ރާއްޖެ ކުރިއަރައިފި، އަޝްފާގާއި ޗެތުރީ އެއް ޓީމަކަށް ކުޅޭނަމަ ކޯޗަކަށް ފަސޭހަވާނެ: އިންޑިއާ ކޯޗު ސްޓިމަކް

Oct 12, 2021, 12:23 PM
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ޗެތުރީ (ކ) އާއި އަޝްފާގު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ޗެތުރީ (ކ) އާއި އަޝްފާގު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، ފުޓްބޯޅައިގައި ރާއްޖޭން ހޯދި ކުރިއެރުން ފެންނަ ކަމަށާއި ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އާއި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެއް ޓީމަަކަށް ކުޅޭނަމަ އެއީ ކޯޗަކަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.

މާދަމާރޭ އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ސްޓިމަކް ބުނީ ދަގަނޑޭ، 36، އާއި ޗެތުރީ، 37، އަކީ ވަރަށް މޮޅު ދެ ވެޓަރަނުން ކަމަށާއި އެ ދެ ކުޅުންތެރިން ކުޅޭތަން ބަލަން ވެސް ވަރަށް ޝައުގުވެރިވާ ކަމަށެެވެ.

"އެ ދެ ކުޅުންތެރިން އެއް ޓީމަކަށް ކުޅޭނަމަ އެ ވާނެ ވަރަށް ރަނގަޅު ކޮމްބިނޭޝަނަކަށް. އެއީ ކޯޗަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް،" ސްޓިމަކް ބުންޏެވެ.

"ރާއްޖޭގެ ޓީމު ވަރަށް ކުރިއަރައިފި. ރާއްޖެ ވަރަށް ބޮޑަށް ޕާސްކޮށްގެން ކުޅޭ ފުޓްބޯޅައެއް ކުޅެނީ. ފުރުސަތު ވެސް ހޯދާ. ޔަގީނުން ވެސް ރާއްޖޭން ވަގުތު އިސްރާފު ނުކޮށް މިދިޔަ އަހަރުތަކުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފިކަން އެ މީހުންގެ ކުޅުމުން އެނގޭ،"

މި ފަހަރުގެ މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ދަގަނޑޭ އާއި ޗެތުރީ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ސްޓިމަކް ބުނީ ހަަަމައެކަނި ބިރަކީ ދަގަނޑޭ ނޫން ކަމަށާއި ރާއްޖޭގެ ފޯވާޑް ލައިން ކަމަށެވެ. ދަގަނޑޭ ނޫނަސް ރާއްޖޭގައި މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށާއި ރާއްޖޭގެ ފޯވާޑް ލައިން ބަލާލުމުން އޭގެ ހެކި ލިބޭނެ ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ.

"ރާއްޖޭގެ ޓީމު ވަރަށް މޮޅަށް އެބަކުޅޭ ކުރީގައި ގޯލު ޖަހަން ފުރުސަތު ވެސް އެބަހޯދާ. އެ މީހުންގެ މޫވްމަންޓް ވެސް ވަރަށް ރަނގަޅު. އަޝްފާގާ ދެން ތިބި ކުޅުންތެރިންގެ ގުޅުން ވެސް ރަނގަޅު. އަޝްފާގަށް ބޯޅަ ލިބުނީމަ ދެން ކުރާނެ ހުރިހާ ކަމެއް ކުޅުންތެރިންނަށް އެނގޭ. އަޝްފާގަށް އެ ކުޅުންތެރިން ހުރިތަނެއް ނުބަލައި ވެސް ބޯޅަ ދެވޭ. މިއީ އަހަރެމެން ވިސްނަން ޖެހޭ ކަމެއް،" ސްޓިމަކް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން ސްޓިމަކް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ތާރީހަކުން ކުރާނެ ފައިދާއެއް ނެތް

ރާއްޖޭން 2008 އާއި 2018 ދެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ. އެ ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި އެވެ. މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑުގައި 2018 ވަނަ އަހަރުގެ ސާފް ފައިނަލުގައި ކުޅުނު ކުޅުންތެރިން އެބަތިބި އެވެ. ރާއްޖެ އެ ފައިނަލުން މޮޅުވީ 2-1 އިންނެވެ.

ސްޓިމަކް ބުނީ 2018 ގެ ހަނދާންތައް މިހާރު ނުހުންނާނެ ކަމަށާއި އެ މެޗުގައި ކުޅުނު އިންޑިއާ ކުޅުންތެރިން މިހާރު ތިބީ ތަޖުރިބާ ލިބި ފުޓްބޯޅައިގެ އުމުރަށް ބަލާއިރު ކެރިއަރުގެ ރަނގަޅު ހިސާބެއްގައި ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ކުޅެވޭނީ ރާއްޖެ އާއި އިންޑިއާ ތެރެއިން އެއް ޓީމަކަށެވެ. މި ވަގުތު ޕޮއިންޓް ތާވަލު އޮތްގޮތުން އިންޑިއާ އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ. އިންޑިއާ އަށް މޮޅުވުން ނޫން ގޮތެއް ނެތެވެ.

ސްޓިމަކް ބުނީ ރާއްޖޭން ކޮންމެ ގޮތަކަށް ކުޅެން ރާވައިގެން ނުކުތް ކަމުގައި ވިޔަސް އޭގެ އޮންނާނީ އިންޑިއާ އިން ފުރުސަތު ދިން މިންވަރެއް ކަމަށެވެ.

"އަހަރެމެން މި ތިބީ ތައްޔާރުވެގެން. އަހަރެމެން ރާވާގޮތަށް ގޮސްފިނަމަ ރާއްޖެ އަކަށް މާ ރަނގަޅަކަށް ނުކުޅެވޭނެ،" ސްޓިމަކް ބުންޏެވެ.

މުބާރާތުގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝާ 1-1 އިން އެއްވަރުވިއިރު، ދެ ވަަނަ މެޗުން ވަނީ ސްރީ ލަންކާއާ 0-0 އިން އެއްވަރުވެފަ އެވެ. އެންމެ ފަހުން މެޗުގެ ފަހު ވަގުތު ޗެތުރީ ޖެހި ގޯލާ އެކު 1-0 އިން ވަނީ ނޭޕާލް ބަލިކޮށްފަ އެވެ. މި މެޗުތަކަށް ފަހު އިންޑިއާ ކޯޗު ސްޓިމަކް ފާހަގަކުރީ އެ ޓީމަށް ދިމާވެފައިވާ ލަނޑު ނުޖެހުމުގެ މައްސަލައިގެ ވާހަކަ އެވެ.

ސްޓިމަކް ބުނީ ލަނޑު ނުޖެހުމުގެ އެ މައްސަލަ އަށް ހައްލެއް ހޯދެން އޮތީ ޗެތުރީ ކަހަލަ މޮޅެތި ފޯވާޑުންތަކެއް އުފައްދައިގެން ކަމަށެވެ.

"އަހަރެމެންނަށް އަބަދަކު ގޯލު ޖަހާ އެއް ކުޅުންތެރިއަކަށް ބަރޯސާވެގެން ނުތިބެވޭނެ،" ސްޓިމަކް ބުންޏެވެ.

ރާއްޖެއާ ދެކޮޅަށް ނުކުންނައިރު އިންޑިއާ އަށް އޮތް ހިތްހަމަ ޖެހުމަކީ އެ ޓީމު ކޮޅަށް މިހާތަނަށް ޖަހާފައިވަނީ ދެ ޝޮޓް ކަމަށްވެފައި ނޭޕާލް އަތުން މޮޅަކާ އެކު ރާއްޖެއާ ދެކޮޅަށް ކޮންފިޑެންސާ އެކު ނުކުންނަން ފުރުސަތު ލިބިފައި އޮތުން ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ.

ސާފް ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ އިންޑިއާ އާއި ދެ ފަހަރު ތަށި އުފުލާލާފައިވާ ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox