވެ. އޭނާ އަކީ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ކުޅުނު 29 މެޗުން ދަގަނޑޭ ވަނީ 22 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި 2013 ވަނަ އަހަރުގެ މުބާރާތުގައި ލަންކާ ކޮޅަށް އެއް މެޗެއްގައި ހެދި ދެ ހެޓްރިކް ހިމެނެ އެވެ.

ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 87 މެޗުން ދަގަނޑޭ ވަނީ 57 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox