ސަޕޯޓަރުންގެ އެ ކުރާ ހިތްވަރަކީ ޓީމަށް ލިބޭ މޯޓިވޭޝަނެއް: ސުޒޭން

Oct 12, 2021, 11:31 AM
ސަޕޯޓަރުންގެ އެ ކުރާ ހިތްވަރަކީ ޓީމަށް ލިބޭ މޯޓިވޭޝަނެއް: ސުޒޭން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ އިންޑިއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެންނަ ހިތްވަރަކީ ގައުމީ ޓީމަށް ލިބޭ ބޮޑު "މޯޓިވޭޝަނެއް" ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ރޭ އިންޑިއާ އާއި ރާއްޖެ ކުރިމަތިލާއިރު، މި މެޗުން ޕޮއިންޓަކާ އެކު ވެސް ރާއްޖެ އަށް ފައިނަލްގެ ޖާގަ ކަށަވަރުވާނެ އެވެ. އިންޑިއާ އަށް ފައިނަލްގެ ފުރުސަތެއް އޮތީ، ރާއްޖެ އަތުން މޮޅުވެގެނެވެ.

މި މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ މި މެޗަށް ކުރިމަތިލާއިރު، ދިވެހި ސަޕޯޓަރުންގެ ފަރާތުން ކުޅުންތެރިންނަށް މޮޑު މޯޓިވޭޝަނެއް ލިބިގެންދާ ކަމަށެވެ.

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑުމެން މި ކިޔާ 12 ވަނަ ކުޅުންތެރިޔާ. އެ ކުޅުންތެރިޔާގެ ހިތްވަރު ޓީމަށް ފެނުނީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު މޯޓިވޭޝަނެއް އެއީ. 18 ވަރަކަށް ގަޑިއިރު ކިއުއެއްގައި، އަޅުގަނޑުމެންނަށް ސަޕޯޓްކުރުމަށް ޓިކެޓެއް ބައްލަވައިގަތުމަކީ އަޅުގަނޑުމެންގެ ޓީމަށް ކިހާ ވަރުގަދަ ހިތްވަރަކަށް ވާނެތޯ؟،" ސުޒޭން ބުންޏެވެ.

"އަޅުގަނޑުމެންނާ އެކު ތިބި ސަޕޯޓަރުން މާޔޫސްނުވާނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރާނަން. ޓީމުގެ ހުރިހާ ކުޅުންތެރިން އެ ހިތްވަރުކުރާނެ،"

ސުޒޭން ބުނީ މެޗުން އެއްވަރުވެގެން ރާއްޖެ އަށް ފައިނަލްގެ ފުރުސަތު ލިބެން އޮތަސް، ޕޮއިންޓަކާ އެކު ފުއްދާލަން ރާއްޖޭން ނުވިސްނާނެ ކަމަށެވެ.

"ދެ ސެމީ ފައިނަލް ކަހަލަ ގޮތަކަށް މި އޮތީ. އެހެންވިޔަސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެބައޮތް އެޑްވާންޓޭޖެއް. ނޭޕާލަށް ވެސް އެބައޮތް. އެއީ އިރާދަކުރެއްވިއްޔާ އެއްވަރުވިޔަސް އަޅުގަނޑުމެންނަށް ފައިނަލަށް ދެވޭނެ،" ސުޒޭން ބުންޏެވެ.

އެކަމަކު އެއީ އަޅުގަނޑުމެން ފޯކަސްކުރާނެ ކަމެއް ނޫން. ހިސާބު ޖަހާއިރު އެގޮތަށް އޮތް ވާހަކަ މި ފާހަގަކުރަނީ. މި ފަހުން ކުޅުނު އޭއެފްސީ ކަޕްގެ މެޗުތަކަށް ބަލާއިރު ވެސް، އުންމީދު އެބައޮތް އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރެވޭނެކަމާ މެދު،"

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވޭނީ އިންޑިއާ ބަލިކޮށްގެން

އިންޑިއާ އަކީ ސާފް ސަރަހައްދުގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ބާރެވެ. ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމެވެ. އަދި ފުޓްބޯޅައިގެ ވަސީލަތްތަކާއި، ކްލަބު ފުޓްބޯޅައިގައި އެންމެ ކުރީގައި އޮތް ގައުމެވެ.

ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދެ އަހަރު ވެސް، ތަށި ނެގީ އިންޑިއާ ބަލިކޮށްފަ އެވެ. އެއީ 2008 އަދި 2018 ވަނަ އަހަރެވެ.

މާލޭގައި، ރާއްޖެ އާއި އިންޑިއާ މިހާތަނަށް ތިން ފަހަރު ބައްދަލުކޮށްފައިވާއިރު، ރާއްޖެ މޮޅުވީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގަ އެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ. ދެހާސް އެގާރަ ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެނެވެ.

ސުޒޭން ބުނީ އިންޑިއާ މި ވަގުތު ޕޮއިންޓްގެ ގޮތުން އެހެން ޓީމުތަކަށްވުރެ ފަހަތުގައި އޮތް ނަމަވެސް، އިންޑިއާ އަކީ ސަރަހައްދުގެ އެންމެ ވަރުގަދ ޓީމު ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވޭނީ، އިންޑިއާ ބަލިކޮށްގެން ކަމަށެވެ.

"ނޭޕާލަށް ވެސް ބަންގަލަދޭޝަށް ވެސް އެންމެ ބޮޑު ވާދަވެރިޔަކީ އިންޑިއާ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވޭނީ އިންޑިއާ ބަލިކޮށްގެން. ކޮންމެ ޓީމެއް ވެސް ބޭނުންވާނެ އިންޑިއާ ބަލިކުރަން. އިންޑިއާ އަށް ދޭންޖެހޭ އިހުތިރާމް ދޭނަން،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ އޭނާ 1986 ވަނަ އަހަރުން ފެށިގެން ފުޓްބޯޅައިގެ ތެރޭގައި މިހާތަނަށް އުޅެފައި ހުރިއިރު، ގައުމީ ޓީމަށް ލިބޭ ކޮންމެ ކާމިޔާބެއްގައި އުފާފާޅުކޮށް، ގައުމީ ޓީމު ބަލިވި ކޮންމެ ފަހަރަކު ހިތާމަ ވެސް ކޮށްފައިވާނެ ކަމަށެވެ. ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެހުރީ އަމިއްލަ އިންޑިވިޖުއަލް ކާމިޔާބީ އަށް ބަލައިގެން އެ އަށް ކަމެއް ހާސިލްކުރަން ނޫން ކަމަށާއި މިއީ ގައުމަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ސުޒޭން ބުންޏެވެ.

"މިއީ އިންޑިވިޖުއަލް އެޗީވްމަންޓަކަށް ކުރާ ކަމެއް ނޫން. މިއީ ހަގީގަތުގައި ގައުމަށް ކޮށްދޭ ކަމެއް. އަޅުގަނޑަށް ކިތަންމެ ކާމިޔާބެއް ލިބިފައި ހުއްޓަސް އެ އެއްޗެހީގެ ފޮޓޯލައި އެ ގޮތަށް ކަންތައް ކޮށްފައެއް ނުވާނެ،" ސުޒޭން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox